ފަރުކޮޅުފުށީގައި ހުރި ބާ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ފަރުކޮޅުފުށީގައި ނާސަރީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެއްހައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔާ އެންޑް ރެސްކިއު ސާވިސް ހުޅުމާލެ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު 5:07 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ، ނާސަރީއެއްގެ ގޮތުގައި ބޭނުންކުރި އެ އިމާރާތުގައި ރޯވި އަލިފާން، ހާއިރު 5:57 ހާއިރު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.












