މާރޭޒްގެ ހެޓްރިކުން މޮޅުވެ ސިޓީ އެފްއޭ ކަޕް ފައިނަލް އަށް

Apr 23, 2023, 12:14 AM
ސިޓީގެ މާރޭޒް (ވ) ގޯލު ޖެހުމަށް ފަހު އެ ޓީމުގެ ހާލަންޑާ އެކު އުފާފާޅުކުރަނީ.

ސިޓީގެ މާރޭޒް (ވ) ގޯލު ޖެހުމަށް ފަހު އެ ޓީމުގެ ހާލަންޑާ އެކު އުފާފާޅުކުރަނީ.

ލަންޑަން (އޭޕްރީލް 23) - އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ރިޔާދު މާރޭޒްގެ ހެޓްރިކުން 3-0 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ސިޓީން މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިއީ ވޭތުވެދިޔަ 65 އަހަރު ތެރޭ އެފްއޭ ކަޕްގެ ސެމީ ފައިނަލެއްގައި ފެނުނު ފުރަތަމަ ހެޓްރިކެވެ. އެންމެ ފަހުން އެފްއޭ ކަޕް ސެމީއެއްގައި ހެޓްރިކް ހެދީ 1958 ވަނަ އަހަރުގެ މުބާރާތުގައި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އަލެކްސް ޑޯސަން އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލުގައި ސިޓީން ލީޑުނެގީ 42 ވަނަ މިނިޓްގައި އޭރިއާތެރެއިން ސިޓީގެ ބެނާޑޯ ސިލްވާ އަށް ޝެފީލްޑްގެ ކުޅުންތެރިން ކުރި ފައުލަކަށް ދިން ޕެނަލްޓީން ޖެހި ގޯލުންނެވެ. މާރޭޒް ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފުގައި މާރޭޒް ވަނީ ފަސް މިނިޓް ތެރޭ ދެ ގޯލު ޖަހައި، ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އެ ގޮތުން 61 ވަނަ މިނިޓްގައި މާރޭޒް، އޭނާގެ ދެ ވަނަ ލަނޑު ޖެހީ ހާފުގެ މެދެއްހާ ހިސާބުން ބޯޅަ ހިފައިގެން ގޮސް، އޭރިއާ ތެރެއަށް ވަދެ، ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.

އޭގެ ފަސް މިނިޓް ފަހުން، މާރޭޒް ހެޓްރިކް ފުރިހަމަކުރީ ޖެކް ގްރީލިޝް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި ފަހަރުގެ ޕްރިމިއާ ލީގުގެ ރޭހުގައި ވެސް ވާދަކުރަމުން އަންނަ ސިޓީ ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ވެސް ދަތުރުކޮށްފަ އެވެ. ސިޓީ އަށް ސީޒަނުގެ ތިން މުބާރާތް ކާމިޔާބު ކުރެވޭނެ ކަމަށް މީޑިއާ އިން ދައްކަމުން އަންނަ ސުވާލުތަކަށް މީގެ ކުރިން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ޖަވާބުދީފައިނުވި ނަމަވެސް ރޭގެ މެޗަށް ފަހު ގާޑިއޯލާ ވަނީ ތިން ތަށްޓަށް ވާދަކުރެވިދާނެ ކަމަށް ބުނެފަ އެވެ.

އެފްއޭ ކަޕް ފައިނަލުގައި ސިޓީއާ ކުޅޭ ޓީމެއް އެނގޭނީ މިރޭ ބްރައިޓަން އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅޭ ސެމީ ފައިނަލް މެޗުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox