ކޮތަޅު ފީ އިސްލާހު ފާސްނުކުރީ ރިޔާސަތުން ބޭނުންވެގެން: އަސްލަމް

ކޮތަޅު ފީ އިސްލާހު ފާސްނުކުރީ ރިޔާސަތުން ބޭނުންވެގެން: އަސްލަމް

ޕްލާސްޓިކް ކޮތަޅުން ތަކުރާރުކޮށް ފީ ނެގޭ ގޮތަށް، ކުނިމެނޭޖްކުރުމުގެ ގާނޫނުގައި އޮންނާތީ އެކަމަށް ހައްލެއް ގެންނަން ސަރުކާރުން އެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިޔައިރު ވެސް ފާސް ނުކޮށް ލަސްކުރީ ރިޔާސަތުން ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ޕްލާސްޓިކް ކޮތަޅު ޑިސްޓްރިބިއުޓްކުރުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް ކޮތަޅަކަށް ދެ ރުފިޔާގެ މަގުން ފީއެއް ނަގަން ޖެހެ އެވެ. އެގޮތަށް އޮތުމުން ބައެއް ސަރަހައްދުތަކުގައިި ކޮތަޅަކަށް ހަ ރުފިޔާ ޖެހެ އެވެ.

މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަނުގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެމްބަރުން އެދިވަޑައިގެންނެވީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން އެ އިސްލާހު ފާސްކުރުމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ މިއަދު އެ ބިލަށް ވޯޓަށް ނާއްސަވާނެ ކަމަށެވެ.

އެކަމާ ގުޅިގެން "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން އަސްލަމް ވަނީ މަޖިލީހަށް ބިލު ވެއްދިތާ އެއް މަސް ދުވަސްވީއިރު ވެސް ބިލުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ހިނގާފައި ނުވާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެއީ މަޖިލިސް ރިޔާސަތުން ކުރެއްވި ކަމެއް ކަމަށް ތުހުމަތު ކުރެއްވި އެވެ.

އެޖެންޑާ އިސްފަސް ކުރުމުގެ އިހުތިޔާރު މަޖިލިސް ރައީސަށް ލިބިވަޑައިގަންނަވާ. ނަމަވެސް، ކޮންމެ ދުވަހަކު ވެސް އެންމެ ފަހަތުގައި މިއޮންނަނީ. މިއަދު ވެސް ބައެއް ގަރާރުތަކާއި ބިލުތަކުގެ ބަހުސް މެދުކަނޑުއްވާލައްވާ އަދި ހުއްޓާލައްވާ... ރައީސްގެ އިހުތިޔާރުގައި އޮންނަވާ ކަންކަން ކުރައްވާނެ މި ބިލު ނިންމަވަން ބޭނުންވި ނަމަ.

މި ބިލަށް ބަހުސް ކުރުމުގައި އަމަލުކުރަމުންދާ އުސޫލާ ގުޅޭ ގޮތުން ވެސް އަސްލަމް ސުވާލު އުފެއްދެވި އެވެ. މީގެކުރިން މަޖިލީހަށް ހުށަހެޅި ބައެއް ބިލުތަކުގެ ބަހުސްގައި ވާހަކަ ދައްކާނެ މެމްބަރުން ނެތް ނަމަ ބަހުސްގެ ވަގުތު ހަމަވުމުގެ ކުރިން ވެސް ބިލުގެ މަސައްކަތްތައް އެއްކޮށް ނިންމާލާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ވާހަކަ ދައްކަވާނެ ބޭފުޅުން ނެތިއްޔާ ބިލުގެ މަސައްކަތް ނިންމާފައި ހުންނާނެ. އެހެން ނަމަވެސް މި މައްސަލާގައި ވާހަކަ ދައްކަވާނެ ބޭފުޅަކު ނެތީސް ބިލުގެ މަސައްކަތް ނުނިންމާ، ހޯމަ ދުވަހު ވެސް ލިބުނު އެ ފުރުސަތު، އަންގާރަ ދުވަހު ވެސް ލިބުނު އެ ފުރުސަތު. އެހެން ނަމަވެސް އެކަމެއް ނުކުރައްވާ," އަސްލަމް މިއަދު ވިދާޅުވި އެވެ.

އެހެންވީމާ އިތުރަށް އަވަސްކޮށްގެން މިކަން ނިންމަން ބޭނުން ނުވީމާ އޮންނަ ތަރުތީބުން ލަސްވަމުން އެ ދަނީ.

އެ ބިލުގެ ބަހުސް ކުރު ކުރައްވަން ބައެއް މެމްބަރުން މަސައްކަތް ކުރެއްވުމުން އެކަމާ ވެސް މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި ނަޝީދު ދެކޮޅު ހެއްދެވި އެވެ.

"އަޅުގަނޑަށް ވަރަށް ސާފު، އެމްޑީޕީ ބޭނުންވެެއެއް ނުލައްވާ މި [ބިލު] ވޯޓަށް މި ސެޝަންގައި ގެންދާކަށް، ބަހުސް ކުރުކުރާކަށް. އެހެންވީމާ އެއްވެސް އިއްޒަތްތެރި ބޭފުޅަކު ބަަހުސް ކުރުކުރެއްވުމަކީ އަޅުގަނޑު އެދޭކަމެއް ނޫން،" މިއަދުގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވި އެވެ.

"ފީ ނަގަނީ އާމްދަނީ އިތުރުކުރާކަށް ނޫން"

މިދިޔަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހު ފާސްކުރި ކުނި މެނޭޖުކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ޖެހޭނެ އެވެ.

މި އިސްލާހަށް އަމަލުކުރަން ފެށުމާ އެކު ކޮތަޅު ބޮނޑިއެއްގެ އަގު ވަނީ ބާޒާރުގައި ވަރަށް ބޮޑަށް އުފުލިފަ އެވެ. އަދި, އާންމުންގެ ޝަކުވާ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

"އަދަދު" ނޫހާ ވާހަކަ ދައްކަވަމުން އަސްލަމް ވަނީ މިކަމުގައި ސަރުކާރުން އާމްދަނީ އިތުރުކުރަން ނުވިސްނާ ކަމަށް ވިދާޅުވެފަ އެވެ. އަދި މައިގަނޑު ބޭނުމަކީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ހާލަތެއްގައި ދައުލަތަށް އާމްދަނީ ހޯދުމަށް ކުރާ ކަމެއް ނޫން. އެފަދަ ފީއެއް ވާން ޖެހެނީ ރީޒަނަބަލް ފީއަކަށް. ސަރުކާރުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުން އުފުލަން ޖެހޭ މާލީ ބުރަ ކުޑަކުރުން," އަސްލަމް ވިދާޅުވި އެވެ.

ކޮތަޅުން ތަކުރާރުކޮށް ފީ ނެގޭ މައްސަލަ ހައްލުކުރުމަށް ޓަކައި އެ ބިލުގެ މަސައްކަތް އަވަހަށް ނިންމައިދޭން ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ ވެސް އިއްޔެ އެދިވަޑައިގެންނެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު، މިއަދުގެ ޖަލްސާއާ އެކު ނިމޭނެ އެވެ. ނަޝީދު އިއްޔެ ވިދާޅުވި ގޮތުން މެމްބަރުންނަށް މިފަހަރު ލިބިވަޑައިގަންނަވާނީ ދެ ހަފްތާގެ ޗުއްޓީ އެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox