މަސްނޫއީ ފަޔާއެކު ޝަވަން ވަރުގަދަ އަޒުމެއްގައި

ޔޫތު މިނިސްޓަރީން ހަދިޔާ ކުރި، ދުވަން ބޭނުން ކުރާ ފަޔާއި އެންސްޕާއިން ހަދިޔާކުރި ހިނގަން ބޭނުން ކުރާ ފައިގެ އެހީގައި މިހާރު ޝަވަންއަށް ދެފައި މައްޗަށް ކޮޅަށް ތެދުވެ ހިނގާބިނގާވެ އުޅެވެ އެވެ.

ޔޫތު މިނިސްޓަރީން ހަދިޔާ ކުރި، ދުވަން ބޭނުން ކުރާ ފަޔާއި އެންސްޕާއިން ހަދިޔާކުރި ހިނގަން ބޭނުން ކުރާ ފައިގެ އެހީގައި މިހާރު ޝަވަންއަށް ދެފައި މައްޗަށް ކޮޅަށް ތެދުވެ ހިނގާބިނގާވެ އުޅެވެ އެވެ.

މިދިޔަ ނޮވެމްބަރު 19 ވަނަ ދުވަހެވެ. ދައުރުވަމުން ދިޔައީ އެންމެ ފަޔަކާއެކު ކުއްޖަކު ފުޓުބޯޅަ ކުޅޭ މަންޒަރު ފެންނަ ވީޑިއޯއެކެވެ. އުއްމީދަކާ އެކު މަކުނުދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ރާއީ މީސްމީޑިއާއަށް ދޫކޮށްލި އެ ވީޑިއޯއާ އެކު އެތައް ބަޔަކު އާޝޯހުކޮށްލި އެވެ.

"އުއްމީދަކީ ޝަވަން އަށް އާޓިފިޝިއަލް ފައެއް ޖެހޭނެ ގޮތް ވީހާވެސް އަވަހަކަށް ވެގެންދިއުމެވެ." ވީޑިއޯ ހިއްސާކުރަމުން ރާއީ ލިޔެފައި ވެއެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރާއީގެ އެކޭ އެއްފަދައިން އުއްމީދުގެ އެ ހުޅުކޮޅު ދިވެހި އެތައް ހިތްތަކެއްގައި ވެސް ރޯވެގެންދިޔަ އެވެ. ހދ. މަކުނުދޫއަށް އުފަން، އެންމެ ހަތް އަހަރުގެ އަހުމަދު ޝަވަން އަށް ދެފައި މައްޗަށް ކޮޅަށް ތެދުވެ ދުއްވައިގަނެވޭނެ ދުވަހެއްގެ އުއްމީދެވެ.

(ކ) ޝަވަން އޮޕަރޭޝަން ކުރުމުގެ ކުރިން (ވ) ޝަވަން އޮޕަރޭޝަނަށްފަހު ޕްރޮސްތެޓިކް ފައި ޖަހައިގެން
(ކ) ޝަވަން އޮޕަރޭޝަން ކުރުމުގެ ކުރިން (ވ) ޝަވަން އޮޕަރޭޝަނަށްފަހު ޕްރޮސްތެޓިކް ފައި ޖަހައިގެން

(ކ) ޝަވަން އޮޕަރޭޝަން ކުރުމުގެ ކުރިން (ވ) ޝަވަން އޮޕަރޭޝަނަށްފަހު ޕްރޮސްތެޓިކް ފައި ޖަހައިގެން

އެތައް ބަޔަކު ކުރަމުން އައި އެ އުއްމީދުގައި މިއަދު މިވަނީ ކުލަ ޖެހި ހަގީގަތަކަށް ވެފަ އެވެ. ސަރުކާރުގެ އެހީތެރިކަމާ އެކު މަސްނޫއީ ފައެއް ޖެހުމަށްޓަކައި ކުރާންޖެހޭ އޮޕަރޭޝަން ކުރުމަށްފަހު އިއްޔެ ޝަވަން ވަނީ ރާއްޖެ އައިސްފަ އެވެ. ޔޫތު މިނިސްޓަރީން ހަދިޔާ ކުރި، ދުވަން ބޭނުން ކުރާ ފަޔާއި އެންސްޕާއިން ހަދިޔާކުރި ހިނގަން ބޭނުން ކުރާ ފައިގެ އެހީގައި މިހާރު ޝަވަންއަށް ދެފައި މައްޗަށް ކޮޅަށް ތެދުވެ ހިނގާބިނގާވެ އުޅެވެ އެވެ.

"މިހާރު ހަމަ ރީތިކޮށް ހިނގޭ، ޑޮކްޓަރުން ބުނެފައި އޮންނަނީ ކޮންމެ ދުވަހަކު ވެސް އެއްގަޑިއިރު، ފައި ޖަހައިގެން ކަސްރަތު ކުރަން، އެހެންވެ ހަމަ ކޮންމެ ދުވަހަކުވެސް ފައި ޖަހައިގެން ހިނގައި ދުވެވެސް ހަދާ،" ޝަވަންގެ މަންމަ، އައިޝަތު ވިޝާހު "އަދަދު" އަށް ބުންޏެވެ.

އޭނާ ބުނީ ޝަވަން ހުރީ އުއްމީދުން ފުރިފައި ކަމަށާއި ފައިގެ އެހީއާ އެކު ދުވެ، ފުޓުބޯޅަ ވެސް ކުޅޭނެކަމަށް ޝަވަން ބުނާ ކަމަށެވެ.

"ޝަވަން ބުނަނީ ހަމަ ކުޅޭނަމޯ ފުޓުބޯޅަ ވެސް، ދުވަން ވެސް ދުވާނަމޯ،" ހިނިތުންވެލާފައި ވިޝާހު ބުންޏެވެ.

ޝަވަންއަކީ އުފަންވީއިރު ވެސް ނުކުޅެދުންތެރިކަން ހުރި ކުއްޖެކެވެ. ޝަވަން އުފަންވިއިރު އޭނާގެ ކަނާތު ފައިގެ ފަލަމަސްގަނޑުން ތިރިއެއް ނެތެވެ. އަދި ވާތު ފައިގެ ބައެއް އިނގިލިތައް ހުރީ ވަކިނުވެ އެވެ. އެހެންނަމަވެސް ޝަވަންގެ ހިތްވަރު އެހެން ކުދީންނަށްވުރެ މާގަދަ އެވެ.

އެއް ފަޔާ އެކު ޝަވަން ފުޓުބޯޅަ ކުޅެނީ
އެއް ފަޔާ އެކު ޝަވަން ފުޓުބޯޅަ ކުޅެނީ

އެއް ފަޔާ އެކު ޝަވަން ފުޓުބޯޅަ ކުޅެނީ

ގަދަ ހިތްވަރާ އެކު ފުޓުބޯޅަ ކުޅޭ ވީޑިއޯ އާންމުވުމާ އެކު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ވެސް ޝަވަންއާ ބައްދަލުކޮށް، އޭނާއަށް ހިތްވަރުދިނެވެ.

"އައްޑޫން ދިން ދައުވަތަކަށް އެކޮޅަށް ދިޔައީ، ދިޔައިރު، އެރަށުގައި ދަގަނޑޭވެސް ހުރީ، ދެން ދަގަނޑޭ އައިސް ބައްދަލުކޮށް ވަރަށް ހިތްވަރުދިން ޝަވަންއަށް،" ޝަވަންއަށް ދިން ހިތްވަރަށް ޝުކުރު އަދާކުރަމުން ވިޝާހު ބުންޏެވެ.

މަސްނޫއީ ފަޔެއް ޖެހުމަށް އާއިލާއިން ޝަވަން ގޮވައިގެން އިންޑިއާއަށް ގޮސް އޮޕަރޭޝަން ކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. ފާއިތުވީ ހަތަރު މަސްދުވަސް ވަންދެން އެކޮޅުގައި ޝަވަން މަޑުކުރީ ހަދަންޖެހޭ ފިޒިއޯތެރަޕީ ހެދުމަށްޓަކަ އެވެ.

"އަދި އޮޕަރޭޝަން ކުރިތަން ވަރަށް ޅަ، އެހެންވެ އެހައި ގިނައިރު އަދި ހިނގައެއް ނުހެދޭ، އަންނަ މަހު އެކޮޅަށް ގޮސް ދައްކާފައި އައިސް ދެން ޕްރެކްޓިސްތައް ފެށޭނެހެން ހީވަނީ،" ވިޝާހު ބުންޏެވެ.

ޝަވަންއަށް މަސްނޫއީ ފަޔެއް ހަދިޔާކޮށް ފަރިތަކުރުންތައް ހަމަޖައްސައިދީފައި ވާކަން ޔޫތު މިނިސްޓަރު، އަހުމަދު މަހުލޫފު އިއުލާނު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި މަހުލޫފް ކުރި ޓުވީޓުގައި ވިދާޅުވީ، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޝަވަންއަށް ރަނިން ބްލޭޑް (މަސްނޫއީ ފައެއް) ހަމަޖައްސައިދެވުމުން ކަމަށެވެ.

މެންބަރު ރާއީ މީސްމީޑިއާއަށް ދޫކޮށްލި އެ ވީޑިއޯގެ ސަބަބުން އުފަންކުރުވި އުއްމީދު، އެތައް ބައެއްގެ ހެޔޮ ދުއާ އާއި އެހީތެރިކަމާއި ހިތްވަރާ އެކު މިއަދު ހަގީގަތަކަށް ވެއްޖެ އެވެ. އެ ހުރިހާ ފަރާތްތަކަށް ވެސް ވިޝާހުގެ އޮތީ ކޮޅުނެތްކޮޅަށް ޝުކުރެވެ.

"ޝަވަންއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށާއި ހިތްވަރުދީ ހެޔޮ ދުއާކޮށްދިން ހުރިހާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" އޭނާ ބުންޏެވެ.

ޝަވަންގެ އަޒުމާއި ހިތްވަރާ އެކު އޭނާ ދުވުންތެރިއަކަށް ވެއްޖެނަމަ، އޭނާ ވެގެންދާނީ މަސްނޫއީ ފަޔަކާއެކު ދުވާ ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox