ރައީސްގެ އީދު މެސެޖު: އަޒުމަކަށް ހަދަންވީ އެއްބައިވަންތަކާއި ހަމަޖެހުން ދެމެހެއްޓުން

Apr 21, 2023, 12:34 AM
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. -- ފޮޓޯ: ރައީސް އޮފީސް

ފިތުރު އީދު ފާހަގަ ކުރާއިރު އެންމެ ބޮޑު އިސްކަމެއް ދޭންވީ ދިވެހިންނަށް ލިބިފައިވާ އެންމެ މަތިވެރި އެއް ނިއުމަތް ކަމުގައިވާ މުޖުތަމައުގެ އެއްބައިވަންތަކަމާއި ސުލުހަ މަސަލަސްކަން އެގޮތުގައި ދެމެހެއްޓުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފިތުރު އީދުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިތޯބުގައި ވިދާޅުވީ ރޯދައިގެ އަޅުކަމުން ލިބިދިން ފިލާވަޅުތަކާއި އިހުސާސްތަކާއި ތަޖުރިބާތަކުގެ ބޭނުން ހިފައި، އީދު ފާހަގަ ކުރާއިރު އެންމެ ބޮޑަށް އިސްކުރަންވީ މައިންބަފައިންނާއި ދަރިންނާއި ގާތްތިމާގެ މީހުންނާއި އެކުވެރިންނާއި ރަހުމަތްތެރިން ކަމަށެވެ.

"އީދުގެ ހަގީގީ އުފަލެއްކަމުގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ހަދަންވީ، އެ މީހެއްގެ މައިންބަފައިންނާއި އަނބިދަރިންނާއި ގާތްތިމާގެ މީހުންނާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، އެކަކު އަނެކަކާ ސަލާންގަލާންކޮށް، ހިތުގެ ހާލިސް ކަމާއި ހިތްހެޔޮކަން ފާޅުކުރުމެވެ. އެކުވެރިންނާއި ރަހުމަތްތެރިންނާ ބައްދަލުކޮށް، އީދުގެ ތަހުނިޔާ ބަދަލުކުރުމެވެ،" ރައީސް ވިދާޅުވި އެވެ.

ރޯދައިގެ އަޅުކަމުން ހިތްތަކަށް ލިބުނު ތޯހިރު ކަމާއި ތާޒާކަން ދެމެހެއްޓުމަށްޓަކައި، އަޒުމަކަށް ހަދަންވީ ހަސަދައާއި ނަފުރަތަށް ހިތްތަކުން ޖާގަ ނުދިނުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ވަކިން ހާއްސަ ސަމާލުކަމެއް ދޭންވީ، އެއްވެސް ސަބަބަކާ ހުރެ، މީހަކާ މެދު ހިތުގައި ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އަދި ހިތްހަމަނުޖެހުމެއް އޮތް ނަމަ، އެމީހަކަށް ހިތް ހެޔޮކޮށް މަޢާފްކުރުމާއެކު، އަލުން ގުޅުން އުފެއްދުމަށް އިސް ނެގުމަށެވެ." އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮންމެ ހާލަތެއްގައި ވެސް ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ނޫނެކޭ ބުނެ، ހިތްތައް ހުޅުވައިލަންވީ، އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސް ވިދާޅުވި އެވެ. އަދި ހިތްތަކަށް އާރޯކަމާއި ތާޒާކަން ދޭންވީ، އަނެކުންނާ މެދު ބަހައްޓާ ގާތްކަމާއި ލޯތްބާއި އޯގާތެރިކަމާއި ކުލުނުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އީދުގެ އުފާ ފާހަގަކުރާއިރު މުޖުތަމައުގައި ތިބި ފަގީރުންނާއި ނިކަމެތިންގެ މަތިން ހަނދާން އާކުރަންޖެހޭ ކަމަށާއި މި އުފަލުގައި އެއްވެސް މީހަކު ބާކީ ނުކޮށް، ތަފާތުކުރުމެއް ނުބާއްވުމަށް ރައީސް ގޮވާލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox