ވިލިމާލެއަށް ބަގީ ގެންނަން 2.7 މިލިއަން، ހިދުމަތް ހަވާލުކުރި ކުންފުނި އުފެއްދީ ފެބްރުއަރީ މަހު

މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: ވިލިމާލެއަށް ބަގީ ގެންނަން ސިޓީ ކައުންސިލުން ވަނީ 2.7 މިލިއަން ވަނީ ހަރަދުކޮށްފަ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: ވިލިމާލެއަށް ބަގީ ގެންނަން ސިޓީ ކައުންސިލުން ވަނީ 2.7 މިލިއަން ވަނީ ހަރަދުކޮށްފަ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ހަވާލުކުރި ކުންފުނި އުފައްދާފައިވަނީ ހިދުމަތް ދޭން ފެށުމުގެ މަހެއްހާ ދުވަސް ކުރިންކަން ހާމަވެއްޖެ އެވެ.

މައުލޫމާތު ހޯޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން "އަދަދު" އިން ހޯދި މައުލޫމާތުތަކަށް ބަލާއިރު، ސިޓީ ކައުންސިލުން 15 ޑުރައިވަރުންނާއި 10 ކޮންޑަކްޓަރުން ހަމަޖައްސައިގެން ބަގީގެ ހިދުމަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ 'ޕިންކް ސްކައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް' ކިޔާ ކުންފުންޏަކާ އެވެ.

މި ނޫހުން އިތުރަށް ހޯދި މައުލޫމާތަށް ބަލާއިރު މި ކުންފުނި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 20 ގަ އެވެ. އެއީ ކައުންސިލުން ބަގީގެ ހިދުމަތް ދިނުމުގައި "އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް" ހޯދުމަށް ފުރަތަމަ އިއުލާން ކުރުމުގެ ތިން ދުވަސް ކުރިންނެވެ. ބަގީގެ ހިދުމަތް ދިނުމަށް ކައުންސިލުން މަހަކު 390،000ރ. ހަރަދުކުރެ އެވެ.

Advertisement

ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް 10 ބަގީ ގެނެސްފައިވާއިރު އެކަމަށް ޖުމްލަ 2.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މި ބަގީތައް ގެނައުމަށް ހަވާލުކުރި ކުންފުންޏަކީ ކޮން ގައުމެއްގެ ކުންފުންޏެއްކަން ނޭނގޭ ކަމަށްވެސް ސިޓީ ކައުންސިލުން ދިން މައުލޫމާތުގައި ބުނެފައިވެ އެވެ.

ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ފެށީ، ކުރިން އެ އަވަށުގައި ބަގީގެ ހިދުމަތް ދޭން ހަވާލުކުރި އަމިއްލަ ކުންފުނިން އެ ހިދުމަތް ހުއްޓާލުމުންނެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ކުރިއަށްނުދާތީ، އެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައި އޮތް ކުންފުނިން އެ މަސައްކަތް ހުއްޓާލައި، ދީފައިވާ ބިންތައް ހަތް ދުވަސް ތެރޭގައި ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން އެ ކުންފުންޏަށް އެންގުމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ އެނގުމަށް އަމަލު ނުކުރަން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައި އޮތީ އިމްޕްރިންޓް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެހެން ނަމަވެސް، އެ ކުންފުނިން ވަނީ ފަހުން އެ މަސައްކަތް 99 ހޯލްޑިންސް ކުންފުންޏަށް ބަދަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox