މަކުނުދޫ ގެއެއްގައި އަލިފާން ރޯވެ އަނދައި ހުލިވެއްޖެ، މީހަކަށް ގެއްލުމެއް ނުލިބޭ

May 25, 2023, 4:42 PM
މަކުނުދޫ އަލްފާ ގޭގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އެ ރަށުގެ ރައްޔިތުން ކުރަނީ.. -- ފޮޓޯ: ޝަރީފު

މަކުނުދޫ އަލްފާ ގޭގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އެ ރަށުގެ ރައްޔިތުން ކުރަނީ.. -- ފޮޓޯ: ޝަރީފު

ހދ. މަކުނުދޫ ގެއެއްގައި މިރޭ އަލިފާން ރޯވެ، އެ ގެ އަނދައި ހުލިވެއްޖެ އެވެ.

އެ ރަށުން މައުލޫމާތު ދިން މީހުން ބުނި ގޮތުގައި އަލިފާން ރޯވީ "އަލްފާ" ގޭގަ އެވެ. އަލިފާން ރޯވިއިރު އެގޭގައި މީހުން ދިރިއުޅެމުން ދިޔަ އެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބުމުގެ ކުރިން ސަލާމަތް ކުރެވުނެ ކަމަށް އެ މީހުން ބުންޏެވެ.

މި ނޫހާ ވާހަކަ ދެއްކި އެރަށު އިބްރާހިމް ޝަރީފު ބުނީ އަލިފާނުގެ ހާދިސާ ހިނގީ މިރޭ 8:45 ހާއިރު ކަމަށެވެ. ރޯވެފައި ހުރި އަލިފާންގަނޑު ރަށުގެ ރައްޔިތުން ނުކުމެ ފެންޖަހައި ނިއްވާލެވުނީ ބައިގަޑިއެއް ހާއިރުން ކަމަށް އޭނާ ބުންޏެވެ.

"އެގޭގައި އަންހެނަކާއި ކުޑަ ކުއްޖަކާއި މުސްކުޅި ދެމަފިރިން ދިރިއުޅެމުން ދިޔަ. ނަސީބު ރަނގަޅު ކަމުން އެ އެންމެން ސަލާމަތް ކުރެވުނު. އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނެތް. އެ މީހުން މިހާރު ވަނީ އެ މީހުންގެ ދަރިންގެ ގޭގެއަށް ބަދަލުކޮށްފައި،" އަލްފާ ގޭގެ މީހުންނާ އައިލީ ގުޅުން އޮންނަ ޝަރީފު ބުންޏެވެ.

އަލިފާން ރޯވީ ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ތަނުގައި ކަމަށާއި އެތަނުގައި މިލިއަނެއްހާ ރުފިޔާގެ މުދާ ހުންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެ ގުދަނުގައި ޓިނާއި ލަކުޑި އާއި 25 ހޯސްޕަވަރުގެ އައުޓު ބޯޑު އިންޖީނަކާއި ގާ އަޅާ މެޝިނަކާއި އަގުބޮޑެތި އެހެނިހެން ސާމާނު ހުންނާނެ. އެހެން މީހުންގެ އެއްޗެހި ވެސް ހުންނާނެ،" ޝަރީފު ބުންޏެވެ.

އަލިފާން ރޯވި ސަބަބެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox