ރައީސް ވިދާޅުވީ މިއީ ދިވެހި ތާރީހުގައި ވެސް މަތީ ތައުލީމަށް އެންމެ ފަހިވި ދުވަސްވަރު ކަމަށް

މިރޭގެ ހަފުލާގައި ރައީސް ވާހަކަ ދައްކަވަނީ: ވިދާޅުވީ ތައުލީމީީ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމަކީ ޒަމާނީ ތައުލީމު ދިނުން ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މިރޭގެ ހަފުލާގައި ރައީސް ވާހަކަ ދައްކަވަނީ: ވިދާޅުވީ ތައުލީމީީ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމަކީ ޒަމާނީ ތައުލީމު ދިނުން ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މަތީ ތައުލީމު ހާސިލް ކުރުމަށް މިހާ ފަހި ދުވަސްވަރެއް ދިވެހި ތާރީހު މީގެ ކުރިން ދެކެފައިނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް ދިނުމަށް މިރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ފުރަތަމަ ޑިގްރީގެ ޕްރޮގްރާމުގެ ސަބަބުންނާއި ސްކޮލާޝިޕްތައް އިތުރު ކުރުމުން ކިޔެވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހުޅުވިގެންގޮސްފައިވާ ކަމަށެވެ.

"ރާއްޖޭގެ ރަސްމީ ތައުލީމުގެ މުޅި ތާރީހަށް ބަލާއިރުވެސް، މަތީ ތައުލީމު ހާސިލުކުރުމަށް މީގެ ކުރިން ދުވަހަކުވެސް ފަހިވެފައި ނެތްހާ ގިނަ ފުރުސަތުތައް މިހާރު އެބަ އޮތް. އަދި މިއިން ޒަމާނަކުވެސް، ބޭރު ގައުމުތަކުން ސްކޮލާޝިޕް ނުލިބޭ މިންވަރަށް، އަދި ނުލިބޭ އެތައް ދާއިރާއަކުން، ދިވެހި ދަރިވަރުންނަށް ބޭރު ގައުމުތަކުން މިހާރު ސްކޮލާޝިޕްގެ ފުރުސަތު ލިބޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް އަމާޒަކަށް ހެއްދެވީ މާލީ ތަނަވަސްކަން ނެތް ކުދިންނަށް ވެސް މަތީ ތައުލީމު ހާސިލް ކުރެވޭނެ މަގު ތަނަވަސްކޮށް ކުރިން އޮތް ހުރަސް ނައްތާލަން ކަމަށެވެ.

"ފުދުންތެރިކަން ނެތް އާއިލާތަކުގެ ދަރިވަރުން މަތީ ސާނަވީގައި ރަނގަޅު ނަތީޖާ ހޯދިޔަސް، އިތުރަށް ކިޔެވުމުގެ ފުރުސަތު، މީގެ ކުރިން އޮތީ އެހާ ތަނަވަސް ގޮތަކަށް ނޫން. އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކަށް ހެދީ އެ ތަފާތުތައް ނައްތައިލުން. މިއަދު ދިވެހި ކޮންމެ ދަރިވަރަކަށް އެ ފުރުސަތު އެބަ އޮތް. އަޅުގަނޑުމެން ތައާރަފްކުރި ހިލޭ ޑިގްރީ ޕްރޮގްރާމަކީ، ދަރިންނަށް މަތީ ތައުލީމު ދިނުމަށް ރާއްޖޭގައި މިހާތަނަށް ފެށި އެންމެ ބޭނުންތެރި ޕްރޮގްރާމް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުރަތަަމަ ޑިގްރީ ޕްރޮގްރާމަށް ސަރުކާރުން 567 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު 17،000 އަށްވުރެ ގިނަ ދަރިވަރުންނަށް އޭގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔެވުމަށް 418 ދަރިވަރަކަށް ފުރުސަތު ދިންއިރު އެ ސްކޮލާޝިޕްތައް ދިނުމަށް 528 މިލިއަން ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިފަދަ ފުރުސަތުތައް ފަހިކޮށްދީގެން އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ދިވެހި ދަރިންގެ ސިކުނޑިތައް ޒަމާނީ ތައުލީމުން ތަރައްގީކުރަން. ސްކޮލަޝިޕްތަކާއި ލޯން ސްކީމްތަކާއި އެވޯޑްތަކުގެ ހަގީގީ މަގްސަދަކީ އެއީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މިރޭގެ ހަފުލާގައި 155 ދަރިވަރަކަށް ސްކޮލާޝިޕް ލިބުނެވެ. އޭގެ ތެރެއިން 102 ދަރިވަރުންނަކީ އަންހެން ކުދިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox