ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ދިޔަވަރު ވަކިން ބަލާލެވޭ ވެބްސައިޓެއް މިއަދު ތައާރަފްކޮށްފި އެވެ.
މޯލްޑިވްސް ޓައިޑްސް ވެބްސައިޓުން ފަސޭހަކަމާއެކު ކޮންމެ ރަށެއްގެ ދިޔަވަރު ބަލައިލެވުމުގެ އިތުރުން ދިޔަވަރާ ގުޅޭ އެހެނިހެން މައުލޫމާތުތައް ވެސް ހުރެ އެވެ.
ވެބްސައިޓުން އެނގޭނެ ބައެއް މައުލޫމާތުތަކުގެ ތެރޭގައި ދިޔަވަރު ކުރިއަށް އޮތް ތަނުގައި ހުންނާނެ މިންވަރު ލަފާ ކުރެވޭ ހިސާބުތައް ވެސް ހިމެނެ އެވެ.
މޯލްޑިވްސް ޓައިޑްސް އުފެއްދީ ދިވެހި ކޯސްޓަލް އިންޖިނިއަރެއް ކަމަށްވާ ޑރ. ނަޝްވާން މަތީނެވެ. އޭނާއަކީ ރަށް ގިރުމާއި ކޯސްޓަލް މޮނިޓަރިންގެ ރޮނގުން ދިރާސާ ކުރާ މީހެކެވެ.
އެ ވެބްސައިޓު އުފެއްދީ މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަނާ ގުޅިގެނެވެ. އެއީ ޖައްވާ ގުޅޭ ޓެކްނޮލޮޖީއަށް ދިވެހިން އަހުލުވެރި ކުރަން މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.













