އެމްޑީޕީ ދަފްތަރުން އަލީ އާޒިމްގެ ނަން އުނިކޮށް މަޖިލީހަށް އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އަލީ އާޒިމް؛ އޭނާގެ ނަން އީސީގެ ދަފްތަރުން އުނިކޮށް މަޖިލީހުން ވަނީ އަންގައިފައި-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އަލީ އާޒިމް؛ އޭނާގެ ނަން އީސީގެ ދަފްތަރުން އުނިކޮށް މަޖިލީހުން ވަނީ އަންގައިފައި-- ފޮޓޯ: މަޖިލިސް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމުގެ އެމްޑީޕީން ވަކިކުރުމާ ގުޅިގެން، އޭނާގެ ނަން އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ އެ ޕާޓީގެ ދަފްތަރުން އުނިކޮށް, އެކަން ރައްޔިތުންގެ މަޖިލީހަށް އަންގައިފި އެވެ.

ސަރުކާރު ހިންގާ މައި ޕާޓީން އާޒިމް ވަކިކުރީ، ފޯޅަވައްސާއި އައްޑޫއާ ދެމެދު އޮތް ކަނޑުގެ އިގުތިސޯދީ ސަރަހައްދުގެ އިން ވަކިކުރި މައްސަލާގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ "ފޯޅަވަހި ކޯލިޝަން"ގެ ބައްދަލުވުންތަކާއި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވުމާ ގުޅިގެން ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ފޮނުއްވި މައްސަލައިގަ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އޭނާގެ ނަން އީސީގެ ދަފްތަރުން އުނިކޮށްފައިވާކަން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގައިފަ އެވެ. އެކަން އެ ކޮމިޝަނުން ވަނީ "އަދަދު"އަށް ކަށަވަރު ކޮށްދީފަ އެވެ.

Advertisement

އިން ވަކިކުރުމުގެ މައްސަލައިގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގައި އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ބައިވެރިވެ އެވެ. އަދި, އެ ކޯލިޝަންގެ ހަރަކާތްތަކުގައި އެ ފެކްޝަންގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އާޒިމް އެވެ.

ނަޝީދުގެ ފެކްޝަނަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ފިޔަވަޅު އެޅުމަށް ރައީސް ސޯލިހަށް ތާއީދުކުރާ ޕާޓީގެ މެމްބަރުން ވެސް ދަނީ ގޮވާލަމުންނެވެ. އެމްޑީޕީގެ 68 މެމްބަރުން މަޖިލީހުގައި ތިއްބަވާއިރު ވާދަވެރި ފެކްޝަނުގައި ނަޝީދު ހިމެނޭހެން ގާތްގަނޑަކަށް 15 މެމްބަރުން ތިއްބަވަ އެވެ.

އާޒިމް ވަކިވި ކަން ރަސްމީކޮށް ކަނޑައެޅުމާއެކު އެމްޑީޕީގެ މެންބަރުންގެ އަދަދު 67 އަށް ވަނީ ތިރިވެފަ އެވެ.

ޕާޓީން ވަކިކުރިނަމަވެސް، އޭނާ ވަކިކޮށްފައިވާ ކަމަށް އާޒިމް ގަބޫލު ނުކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަން ކޮށްފައިވަނީ އެމްޑީޕީގެ އަސާސީ ގަވައިދާ ހިލާފަށެވެ.

އާޒިމް ވަކިކުރުމަށް ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ މެންބަރުކަމުން ވަކިކޮށް، ފަސް އަހަރުގެ ތެރޭގައި ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕާޓީގެ އެއްވެސް ޕްރައިމަރީއެއްގައި ކުރިމަތި ނުލެވޭ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox