ރިޔާސީ އިންތިހާބުގެ ކުރިން އިންޑަސްޓްރިއަލް ރިލޭޝަން ބިލް ފާސްކުރަން ޓްރޭޑް ޔުނިއަނުން ގޮވާލައިފި

ތިލަމާލެ ބްރިޖްގެ މަސައްކަތުގައި މަސައްކަތްތެރިން؛ އިންޑަސްޓްރިއަލް ރިލޭޝަން ބިލާއެކު ޓްރޭޑް ޔުނިއަން އިން މަރުހަބާ ކިޔައިފި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ތިލަމާލެ ބްރިޖްގެ މަސައްކަތުގައި މަސައްކަތްތެރިން؛ އިންޑަސްޓްރިއަލް ރިލޭޝަން ބިލާއެކު ޓްރޭޑް ޔުނިއަން އިން މަރުހަބާ ކިޔައިފި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން އިންޑަސްޓްރިއަލް ރިލޭޝަން ބިލް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްދިނުމަށް މޯލްޑިވްސް ޓްރޭޑް ޔުނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން ގޮވާލައިފި އެވެ.

ރާއްޖޭގެ މަސައްކަތްތެރިންގެ ޔުނިއަންތައް ބައިވެރިވާ ޔުނިއަން ކޮންގްރެސް އިން ނެރުނު ބަޔާނެއްގައި ބުނީ، ޔުނިއަން ހެދުމުގެ އިޖުރާއަތްތައް ހިމެނޭ ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި ނެތުމުން، ޝަރުއީ ނިޒާމު ވެސް އެ ހައްގާ ބީރައްޓެހިކަމުގެ އިހުސާސް ޔުނިއަންތަކަށް ކުރެވިފައިވާ ކަމަށެވެ.

އެފަދަ އިޖުރާއަތްތަކާއި އޭގެ ހައްގު ކަށަވަރު ކުރެވޭނެ ގޮތަށް ސިނާއީ ގުޅުންތައް ނުވަތަ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާތީ، އެ ކަމަށް ސަރުކާރަށް ވަރަށް ބޮޑަށް ޔޫނިއަންގެ ފަރާތުން މަރުހަބާ ދަންނަވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އަދި ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ބޮޑެތި ބަދަލުތަކެއް ނުގެނެސް، މަސައްކަތްތެރިންގެ މަޝްވަރާއާއެކު، ވީހާ ވެސް އަވަހަށް، ރިޔާސީ އިންތިހާބުގެ ކުރިން މި ބިލް ފާސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް މި ފުރުސަތުގައި ގޮވާލަމެވެ." އެމްޓީޔޫސީގެ ބަޔާނުގައިވެ އެވެ.

ސަރުކާރުން ހުށަހެޅި ބިލް؛

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލަކީ ވަޒީފާ އަދާކުރާ މީހުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ މުހިންމު ހައްގުތައް ކަށަވަރުކޮށްދޭނެ ގާނޫނީ އޮނިގަނޑު އެކުލަވާލަން ފަހިކޮށްދޭ ބިލެކެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ މަގުސަދަތުތަކަކީ؛

  • ގާނޫނު އަސާސީން ކަށަވަރުކޮށްދިފައިވާ ހަޅުތާލުކުރުމުގެ ހައްގާއި، ހިޔާލުފާޅުކުރުމުގެ ހައްގާއި ޖަމާއަތްތައް (ޓްރޭޑް ޔޫނިއަންތައް) ހެދުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުން
  • މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ މެދުގައި ކަލެކްޓިވް ބާގެއިނިން އެއްބަސްވުންތަކަށް ވާސިލުވުމުގެ މެކޭނިޒަމް ގާއިމްކުރުން
  • ވަޒިފާގެ މާހައުލުގައި އުފެދޭ މައްސަލަތައް ހައްލުކުރުމުގައި ތަރައްގީވެފައިވާ މުޖުތަމައުތަކުގައި އަމަލުކުރަމުންދާ ގާނޫނީ އުސޫލުތަކާއި އެއްހަމައެއްގައި އިޖުރާއަތުތައް ކަނޑައެޅުން

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި ބިލަކީ ވަޒިފާގެ މާހައުލަށް އިންގިލާބީ ބަދަލެއް ގެނެސް މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅޭ އެންމެ މުހިންމު ބިންގަލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox