ފުނައްޑޫ އޮޕަރޭޝަނަށް ގެންނަން މިފްކޯއަށް ކުއްޔަށް ދީފި

ފުނައްޑޫ އޮޕަރޭޝަނަށް ގެންނަން މިފްކޯއަށް ކުއްޔަށް ދީފި

ތ. ފުނައްޑޫ މަސް ފެކްޓްރީ އޮޕަރޭޝަނަށް ގެނައުމަށް އެރަށް މިފްކޯއަށް ކުއްޔަށްދީ، މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ފުނައްޑޫ މަސް ފެކްޓްރީ ތަރައްގީކޮށްގެން ކުރިން ހިންގީ ކުރީގެ ހޯމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ތަސްމީން އަލީ ހިއްސާވާ ކުންފުންޏަކުންނެވެ. އެތަން ވިއްކާލުމަށް ބޭންކް އޮފް މޯލްޑިވްސް އިން މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއްވީ ފަހުން ސަރުކާރުން ވަނީ މިދިޔަ އަހަރުގެ މާޗް މަހު އެ ފެކްޓްރީ ގަނެފަ އެވެ.

އެފަހުން ސަރުކާރުން ދަނީ އެ ފެކްޓްރީ އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

ފުނައްޑޫ މަސް ފެކްޓްރީ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ހެދި އެސެސްމަންޓުން ވަނީ އެރަށުގެ ބަނދަރުގެ ބޮޑެތި މަރާމާތުތަކެއް ކުރަންޖެހޭކަން ހާމަވެފަ އެވެ. އެކަމަށް 157 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރާއިރު، އެއީ އޭރު ބަޖެޓުގައި ހިމަނާފައި ނުވާ ފައިސާކަމުން އެ ފައިސާ ހޯދުމަށް އޮތީ ދަތިވެފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ ފުނައްޑޫގެ މަރާމާތަށް ބޭނުންވާ ފައިސާ ލޯނުގެ ގޮތުގައި ހޯދައިގެން އެ މަސައްކަތް ކުރުމަށް މިފްކޯއަށް އަންގާފަ އެވެ. އަދި އެ މަސައްކަތް ނިމި، އެ ފެކްޓްރީ އޮޕަރޭޝަނަށް ގެނެވޭނީ އަންނަ މޭ މަހު ކަމަށް ވެސް މީގެ ކުރިން ފިޝަރީޒް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ތ. ތިމަރަފުށްޓާ ދާދި ކައިރީގައި އޮންނަ ފުނައްޑޫގައި މަސް ބަންދުކުރާ ކާރުހާނާއެއް އަޅަން، ތަސްމީން ހިއްސާވާ ކުންފުންޏަކަށް އެ ރަށް ދޫކުރީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ.

އެ ރަށުގައި މަސްފެކްޓްރީއެއް ހަދައިގެން ހިންގާތާ އަަހަރުތަކެއް ފަހުން ބޭންކް އޮފް މޯލްޑިވްސްއަށް އެ ރަށް ނަގައި ވިއްކައިލަން އިއުލާނު ކުރީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ލޯނެއް ނުދެއްކުމުންނެވެ. އެރަށާއި އެހެން ބައެއް ތަންތަން ރަހުނުކޮށްގެން ނަގާފައިވާ ލޯނާއި އެލޯނަށް އިތުރުވި އިންޓަރެސްޓާއި އެކު ބޭންކަށް ދައްކަން އޭރު 200 މިލިޔަން ރުފިޔާއަށް ވުރެ ގިނަ ފައިސާ އޮތެވެ.

ފުނައްޑޫ ވިއްކައިލަން ބީއެމްއެލް އިން ފުރަތަމަ އިއުލާނު ކުރީ 2013 ވަނަ އަހަރު އެވެ. އެފަހަރު ގަންނާނެ ބަޔަކު ނުވެގެން 2014 ވަނަ އަހަރު ދެވަނަ ފަހަރަށް ވެސް އިއުލާނު ކުރި އެވެ. އެންމެފަހުން އެ ރަށް ގަނެފައިވަނީ ސަރުކާރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox