މިއީ ތާރީހުގައި ވެސް ސިވިލް ސާވަންޓުންގެ މުސާރައަށް އަންނާނެ އެންމެ ބޮޑު ބަދަލު: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. އެމަނިކުފާނު ވަނީ ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރައްވާފައި --- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. އެމަނިކުފާނު ވަނީ ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރައްވާފައި --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ވުޒާރާތަކުގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންގެ ތެރެއިން 35 ޕަސެންޓު އެލަވެންސް ނުލިބޭ މުވައްޒަފުންނަށް އެ އެލަވަންސް ދޭން ފެށުމަކީ ރާއްޖޭގެ ތާރީހުގައި ވެސް ނިސްބަތުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް އަންނާނެ އެންމެ ބޮޑު ބަދަލު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހެވެ. އެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ދެއްވި ހިތާބުގައި ރައީސް ވަނީ މަސައްކަތްތެރިންގެ ހައްގުގައި ސަރުކާރުން މިއަދު ތަންފީޒު ކުރަމުން އަންނަ އެންމެ މުހިންމު ސިޔާސަތަކީ، ދައުލަތުގެ ތަފާތު ދާއިރާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނައުން ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވަނީ އިއްޔެ ސިއްހީ ދާއިރާ ހިމެނޭހެން 9,838 މުވައްޒަފުންގެ މުސާރަ ބޮޑުކޮށް އެކަން އިއުލާނު ކުރައްވާފަ އެވެ. ސިވިލް ސާވަންޓުންގެ ތެރެއިން 35 ޕަސެންޓު އެލަވަންސް މިހާތަނަށް ޔޫތު މިނިސްޓްރީ, އިސްލާމިކް މިނިސްޓްރީ, އާޓްސް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނަށް ލިބިފައި ނުވެ އެވެ.

"ސަރުކާރުގެ މުސާރަތަކަށް މި ގެންނަ ހެޔޮ ބަދަލުތަކަކީ، އެންމެ އެކަށީގެންވާ ބަދަލުތައް ކަމަށް ނުވިޔަސް، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސިވިލް ސަރވިސްގެ މުސާރަތަކަށް، ނިސްބަތުން މިހާ ބޮޑު ބަދަލެއް އަންނަ ފުރަތަމަ ފަހަރު," މިއަދު ދެއްވި ހިތާބުގައި ރައީސް ވިދާޅުވި އެވެ.

ރައީސް އިއްޔެ އިއުލާނު ކުރެއްވި މި ބަދަލާ އެކު އެ މިނިސްޓްރީތަކުގައި މަސައްކަތްކުރާ 1,367 މުވައްޒަފުންނަށް މި އެލަވަންސް ދިނުމަށް މަހަކު 2.658 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. އަދި, އަހަރެއްގެ މައްޗަށް އެކަމަށް 31.9 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.

ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށާއި، މުވައްޒަފުންގެ މެދުގައި ހުރި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ކުރަމުން އަންނަ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ވެސް އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވި އެވެ.

އަދި, އެމަނިކުފާނުގެ ދައުރުގައި މަސައްކަތްތެރިންގެ ހައްގުގައި ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރެއްވި އެވެ. އެގޮތުން, ވިހެއުމާ ގުޅިގެން ދޭ ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް އާއި އެއް މަސް ދުވަހަކު ޕެޓާނިޓީ ލިީވް ފާހަގަކުރެއްވި އެވެ.

"މުވައްޒަފުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖް އަޅުގަނޑުމެން ކަނޑައެޅީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ. އަދި ސާވިސް ޗާޖްގެ ފައިދާ، މުވައްޒަފުންނަށް ހަމަހަމައަށް ލިބިދެވޭނެ ގޮތަށް ޤާނޫނަށް ވާނީ އެ ބަދަލު ގެނެސްފައި," ރައީސް ވިދާޅުވި އެވެ.

މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ނަސްލީ ތަފާތެއް އަދި މިންތީ ތަފާތެއް ނެތި، ވަރަށް އިންސާފުވެރި ސިޔާސަތެއްގެ ދަށުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި, ހުރިހާ މަސައްކަތްތެރިންގެ އިންސާނީ ކަރާމާތާއި ހައްގުތައް ރައްކާތެރި ކުރުމަށް ޕްރައިވެޓު ސެކްޓަރަށް ވެސް އިލްތިމާސް ކުރެއްވި އެވެ.

"ވަޒީފާ އަދާކުރާ އެންމެހައި މަސައްކަތްތެރިންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް، އެ މީހުންގެ އިންސާނީ ހައްގުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައި، އެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް މި ފުރުސަތުގައި އަޅުގަނޑު ގޮވައިލަން," ރައީސް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox