އަސްލަމް އީވާއަށް: އެމްޑީޕީން ވަކިވާއިރު ޕާޓީގެ މެމްބަރުންގެ ވޯޓުން ހޮވި މަގާމުން އިސްތިއުފާ ދޭން ޖެހޭ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ (ވ) ޕީޖީ ލީޑަރު އަސްލަމް (މެދުގައި) އާއެކު-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ (ވ) ޕީޖީ ލީޑަރު އަސްލަމް (މެދުގައި) އާއެކު-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު

އެމްޑީޕީން ވަކިވާއިރު، އެ ޕާޓީގެ މެންބަރުން ވޯޓު ދީގެން ހޮވާފައިވާ މަގާމަކުން އިސްތިއުފާ ދިނުމަކީ އެންމެ ރީތި ގޮތް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ޕާޓީން ވަކިވިނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވުމުންނެވެ.

އަސްލަމް "އަދަދު"އަށް ވިދާޅުވީ އެމްޑީޕީ ކަމުނުގޮސް، ޕާޓީ ދޫކޮށްލާއިރު، ޕާޓީ މެންބަރުން ވޯޓު ދީގެން ހޮވާ އެފަދަ މަގާމެއްގައި ހުރުން ދެރަވަރު ކަމަށެވެ.

Advertisement

"ސިޔާސީ ޝަހުސިއްޔަތު ހަރުދަނާ ނަމަ އީވާ ޕާޓީން އިސްތިއުފާ ދޭއިރު، ޕާޓީ މެންބަރުން ވޯޓު ދީގެން ހޮވި މަގާމަކުން ވެސް އިސްތިއުފާ ދެއްވާނެ، އެ ރީތި ނަމޫނާ ނުފެނުމަކީ ދެރަ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މަގާމު ހޮވާފައިވަނީ އެމްޑީޕީ ގައުމީ މަޖިލީހުން ރުހުން ހޯދައިގެންނެވެ. އެހެންކަމުން އެ ބޭފުޅުންގެ އިހުލާސްތެރިކަމެއް ހުރިނަމަ، "އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ ކުރިން މަގާމުން އިސްތިއުފާ ދެއްވާނެ" އެވެ.

އީވާ ހިމެނޭހެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފިޔަވައި އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގައި ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ އެމްޑީޕީން ވަކިވެފަ އެވެ.

ފިކުރެއްގެ ދިރުން ފެކްޝަނުން މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފެރެންސްގައި ނޫސްވެރިޔަކު މަޖިލީހުގެ ނައިބު ރައީސްގެ މަގާމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އީވާ ފުރަތަމަ ވިދާޅުވީ އެއްވެސް މަގާމެއް އޭނާއަށް މުހިންމު ނޫން ކަމަށެވެ. އަދި, މަގާމު ގެއްލިދާނެތީ ބިރު ނުގަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަގާމެއް ދިފާއު ކުރާކަށް ނޫން، މަގާމެއް ހޯދާކަށް ވެސް ނޫން، އަޅުގަނޑު އެމްޑީޕީއަށް ވަނީކީ ވެސް، އެމްޑީޕީ އުފެއްދި އަސާސްތައް ފުނޑިގެންދާ އިރު ވެސް އެމްޑީޕީގައި މަޑުކުރާކަށް،" އީވާ ވިދާޅުވި އެވެ.

އިސްތިއުފާ ދެއްވާނެ ކަން ނުވަތަ ނޫން ކަން ވެސް ސާފުކޮށް ވިދާޅުވުމަށް "އަދަދު" ނޫހުން ފަހުން ސުވާލު ކުރުމުން އީވާ ވިދާޅުވީ އޭނާގެ ނުކުތާއަކީ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް މި ބުނަނީ [އަސްލު] އިސްތިއުފާ ނުދެއްވާނަން،" އީވާ ވިދާޅުވި އެވެ.

"ފިކުރެއްގެ ދިރުން" ނަމުގައި އުފެއްދި މި ފެކްޝަނުގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހުންނަވާ އެއް ބޭފުޅަކީ އީވާ އެވެ. އެ ފެކްޝަނުގައި ނަޝީދާއި އީވާ ހިމެނޭހެން 14 މަޖިލިސް މެންބަރުން ދިޔައީ ހަރަކާތްތެރިވަމުންނެވެ.

އޭގެ ތެރެއިން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކޮށްފައި ވަނިކޮށް މިއަދު އީވާ އާއި އިތުރު 11 މެމްބަރަކު ވަނީ އެމްޑީޕީން ވަކިވެފަ އެވެ.

އެނގިފައިވާ ގޮތުގައި، އެމްޑީޕީން އީވާ މިއަދު ވަކިވުމުން އެ ޕާޓީގައި މިހާރު ތިއްބެވި މެންބަރުން ގެންދަވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެކަމަށް ބޭނުންވާ ސޮއި ވެސް މިހާރު ވަނީ ހަމަކޮށްފަ އެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެ އެވެ. އެއީ 43 މެންބަރުންނެވެ. އެ އަދަދަށް އެމްޑީޕީގެ ޕީޖީގައި މެމްބަރުން ތިއްބަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox