ކުރީ ހަތް އަހަރަށް ވުރެ މިދިޔަ 16 މަހު މައުލޫމާތު ނުދިނުމުގެ ޝަކުވާ ގިނަ: އާހިދު

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝާދު؛ މައުލޫމާތު ނުދިނުމުގެ ޝަކުވާތައް ގިނަވާތީ ކަންބޮޑުވުން ފާޅުކުރެއްވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝާދު؛ މައުލޫމާތު ނުދިނުމުގެ ޝަކުވާތައް ގިނަވާތީ ކަންބޮޑުވުން ފާޅުކުރެއްވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ނިމިދިޔަ މަހުގެ ނިޔަލަށް، ދައުލަތުގެ އިދާރާތަކުން މައުލޫމާތު ނުދީގެން އައިސްފައިވާ ޝަކުވާތަކުގެ އަދަދު މީގެ ކުރީ ހަތް އަހަރުގެ ޖުމްލަ އަދަދަށް ވުރެ ވެސް ގިނަ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވެއްޖެ އެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާއި ދިވެހި ނޫސްވެރިންގެ ޖަމިއްޔާ ގުޅިގެން ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ބޭއްވި "ނޫސްވެރިންގެ ސައްލާ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އާހިދު ވަނީ މައުލޫމާތު ހިފެހެއްޓުމުގެ ސަގަފާތެއް އުފެދޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނު ވުޖޫދަށް އައީ 2014 ވަނަ އަހަރު އެވެ. އެ ގާނޫނުން އުފައްދާއިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ފުރަތަމަ ހަތް އަހަރު ލިބިފައިވާ ޝަކުވާތަކުގެ ޖުމުލަ އަދަދަށް ވުރެ މިދިޔަ 16 މަހު ލިބުނު ޝަކުވާތައް ގިނަ ކަން އާހިދު ފާހަގަ ކުރެއްވި އެވެ.

"ފާހަގަވޭ، މިދިޔަ އަހަރުން ފެށިގެން، 2022 އިން، އިދާރާތަކުން މައުލޫމާތު ނުދީގެން އަޅުގަނޑާ ހަމައަށް ޝަކުވާ އައިސްފައި ހުރި މިންވަރަކީ އޭގެ ކުރީ ހަތް އަހަރަށް ވުރެ ގިނަ، 16 މަހުގެ ވާހަކަ މި ދައްކަނީ، ލިބުނު ޝަކުވާތައް ގިނަ ވެއްޖެއޭ ކުރީ ހަތް އަހަރަށް ވުރެ،" އާހިދު ވިދާޅުވި އެވެ.

ޝަކުވާތައް އިތުރުވި އެއް ސަބަބަކީ މައުލޫމާތަށް އެދޭ މިންވަރު ވެސް އިތުރުވުމެވެ. ނަމަވެސް މައުލޫމާތަށް އެދޭ މިންވަރު އިތުރުވެފައިވާ ރޭޓަށް ވުރެ ވެސް، މައުލޫމާތު ނުދީގެން ޝަކުވާ ހުށަހަޅާ މިންވަރު އިތުރުވެފައިވާ ރޭޓު މާ ބޮޑުކަން އާހިދު ފާހަގަ ކުރެއްވި އެވެ.

"ނޫސްވެރިން ވެސް، އާންމުންގެ ފަރާތްތަކުން ވެސް، ޖަމިއްޔާ ޖަމާއަތްތަކުން ވެސް މައުލޫމާތު އެދޭ މިންވަރު ވެސް އެބަ އިތުރުވޭ، އެހެން އެ ކަން ވިޔަކަސް، އެ އެދޭ މިންވަރު އިތުރުވާ ރޭޓަށް ވުރެ ބޮޑަށް ޝަކުވާތައް އަންނަ ވަރުގެ ރޭޓު މާ ބޮޑަށް ވެސް އިތުރު،" އާހިދު ވިދާޅުވި އެވެ.

ތަފާސްހިސާބުތަކަށް ބެލުމުން އެއަށް ވުރެ ވެސް އާހިދު ކަންބޮޑުވާ ކަމަކީ އެ ޝަކުވާތަކުގެ ތެރޭގައި، އެއްވެސް ޖަވާބެއް ނުލިބިގެން އަންނަ ޝަކުވާ ގިނަވުމެވެ. ޝަކުވާތަކުގެ 80 ޕަސެންޓް ޝަކުވާއަކީ އެއްވެސް ވަރަކަށް "އަޅާ ނުލައިގެން" އަންނަ ޝަކުވާތަކެވެ.

"އެދޭ މައުލޫމާތުން ވަކިވަރެއް ދީފައި ހިފަހައްޓައިގެނެއް ވެސް ނޫން، އަދި މައުލޫމާތު ނުދެވޭނެއޭ ބުނަނީކީ ވެސް ނޫން، އެއް ގޮތަކަށް ވެސް ޖަވާބެއް ނުދީގެން، އަޅައިވެސް ނުލައިގެން، އަޅުގަނޑުމެންނާ ހަމައަށް އަންނަނީ،" އާހިދު ވިދާޅުވި އެވެ.

މައުލޫމާތު ހޯދުމަށް އެދުމުން އިދާރާތަކުން އެއްވެސް ވަރަކަށް "އަޅާނުލުން"، އާހިދު ސިފަކުރެއްވީ ގާނޫނު ނުހިނގުމުގެ ނިޝާންތަކެއް އުފެދިގެން އައުމުގެ ގޮތުގަ އެވެ.

"މި ގާނޫނަކީ ވަރަށް ރަނގަޅު ގާނޫނެއް، އަޅުގަނޑުމެން ވަރަށް ގިނައިން އެހެން ގާނޫނުތަކަށް ވެސް ބުނާ އެއްޗެއް، ކަރުދާހުގައި ކިތަންމެ ރީތިކޮށް ލިޔެވިފައި އޮތަސް އެ ގާނޫނު ނުހިންގޭ ކަމަށް ވަންޏާ ވަރަށް ބޭކާރު އެއްޗެކޭ، އެ ކަހަލަ ނިޝާންތަކެއް މި ފެންނަން ފަށަނީ،" އާހިދު ވިދާޅުވި އެވެ.

މައުލޫމާތު ނުދީގެން ދައުވާ ކުރަން ބަލާއިރު ތަހުގީގު ހިންގުމުގެ ބާރު ކޮމިޝަނަކަށް ނޯވެ އެވެ. ތަހުގީގު ކުރަން ޖެހޭ ނަމަ، ފުލުސް އޮފީހަށް ފޮނުވަނީ އެވެ. ގުޅިގެން ތަހުގީގުތައް ހިންގުމަށްޓަކައި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަން އާހިދު ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox