ހުލާސާކޮށް އިއްޔެ: މާލޭ ގޭބިސީތަކަށް ފޮތިކޮތަޅު ބެހުން

May 4, 2023, 3:12 AM
މޭލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މޭލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

ވެރިކަން ހިންގާ މާލެ ސިޓީގެ ހުރިހާ ގޭބީސީއަކަށް ފޮތި ކޮތަޅު ބަހަން ނިންމާފައިވާ ކަމަށް އެ ސިޓީގެ ކައުންސިލުން އިއްޔެ ނިންމި އެވެ.

ކައުންސިލުން ބުނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ ހުރިހާ ގެއަކަށް ފޮތި ކޮތަޅު ބަހަން ނިންމީ އެ އިދާރާގެ ޕްލާސްޓިކާ ދުރުވުމުގެ ރޭވުމުގެ ދަށުން ކަމަށެވެ. ކޮންމެ ގެއަކަށް 50 ކޮތަޅު ބަހަން ނިންމާފައިވާ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

"އަޅުގަނޑު މި ހުށަހަޅަނީ އެކަހަލަ 25 ކޮތަޅުގެ ޕެކް ހަދާފަ މާލެސިޓީ ކައުންސިލްގެ ހަރަދުގައި މާލެ ސިޓީގެ ކޮންމެ ގޭބިސީ އަކަށް ހިލޭ ފޯރުކޮށްދޭން،" މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

"ކައުންސިލްގެ އެއް އަމާޒަކީ ވެސް ހަމަ ތިމާވެށި ރައްކާތެރިކުރުމަށް އެކި ކަހަލަ މަޝްރޫއުތައް ހިންގުން."

މާލެ ސިޓީ ކައުންސިލުން ގޭބީސީތަކަށް ފޮތި ކޮތަޅު ބަހަން މި ނިންމީ ޕްލާސްޓިކު ކޮތަޅުން 2ރ. ގެ ފީއެއް ނަގަން ފަށާފައި އޮއްވަ އެވެ. ޕްލާސްޓިކު ކޮތަޅުން ފީއެއް ނަގަން ފެށީ ސަރުކާރުން ގެންގުޅޭ "ޕްލާސްޓިކު ނޫން ގޮތެއް" ސިޔާސަތުގެ ދަށުންނެވެ.

ފޮތި ކޮތަޅު ބެހުމަށް ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ކައުންސިލުން ބުނެ އެވެ.

"މިކަހަލަ މަސައްކަތްކުރާ ބޭފުޅުންނާ ނުރަސްމީކޮށް ދެކެވުނު ވާހަކައިގަ ފްރައިޓް ޗާޖާ އެއްކޮށް މާލެ ހުޅުމާލެ އަދި ވިލިމާލޭގެ ގާތް ގަނޑަކަށް 50،000 ގޭބިސީ އަށް 1.5 މިލިއަން ރުފިޔާ ހަރަދު ވާނެ،" މޭޔަރު ވިދާޅުވި އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

މުޅި ދުނިޔޭގައި އިއްޔެ ފާހަގަކުރި ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ހިތޯބުގައި ވިދާޅުވީ؛

"ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ހެޔޮގޮތުގައި ހިފުމުން، އެ ބައެއްގެ އިންސާނީ ހައްގުތަކުގެ ހާލަތު ވަޒަންކުރެވި، އެ ހައްގުތައް އިތުރަށް ކަށަވަރު ކުރުމަށާއި ލިބިދިނުމަށް މަސައްކަތް ކުރުމުގެ ހިތްވަރާއި ހަކަތަ އެ ބައެއްގެ މެދުގައި އުފެދޭ،"

ދުވަހުގެ ފޮޓޯ

އޮފީސްތަކުގެ ވޮލީ މުބާރާތުގައި އިއްޔެ އާބަންކޯ އާއި އެމްއޭސީއެލް ކުޅުނު މެޗްގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އޮފީސްތަކުގެ ވޮލީ މުބާރާތުގައި އިއްޔެ އާބަންކޯ އާއި އެމްއޭސީއެލް ކުޅުނު މެޗްގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އޮފީސްތަކުގެ ވޮލީ މުބާރާތުގައި އިއްޔެ އާބަންކޯ އާއި އެމްއޭސީއެލް ކުޅުނު މެޗްގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox