ނ. މާފަރު އެއާޕޯޓުގައި އެކްސްކެވޭޓަރެއް ފުރޮޅާލައި ހިނގި ހާދިސާއެއްގައި މީހަކު މަރުވެއްޖެ އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ބުނީ، މާފަރު އެއާޕޯޓުގެ ރަންވޭގެ މަސައްކަތަށް ބޭނުންކުރަމުން ދިޔަ އެކްސްކެވޭޓަރެއް ފުރޮޅާލައި ހިނގި ހާދިސާ ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 9:27 ހާއިރު ކަމަށެވެ.
އެ ހާދިސާގައި މަރުވީ އެކްސްކެވޭޓަރުގެ ޑްރައިވަރެވެ. އެއީ އުމުރުން 35 އަހަރުގެ އިންޑިއާ ރައްޔިތެކެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާ މާފަރު ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.
އެކްސްކެވޭޓަރު ފުރޮޅާލަން ދިމާވި ސަބަބެއް އަދި ނޭނގޭ އިރު ފުލުހުން ބުނީ، އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.













