ހުލާސާކޮށް އިއްޔެ: މުއިއްޒު ފަހަތަށް ފިޔަވަޅެއް އެޅުއްވުން

Apr 25, 2023, 2:58 AM
 މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ އެގާރަ އަހަރުގެ ޖަލު ހުކުމުން މިނިވަން ނުވެއްޖެ ހާލަތެއްގައި ރިޔާސީ ޓިކެޓު ހޯއްދެވުމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާ ކަމަށް ކުރެވޭ ތުހުމަތު އޭނާ އިއްޔެ ދޮގުކުރެއްވި އެވެ.

އިންތިހާބުގައި ޔާމީނަށް ވާދަ ކުރެއްވޭނެ މަގެއް ނުފެނިއްޖެ ނަމަ، މުއިއްޒުގެ އިތުރުން ބައެއް އެހެން ބޭފުޅުން ވެސް ގެންދަވަނީ ޓިކެޓަށް ތައްޔާރު ވަމުންނެވެ. ނަމަވެސް އެކަމަށް އެ ބޭފުޅުން ވެސް އަދި ޕާޓީން ވެސް އެއްބަސްވާން ބޭނުމެއް ނުވެ އެވެ.

އެކަންކަން ސިއްރުކޮށްފައި ވަނިކޮށް، ޔާމީންގެ ކެންޑިޑެސީއަށް ހުރަސް އެޅުމަށް މުއިއްޒުގެ އެންމެ އަރިސް އެކަކު، އަދި ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒު މަސައްކަތް ކުރައްވާ ކަމަށް ސީދާ ޔާމީން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

Advertisement

ޔާމީންގެ އެންގެވުމަށް ސުލޫކީ ކޮމިޓީން ރަމީޒުގެ މައްސަލަ ބަލަމުން ދިޔައިރު، އަދި އެކަމާ ގުޅިގެން ރަމީޒު ޕާޓީން އިސްތިއުފާ ދިނުމުން ވެސް މުއިއްޒު ބަހެއް ވިދާޅެއް ނުވެ އެވެ.

ރިޔާސީ ޓިކެޓު ހޯއްދެވުމަށް މުއިއްޒުގެ އިތުރުން ޕީޕީއެމްގެ އެހެން ބައެއް ބޭފުޅުން ވެސް މަސައްކަތް ކުރައްވާ ކަމަށް އެ ޕާޓީގެ އެތައް މަސްދަރަކުން އަދި މުއިއްޒުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވެފައި ވާއިރު މުއިއްޒުގެ "ކެމްޕޭނުގައި" އެންމެ އިސްކޮށް ހުންނެވި އެކަކީ ރަމީޒުކަން ވަނީ އެނގިފަ އެވެ.

އެ ތުހުމަތުތައް ދޮގުކުރައްވައި މުއިއްޒު އެ ވަނީ ފަހަތަށް ފިޔަވަޅެއް އަޅުއްވައިފަ އެވެ.

މުހިންމު ބައެއް ހަބަރު

އެޑިޓަރުގެ ހޮވުން

ދުނިޔޭގެ ގިނަ ގައުމުތަކަށް ދެވިއްޖެ އެވެ. އެތައް ފަރުބަދައަކާ ވާދީއަކާ އަތިރިމައްޗެއް ފެނިއްޖެ އެވެ. އެކި މުޖުތަމައުގެ އެކި ސަގާފަތް ތަޖުރިބާ ކުރެވިއްޖެ އެވެ. ނަމަވެސް، ހަމަހިމޭން މަޑުމައިތިރި މާހައުލެއްގައި ދިރިއުޅޭ ހިތްޖެހިފައި ހުރި އާނާ މެރްގެރިޑާ ރިޑޯންޑޯގެ ހިތް މުޅީން ދެވުނީ މި ރާއްޖޭގެ ކުޑަކުޑަ ރަށަކަށެވެ.

ދުވަހުގެ ކޯޓޭޝަން

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރެއްގެ ގޮތުން ހުވާ ކުރެއްވުމަށް ފަހު އިބްރާހިމް ޝާޒު ވިދާޅުވީ،

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަޖިލީހުގައި މި އޮތް ކުރު މުއްދަތުގައި އަޅުގަނޑު ހަމަ އެކަނި [ކުރާނެ ކަމަކީ] ގުޅި ގުރައިދޫ ދާއިރާގެ ރައްޔިތުންނަށް ލާބަޔާއި މަންފާޔަށް [މަސައްކަތް ކުރުން] އެބޭފުޅުންގެ އެހެރަ އުއްމީދުތައް ހާސިލުކުރުމަށް މިއީ ކުރު މުއްދަތެއް،"

ދުވަހުގެ ފޮޓޯ

ޕްރެޒިޑެންޓްސް ކަޕްގައި ރޭ ކުޅުނު ވެލެންސިއާ އަދި އީގަލްސް މެޗުގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ޕްރެޒިޑެންޓްސް ކަޕްގައި ރޭ ކުޅުނު ވެލެންސިއާ އަދި އީގަލްސް މެޗުގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕްރެޒިޑެންޓްސް ކަޕްގައި ރޭ ކުޅުނު ވެލެންސިއާ އަދި އީގަލްސް މެޗުގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox