ފުލުހުންގެ ތަހުގީގެއް ލަސްވުމަކީ, އެ ތަހުގީގެއް ބަލިކަށިވާ ކަމެއް ނޫން: ރައީސް

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ފުލުހުންގެ ތަހުގީގަށް ހެކި ގެންދަނީ -- ފައިލް ފޮޓޯ: އަދަދު

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ފުލުހުންގެ ތަހުގީގަށް ހެކި ގެންދަނީ -- ފައިލް ފޮޓޯ: އަދަދު

ބައެއް ފަހަރު ފުލުހުންގެ ތަހުގީގެއް ލަސްވުމަކީ އެ ތަހުގީގެއް ބަލިކަށިވާ ކަމަކަށް ނުވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފުލުހުން 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާާޅުވީ ފުލުހުންގެ ތެރޭގައި ވަރަށް ތައުލީމީ އަދި ވަރަށް ތަޖުރިބާކާރު ފުލުހުން މިހާރުވެސް އެބަތިބި ކަމަށާއި ފުލުހުންގެ ތަހުގީގުތައް ކުރިއަށް އެ ގެންދަނީ، ޒަމާނީ ޓެކްނޮލޮޖީ އާއި އެ ބޭފުޅުންގެ ތައުލީމާއި ތަޖުރިބާގެ އަލީގައި ކަމަށެވެ.

އެހެން ނަމަވެސް، ފުލުހުންގެ ތަހުގީގާ މެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދުމަކީ ހަމަ ވެދާނެ ކަމެއް ކަން ރައީސް ފަހަގަކުރެއްވި އެވެ.

"ތަހުގީގު ލަސްވެގެން ސުވާލު އުފައްދަފާނެ. ތަހުގީގުގެ ހޯދުންތައް އާންމު ނުކުރާތީ، ނުވަތަ ތަހުގީގު ކުރިއަށް ދާ ގޮތް ނޭނގިގެން ވެސް ސުވާލު އުފައްދަފާނެ. އަޅުގަނޑު ހިތުން ބައެއް ފަހަރު ތަހުގީގެއް ލަސްވުމަކީ، އެ ތަހުގީގެއް ބަލިކަށިވާ ކަމަކަށް ނުވެދާނެ," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ފުލުހުންގެ ތަހުގީގުތައް ކުރިއަށް ގެންދަނީ ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑުގައި ކަމަށެވެ.

ވަގުތު ނެގިޔަސް، އިންސާފު ގާއިމުކުރެވޭ މިންވަރަށް ތަހުގީގު ފުރިހަމަ ކުރުމަކީ، އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ފުލުހުން އެކަން ކުރާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބަ އޮތް ކަމަށެވެ.

ޖަލްސާގައި ރައީސް ވަނީ ޒަމާނީ ޓެކްނޮލޮޖީއާ އެކު އައި ބަދަލުތަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން، ބަވަނަވެފައިވާ އަދުގެ ދުނިޔޭގައި، ކުށަކީ އިމްޕޯޓްކޮށް އަދި އެކްސްޕޯޓްވެސް ކުރެވޭ އެއްޗެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުށަކީ އިމްޕޯޓްކޮށް އަދި އެކްސްޕޯޓްވެސް ކުރެވޭ އެއްޗެއް"

"އެއް ގައުމެއްގައި ހުރެގެން، މާ ދުރުގައި އޮންނަ އެހެން ގައުމެއްގައި ޖަރީމާއެއް ހިންގުމަކީ ވެސް، މިޒަމާނުގައި ކުރެވިދާނެ ކަމެއް. ބޯޑަރުތަކާއި ސަރަހައްދީ އިމަކީ، ކުށްވެރިންނާއި ކުށުގެ މާހައުލު ދަންނަ އެއްޗެއް ނޫން." ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ރާއްޖޭގެ ގަސްކަރަ ނުފެންނަ ހިސާބުން މާ ދުރަށް ދިވެހި ފުލުހުންގެ ލޯތައް މިއަދު ހުޅުވަންޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ވެސް ބައިނަލްއަގްވާމީ އާއިލާގެ މެންބަރެއް ކަމުން، ރާއްޖެއާއި ރާއްޖޭގައި އުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން، އަދި މުދަލާއި ގެދޮރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެހެން ގައުމުތަކުގެ ފުލުހުންގެ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް ވެސް ހުންނާނެ ކަމަށެވެ.

އެގޮތުން ދިވެހި ފުލުހުންނަކީ، ބައިނަލްއަގުުވާމީ މުޖްތަމައުގައި ހިނގާ އެފަދަ އޮއިވަރުތަކަށް ހޭލައި ތައްޔާރީ ހާލަތުގައި ތިބި ބައެއްކަން އެމަނިފާނު ފާހަގަކުރެއްވި އެވެ. އެ މޭރުމުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ ފުލުހުންގެ އިދާރާ އިންޓަޕޯލްގެ، ފިކްސްޑް ނެޓްވާކް ޑޭޓާބޭސް އާއި ރާއްޖޭގެ ބޯޑާ މެނޭޖްމަންޓް ސިސްޓަމް އަދި ފުލުހުންގެ އިންފޮމޭޝަން ސިސްޓަމް ގުޅާލާފައިވާ ކަމަށެވެ.

"މި ދެންނެވި ނިޒާމުގެ ތެރެއިން ރާއްޖެއާއި އިންޓަޕޯލް ގުޅައިލުމުން، ވަރަށް ގިނަ މަންފާތައް ރާއްޖެއަށް ވެސް، އަދި ބައިނަލްއަގުވާމީ މުޖްތަމައަށް ވެސް ލިބެމުން ދާނެ. ރާއްޖެއަށް އެތެރެވާ އަދި ބޭރުވާ ކޮންމެ ފަސިންޖަރެއްގެ މައުލޫމާތު، އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް މެދުވެރިކޮށް އިންޓާޕޯލްގެ ޑޭޓާބޭސްތަކުން ޗެކްކުރެވޭނެ." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ފުލުހުންގެ ފްރަންޓްލައިން އޮފިސަރުން ބަލައި ފާސްކުރާ އެއްވެސް މީހެއްގެ މަޢުލޫމާތު، އިންޓަޕޯލްގައި ހުރި ނަމަ އެ މައުލޫމާތެއް ދިވެހި ފުލުހުންނަށް ފެންނާނެ ކަމަށެވެ. އަދި މިއީ ބޯޑަރުތައް ހުރަސްކޮށް ހިންގާ ޖަރީމާތަކާއި ޓެރަރިޒަމާއި އެނޫން ބޮޑެތި ކުށްތަކާ ދެކޮޅަށްވެސް، ދުރާލައި ފިޔަވަޅު އެޅުމަށް މަގު ފަހިވެގެންދާނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox