ރަމީޒަށް ތުހުމަތު ކުރެވުނީ ކެންޑިޑަސީއަށް ހުރަސް އެޅުން، މައްސަލަ ބެލީ ޔާމީންގެ އޯޑަރަށް

ރަމީޒަށް ތުހުމަތު ކުރެވުނީ ކެންޑިޑަސީއަށް ހުރަސް އެޅުން، މައްސަލަ ބެލީ ޔާމީންގެ އޯޑަރަށް

މާލޭ ސިޓީގެ ކައުންސިލް މެމްބަރު އާދަމް ރަމީޒުގެ މައްސަލައެއް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބެލީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީއަށް ހުރަސް އެޅި ކަމަށް ތުހުމަތު ކުރެވުމުން ކަމަށާއި އެކަން ބެލީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކަމަށް މިއަދު ބުނެފި އެވެ.

މައްސަލަ ބަލަން ފެށުމުން ރަމީޒު ވަނީ ޕީޕީއެމުން ވަކިވެފަ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވުނީ މާލޭގެ މޭޔަރު މުހައްމަދު މުއިއްޒަށް ޕީޕީއެމްގެ ޓިކެޓު ހޯދަން މަސައްކަތް ކުރުން ކަމަށް އަޑުފެތުރިފައިވެ އެވެ. ނަމަވެސް އެ ތުހުމަތުގެ ތަފުސީލެއް ޕާޓީން ނުދެ އެވެ.

ޕީޕީއެމްގެ ވަފުދެއް މިއަދު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވި އިރު "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ޝިޔާމް ވިދާޅުވީ ރަމީޒުގެ މައްސަލަ ބެލީ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށާއި އެދިވަޑައިގަތީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބެލުމަށް ކަމަށެވެ.

"ރިޔާސީ ކެންޑިޑޭޓުގެ ކެންޑިޑެސީއަށް ހުރަސް އެޅޭ ނުވަތަ އުނިކަން އަންނަ ފަދަ ކަމެއް ރިޔާސީ ކެންޑިޑޭޓަށް އެނގިވަޑައިގެން ހިނގާ ކަމަށްވާ ނަމަ އެކަމާ ދޭތެރޭ އެމަނިކުފާނަށް އޮންނާނެ ފުރިހަމަ އިހުތިޔާރު އެކަމަށް ގޮތެއް ނިންމުމަށް،" އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ފަރާތްޕުޅުން ޕާޓީއަށް ލިބިފައި އެބަ އޮތް އެކަހަލަ އިރުޝާދެއް، އެމަނިކުފާނުގެ ރިޔާސީ ކެންޑިޑެސީއަށް ހުރަސް އެޅޭ ފަދަ ކަންތައްތަކެއް މި ދެންނެވި ކުރައްވާ ވާހަކަ އެހެންވީމަ އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަންތައް ބަލައި އަޅުގަނޑުމެން ގޮތެއް ނިންމަން."

އޭގެ އިތުރުން ޝިޔާމް ތަކުރާރުކޮށް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓަކީ ގިނަ ބާރުތަކެއް ލިބިގެން ހުންނަވާ ފަރާތެއް ކަމަށާއި ކެންޑިޑޭޓާ ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓުވުމުގެ ބާރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ލިބިގެންވާ ކަމަށެވެ.

ސުލޫކީ ކޮމިޓީއިން މައްސަލަ ބަލަމުން ދަނިކޮށް ރަމީޒު ޕީޕީއެމް ދޫކުރެއްވީ އެ ކޮމިޓީއަށް އޭނާ ހާޒިރުކޮށް ބަޔާންވެސް ނަގާފައިވަނިކޮށެވެ. ނަމަވެސް ރަމީޒު އަދި ޕާޓީއިން ވެސް އެ ތަހުގީގުގެ އެއްވެސް ތަފުސީލެއް މިހާތަނަށް ދީފައެއް ނުވެ އެވެ.

ރަމީޒު ޕީޕީއެމްއާ ގުޅިވަޑައިގަތުމުގެ ކުރިން އުޅުއްވީ އެމްއެންޑީއެފްގަ އެވެ. ގާތްގަނޑަކަށް 20 އަހަރު ފަހުން އެމްއެންޑީއެފުން ވަކިވެވަޑައިގެންނެވިއިރު، އޭނާ އުޅުއްވީ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ)ގަ އެވެ.

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި، މިހާރު ޖަލުގައި އޮންނެވި ޔާމީނަށް ވާދަ ނުކުރެވިއްޖެ ހާލަތެއްގައި ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމުގެ އުއްމީދުގައި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން މަސައްކަތް ކުރައްވާކަން އެ ޕާޓީގެ މަސްދަރުތަކުން ކަށަވަރުކޮށްދެ އެވެ. އޭގެ ތެރޭގައި މުއިއްޒު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox