ރައީސް އެދެނީ ސިޔާސީ ވިސްނުން ތަފާތު ވިޔަސް އެކީގައި އުޅެވޭނެ ގޮތެއް ހޯދަން

ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނި-- ފޮޓޯ: ރައީސް އޮފީސް

ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނި-- ފޮޓޯ: ރައީސް އޮފީސް

އެންމެ ބޮޑު އަމާޒަކީ ސިޔާސީ ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، ހަމަޖެހުމާއެކު އެކުގައި ކުރިއަށް ދެވޭނެ ގޮތްތައް ހޯދަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ފ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނިލަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ގައުމު އޮތް ހާލަތުގެ ހަނދާން އާ ކުރައްވައިފަ އެވެ.

"ހަމަޖެހުމެއް ނެތް، ސުލްހައެއް ނެތް، ބިރުވެރިކަމެއްގެ ތެރޭގައި ގައުމު އޮތީ، އަޅުގަނޑުމެންގެ އެންމެ މުހިންމު ކަމަކަށްވީ މުޅި ރާއްޖޭގައި ހަމަޖެހުން ގާއިމް ކުރުން، ސްޓެބިލިޓީ ގާއިމް ކުރުން،" ހަތަރު އަހަރަށް ފަހު މި ރަށަށް ވަޑައިގެންނެވި ރައީސް ސޯލިހު ވިދާޅުވި އެވެ.

ވެރިކަމުގެ ފުރަތަަމަ ދައުރު ނިމިގެން ދާއިރު، މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުރިން އޮތް ހަމަނުޖެހުންތައް އެއްކޮށް ނައްތާލެވިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންނަމަވެސް ކުރިއަށް ވެސް ކަންކަން އެބަހުރި ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނައުމަށް އެންމެން އެކީގައި މަސައްކަތް ކުރުން ކަމަށެވެ.

"އެންމެން އެކީގައި އުޅެވޭނެ ގޮތެއް ހެދުން، ސިޔާސީ ވިސްނުން ތަފާތު ވިޔަސް އެކުގައި އުޅެވޭނެ ގޮތެއް ހޯދަން،" ރައީސް ވިދާޅުވި އެވެ.

އެކިއެކި ކަންކަމަށް މާލެއަށް ދާ ދިއުން މަދުކުރުމަށް، ރަށްރަށަށް ބޭނުންވާ ޒަރޫރޫ ބޭނުންތައް ފުއްދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އަަސާސީ ބޭނުންތައް ފުއްދައިދިނުން ކަމަށެވެ.

"ތަނެއްގައި ދިރިއުޅޭ ކަމަށް ވަންޏާ ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ކަންކަން އެބަހުރި، ތައުލީމު ލިބެން އެބަ ޖެހޭ ދަރިންނަށް، ސިއްހީ ހިދުމަތް ލިބެން ޖެހޭ، ދަތުރުފަތުރު ކުރެވޭނެ ފަސޭހަ ގޮތެއް ހޯދައިދޭން ޖެހޭ، އުންމީދެއް އެބަ ހޯދައިދޭން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

މި ވަކިވަކި މައްސަލަތައް ހައްލު ވެއްޖެނަމަ، ކުރިއަށް އަންނަ އޮތް ޖީލު ރަށުގައި ދިރިއުޅެން ވިސްނާނެ ކަމަށާއި "ތަފާތު ބޮޑު ބަދަލުތަކެއް" އަންނާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ގެންނަމުން އަންނަ ތަރައްގީ ފެނި ސިޔާސީ ބޭފުޅުން ވެރިކަމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

"ވެރިކަމާ ދިމަލަށް އަމާޒު ހިފާފައި ތިބީ އެ ބޭނުމުގައި، މި އައި ގިނަ ބަދަލު ގެންނާތީ އޭގެ ނަފާ ހޯދުމުގެ ބޭނުމުގައި، ވިސްނުމުގެ ބޭނުމުގައި ސިޔާސީ މައިދާނަށް އަލަށް ނިކުމެ ވަޑައިގެން އެބައުޅުއްވާ،" ރައީސް ވިދާޅުވި އެވެ.

އެހެންނަމަވެސް، މި ވޭތުވެދިޔަ ތަނުގައި ރާއްޖޭގެ ހުރިހާ ރަށެއް ތަރައްގީ ނުކުރެވި އޮތީ ކީއްވެތޯ ވިސްނައި، ބަލައި ފިކުރުކުރުމަށް ވެސް، ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ސޯލިހު ވިދާޅުވި އެވެ.

ފ. އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި މި އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ވަޑައިގަންނަވާނެ އެވެ. ރައީސްގެ އަރިހުގައި ބައެއް ކެބިނެޓް މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox