އިޓްލޮސްގައި ތަފާތު ނަތީޖާއެއް ނުކުމެދާނެ ކަމަށް ގަބޫލު ނުކުރެވޭ, މައްސަލައަކީ "ސިއްރު ސިޓީ": ޑރ. ޝަހީދު

ޑރ. ޝަހީދު. ރައީސްގެ "ސިއްރު ސިޓީ" ހޯދަން މަޖިލީހަށާއި ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި.----

ޑރ. ޝަހީދު. ރައީސްގެ "ސިއްރު ސިޓީ" ހޯދަން މަޖިލީހަށާއި ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި.----

ޗާގޯސް ޖަޒީރާ އާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ، މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލާގައި ގާނޫނީ ހަމަތަކުގެ މަތިން ބަލާއިރު ތަފާތު އެހެން ނަތީޖާއެއް ނުކުމެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެކަމުގައި ރައްޔިތުންގެ ކަންބޮޑުވުން އޮތީ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި "ސިއްރު ސިޓީ" އާ ގުޅިގެން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. އެޕްރީލް 28, ގައި އިޓްލޮސްއިން އެ މައްސަލަ ނިންމީ ރާއްޖޭން ހުށަހެޅި ގިނަ ނުކުތާތައް ބަލައިގަނެ ރާއްޖެެއަށް ބޮޑުބައި ލިބޭ ގޮތަށެވެ.

މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީގެ ސަބަބުން ރާއްޖޭގެ އީއީޒެޑުން ބޮޑުބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެކަމަކު ސަރުކާރުން އެކަން ދޮގުކުރެ އެވެ. އެ ސިޓީ ހާމަނުކުރާތީ ރައްޔިތުންގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ.

އެކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައި ޝަހީދު ވިދާޅުވީ މި މައްސަލާގައި ސަރުކާރުން ޖަވާބުދާރީ ވުމަށާއި ހާމަކަން ބޮޑުކޮށް ކަންކަން ކުރިއަށް ގެންދިޔުމަށް ރައްޔިތުން ގޮވާލާ ގޮވާލުން އިތުރަށް ގަދަވާން ޖެހޭ ކަމަށެވެ.

"އެކަމަކު, އިޓްލޮސްގައި އީއީޒެޑާއި ގުޅޭގޮތުން ތަފާތު ނަތީޖާއެއް އައުމަކީ ގާނޫނީ ގޮތުން ހުރި ކަންކަމަށް ބަލާއިރު ވުމަށް ވުރެން ނުވުން ގާތް ކަމެއް," ޑރ. ޝަހީދު އިނގިރޭސި ބަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

މިއަށްވުރެ ރަނގަޅު ނަތީޖާއެއް މިކަމުގައި ސަރުކާރަށް ހޯދިދާނެ ކަމަށް ގަބުލު ނުކުރެވޭ ކަމަށާއި މި މައްސަލާގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އާއި އޭނާގެ ޓީމުން ކުރައްވާފައި ވަނީ ފުރިހަމަ މަސައްކަތެއް ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވެފައިވެ އެވެ.

"ރައްޔިތުންގެ ކަންބޮޑުވުން މިކަމުގައި އޮތީ އދ. ގައި ނެގޭ ވޯޓުގައި ރާއްޖޭގެ ސްޓޭންޑު ބަދަލުވުމާ ގުޅޭގޮތުން ފޮނުއްވި ސިޓީތައް ހާމަކޮށްފައި ނުވާތީ. މިއީ ސަރުކާރުގެ ކޮމިއުނިކޭޝަން ޕޮލިސީގެ ފެއިލިޔާއެއް," ޑރ. ޝަހީދު ވިދާޅުވި އެވެ.

ރައީސް ސޯލިހު ފޮނުއްވި ސިޓީ ހޯދުމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން، މުހައްމަދު މުސްތާގް އަދި ލ.ކާނަލް (ރޓޑ) ޒުބައިރު އަހުމަދު މަނިކުގެ ނަމުގައި ސުޕްރީމް ކޯޓަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

ހަމައެހެންމެ, އެ ސިޓީ ހޯދުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފަ އެވެ. އަދި, ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވެސް އެ މައްސަލަ ބަލައިދިނުމަށް އޭނާ ވަނީ އެދިފަ އެވެ.

ސިޓީގަ އޮތް އެއްޗެއް ހުކުމުގައި އެބައޮތް

އެ ސިޓީގައި އޮތް އެއްޗަކާމެދު ގިނަ ތުހުމަތުތަކެއް ކުރެވުންދާއިރު، ރައީސް ވިދާޅުވެފައިވަނީ އެ ސިޓީގައި މޮރިޝަސްގެ ބޮޑުވަޒީރާ ހިއްސާކުރެއްވި މައިގަނޑު ހުރިހާ ވާހަކަތަކެއް އިޓްލޮސްއިން ކުރި ހުކުމުގައި ހިމަނާފައިވާ ކަމަށެވެ.

ޗާގޯސްގެ ސިޔާދަތީ ބާރާ ގުޅޭގޮތުން މުސްތަގުބަލުގައި އދ. ގައި ނެގޭ ވޯޓެއްގައި މޮރިޝަސް އާ އެއްކޮޅަށް ވޯޓުދޭނެ ކަމުގެ ޔަގީންކަމުގެ އިތުރުން، މުސްތަގުބަލުގައި ރާއްޖެ ސަރަހައްދުގެ ތެރެއިން މޮރިޝަސްގެ ބޮޑުވަޒީރަށް ޗާގޯސް ޖަޒީރާއަށް ދަތުރުކުރެއްވޭނެ މަގު ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހު ދެއްވާފައިވާ ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅޭގޮތުން "އަދަދު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެޕްރީލް 28, ގައި ރައީސް ސޯލިހު ވިދާޅުވީ އެއީ ރަހުމަތްތެރި ގައުމަކާ އޮންނަ ގުޅުމުގެ ދަށުން ދެއްވި ޔަގީންކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހިނގާ ކަމަށް އެއްވެސް އިރެއްގައި ރާއްޖޭން ދައުވާ ނުކުރާ ކަމަށެވެ. އެހެންކަމުން، މިކަމުގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވި ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، އިޓްލޮސްގައި ކުރިއަށް ދިޔަ އަޑުއެހުންތަކުގައި ރާއްޖޭން ދައްކާނެ ހުރިހާ ވާހަކަތަކާއި ތަފްސީލުތަކެއް މަޖިލީހާ ބަންޑާރަ ނައިބުގެ އޮފީހުން ގަވައިދުން ހިއްސާކުރި ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އިޓްލޮސްގެ ނިންމުން

ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، ރާއްޖޭގެ ދެކުނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެ އެވެ. ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި، ބައިނަލްއަގުވާމީ ހަމަތަކުގައި ބުނަނީ އިން ވަކިކުރާނީ "އިކުއިޑިސްޓަންސް"އަށް ބަލައިގެންނެވެ. އިޓްލޮސްގައި ދެ ގައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި ހިލާފު އުފެދިގެން އުޅެނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭގޮތުންނެވެ.

މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ރާއްޖޭން ދެކޮޅު ހެދީ އެވެ. ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި އިޓްލޮސްއިން މިއަދު ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކި ކުރުމަށް ޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

އެއާއެކު، އިޓްލޮސް އިން ކުރި ހުކުމުގައި ވަނީ ދެ ގައުމުގެ މެދުގައި ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބިގެންވާ ކަމަށެވެ.

އަދި އުތުރު ޗާގޯސްގެ އައުޓާ ކޮންޓިނެންޓަލް ޝެލްޕް މޮރިޝަސްއަށް ހައްގުވާ ކަމަށް ސާބިތުކޮށްދީފައިނުވާތީ، މޮރިޝަސްއިން އެދިފައިވާ ގޮތަށް، ރާއްޖެއާއި މޮރިޝަސްއާ ދެމެދުގައިވާ އައުޓާ ކޮންޓިނެންޓަލް ޝެލްފް ޑީލިމިޓުނުކުރުމަށް ވެސް ޓްރައިބިއުނަލްގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox