ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އަޒްމޫން އަހުމަދު އައްޔަން ކުރައްވައިފި އެވެ.
މީގެ ކުރިން މިނިސްޓަރު އަހުމަދު މަހުލޫފްގެ ޕާސަނަލް އެސިސްޓެންޓެއްގެ މަގާމު އަދާކުރެއްވި އަޒްމޫން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކޮށްފައިވާކަން ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ ބަޔާންކޮށްފަ އެވެ.
މި ސަރުކާރާއެކު ޔޫތު މިނިސްޓްރީގައި މަސައްކަތް ކުރައްވަން ފެއްޓެވުމުގެ ކުރިން، ރާއްޖެ ޓީވީގައި ނޫސްވެރިޔަކަށް މަސައްކަތް ކުރެއްވެވި އެވެ.
ޔޫތު މިނިސްޓްރީގައި އަޒްމޫންއާ އެކު ޖުމުލަ އަށް ޑެޕިއުޓީ މިނިސްޓަރުން ތިއްބަވަ އެވެ. އަދި ދެ ސްޓޭޓް މިނިސްޓަރުން ވެސް ތިއްބަވަ އެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ޖުމްލަ 35،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 20،500 ރުފިޔާ އާއި އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އެވެ.














