ޔާމީނާއި މުއިއްޒުއާ ދެމެދު މައްސަލައެއް އޮތްކަމެއް މިހާތަނަށް އެނގިފައެއް ނެތް: ޝިޔާމް

ޔާމީނަށް އޭރު އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމާއެކު އެމަނިކުފާނު ގެއަށް ވަޑައިގެންނެވުމުން މުއިއްޒު މަރުހަބާ ވިދާޅުވަނީ. -ފައިލް ފޮޓޯ: އަދަދު

ޔާމީނަށް އޭރު އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމާއެކު އެމަނިކުފާނު ގެއަށް ވަޑައިގެންނެވުމުން މުއިއްޒު މަރުހަބާ ވިދާޅުވަނީ. -ފައިލް ފޮޓޯ: އަދަދު

އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެމެދު އެއްވެސް މައްސަލައެއް އޮތްކަން ޕާޓީއަށް އެނގިފައި ނުވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅުން މިއަދު އިލެކްޝަންސް ކޮމިޝަނާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝިޔާމް މިފަދައިން ވިދާޅުވެފައި މިވަނީ ޔާމީން ޖަލުގައި ހުންނެވުމުން، ޕީޕީއެމްގެ ރިޔާސި ޓިކެޓު ހޯއްދެވުމަށް މުއިއްޒު މަސައްކަތް ކުރައްވާ ކަމުގެ އަޑުގަދަވަމުންދާ ދަނޑިވަޅެއްގަ އެވެ.

"[ޔާމީނާއި މުއިއްޒާ ދޭތެރޭ މައްސަލައެއް] ހުރި ކަމަކަށް އަޅުގަނޑުމެންނަށް ނޭނގޭ، އަޅުގަނޑު މި ދަންނަވާހެން އަޅުގަނޑުމެންނާ ރައީސް ޔާމީނާ ބައްދަލެއް ނުވޭ، ދޭން ބޭނުންވާ މެސެޖެއް ދެއްވަނީ ލޯޔަރުން މެދުވެރިކޮށް، އެކަމަކު ތިޔަ ވިދާޅުވި ފަދަ ނުތަނަވަސްކަމެއް ޕާޓީގެ ނައިބު ރައީސަކާ ދޭތެރޭ އޮތް ކަމެއް ޕާޓީއަށް އެނގިފައެއް ނެތް،" ޝިޔާމް ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީގެ ތެރޭގައި މައްސަލަ ހޫނުވެފައިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށް މުއިއްޒުގެ އަރިސް ބޭފުޅެއް ކަމަށްވާ މާލޭ ސިޓީގެ ކައުންސިލް މެމްބަރު އާދަމް ރަމީޒުގެ މައްޗަށް ޕީޕީއެމުން ވަނީ، ޔާމީނުގެ އޯޑަރަށް ސުލޫކީ މައްސަލައެއް ބަލާފަ އެވެ. ސަބަބެއް ކަމުގައި މިއަދު ޝިޔާމް ވިދާޅުވީ ޔާމީންގެ ކެންޑިޑެސީއަށް ހުރަސް އެޅުމެވެ.

ރަމީޒްގެ މައްޗަށް މުއިއްޒަށް ޕީޕީއެމްގެ ޓިކެޓު ހޯދަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު އަމާޒުވި ނަމަވެސް އެ ތުހުމަތުގެ ތަފުސީލެއް ޕާޓީން ނުދެ އެވެ. އަދި، ސުލޫކީ ކޮމިޓީއިން މައްސަލަ ބަލަން ފަށައި ބަޔާން ނެގި ފަހުން ރަމީޒް ވަނީ ޕީޕީއެމް އިން ވަކިވެފަ އެވެ.

ޕާޓީގެ ތެރޭގައި މައްސަލަ ޖެހިފައިވާ ކަމަށް ފެތުރޭ އަޑުތަކާ ގުޅިގެން ޝިޔާމް އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ޓިކެޓު ޔާމީނަށް އެރުވީ ޕާޓީގެ ލީޑަޝިޕުން އެކަނި ނޫން ކަމަށާއި އެއީ އެ ޕާޓީގެ ސެނެޓާއި، ދާއިރާތަކުގެ ރައީސުންނާއި މުޅި ރާއްޖެއިން ބޭނުންވެގެން ނިންމި ނިންމުމެއް ކަމަށެވެ.

"2023 ގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ ރައީސް ޔާމީން، އަޅުގަނޑުމެންނަކަށް ނުފެނޭ އެކަމާ ދޭތެރޭ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބޭފުޅަކު ސުވާލު އުފައްދަވާ ތަނެއް،" ޝިޔާމް ވިދާޅުވި އެވެ.

މީގެއިތުރުން، ޕީޕީއެމްގެ އެތެރޭގައި މައްސަލަ އުޅޭ ކަމަށް އަޑު ފަތުރަނީ އެ ޕާޓީއިން ޔާމީނާއެކު ނުކުމެ މި އަހަރުގެ އިންތިހާބު ކާމިޔާބު ކުރާނެކަން ސަރުކާރަށް އެނގޭތީ އެކަމަށް ހުރަސްއެޅުމަށް ކަމަށާއި އަދި، ސިޔާސީ ޕާޓީތަކުގައި ސިޔާސީ ކަންކަން ހިނގާނެ ކަމަށާއި ނަމަވެސް ޕީޕީއެމުން ތިބޭނީ ޔާމީނާއެކު ސާބިތުވެ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox