އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނައިގެ ކޮރޮނޭޝަން ނުވަތަ ތަހުތަށް ވެޑުވުމުގެ ހަފުލާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާނެކަން ހާމަކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ރަސްގެފާނު ޗާލްސްގެ ކޮރޮނޭޝަން ހަފްލާގައި ބައިވެރިވެވަޑައިގަންނަވަން ރައީސް ސޯލިހު މިއަދު ލަންޑަނަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ. ރަސްގެފާނު ޗާލްސްގެ ކޮރޮނޭޝަން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މިއުވާން ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ކޮމަންވެލްތުގެ ލީޑާސް އިވެންޓާއި, ގައުމުތަކުގެ އިސްވެރިންނާއެކު ބާއްވާ ރިސެޕްޝަނެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އިނގިރޭސި ރަސްގެފާާނުގެ އިތުރުން ޗާލްސްއަަކީ މިހާރު ކޮމަންވެލްތުގެ ވެސް ވެރިޔާ އެވެ. އެއީ 2.4 ބިލިއަން މީހުން ހިމެނޭ 56 މިނިވަން ގައުމުގެ ޖަމިއްޔާއެކެވެ. އޭގެ ތެރެއިން 14 ގައުމުގެ ދައުލަަތުގެ އެންމެ އިސްވެރިޔަކީ ޗާލްސް އެވެ.

ރަސްގެފާނު ޗާލްސް ކޮރޮނޭޝަން ވެސްޓްމިނިސްޓާ އެބީގައި އޮންނަ ހަފުލާގައި 2000 އަށް ވުރެ ގިނަ މެހެމާނުން ބައިވެރިވާނެ އެވެ.
ކޮރޮނޭޝަން ހަފުލާގައި ރަސްގެފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ކުއީން ކޮންސޯޓް ކެމިލާގެ ތާޖުކޮޅު އަޅުއްވާނެ އެވެ. ތާރީހީ ގޮތުން އެ ހަފުލާގައި ކޮށްފައިވާ ގިނަ ކަންކަން ދަމަހައްޓާނެ ކަމަށް ވެއެވެ.












