ކުޅުދުއްފުށީގައި އަޅަން ނިންމި ފުށް ފެކްޓްރީގެ މަސައްކަތް ކުރިއަށްދާނެ: ސަރުކާރު

ކުޅުދުއްފުށީގައި އަޅަން ނިންމި ފުށް ފެކްޓްރީގެ މަސައްކަތް ކުރިއަށްދާނެ: ސަރުކާރު

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަޅާ ނިންމާފައިވާ ގޮދަން ފުށް ފެކްޓްރީގެ މަސައްކަތް ކުރުމަށް އެ ކުންފުނިން ހުށަހެޅި އޮޕްޝަންތަކުގެ ތެރެއިން ރައީސް އޮފީހުން ނިންމާފައި ވަނީ ހދ. ކުޅުދުއްފުށީގައިކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.

ގޮދަން ފުށް ބަންދުކުރާ ފެކްޓްރީއެއް ގާއިމުކުރުމުގެ ވިސްނުން އިއުލާނު ކުރީ 2020 ވަނަ އަހަރުގެ އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގަ އެވެ. ބޭނުމަކަށްވީ ގޮދަން (ވީޓް ގްރެއިންސް) އެތެރެކޮށްގެން ރާއްޖޭގައި ޕްރޮސެސްކުރަން ފަށައި، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމެވެ.

އެކަމަކު، މިއަހަރުގެ މެދު ތެރެއަށް ނިންމަން އަމާޒު ހިފި ޕްރޮޖެކްޓުގެ މަސައްކަތްތައް އެކަށީގެންވާ މިންވަރެއްގައި ކުރިއަށް ނުދެ އެވެ.

ނިމިގެންދިޔަ މާޗު މަހުގެ 26 އާ ހަމައަށް ވެސް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ހުސައިން އަމްރު ވަނީ "އެކަން [ފުށް ފެކްޓްރީ] ނުވެ އޮތީ ރައީސް އޮފީހުން ކުޅުދުއްފުށީގަ އަޅަން ބޭނުން ނުވެގެން،" ކަމަށް އިއްޔެ ވިދާޅުވެފަ އެވެ. އަދި، ކުޅުދުއްފުށީގެ ބަދަލުގައި އެހެން ތަނެއް ވެސް ދެއްކިފައި ނުވާ ކަމަށް އޭނާ އިއްޔެ ވިދާޅުވި އެވެ.

ނަމަވެސް "އަދަދު" ނޫހަށް މައުލޫމާތު ދެއްވި ރައީސް އޮފީހުގެ ސީނިއާ އޮފިޝަލަކު ވަނީ އެ ޕްރޮޖެކްޓުގެ މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ވެސް އެ އޮފީހުން ނިންމީ ކުޅުދުއްފުށީގައިކަން ކަށަވަރު ކޮށްދީފަ އެވެ.

"ފުށް ފެކްޓްރީ އެޅިދާނެ ކަމަށް ގަބޫލުކުރެވޭ ތިން އޮޕްޝަނެއް އެސްޓީއޯއިން ދިނީ. އެންމެ ފުރަތަމަ ވެސް ރައީސް އޮފީހުން ނިންމާފައި ވަނީ ކުޅުދުއްފުށީގައި އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް. އެކަމުގެ މަސައްކަތް ކުރިއަށްދާނެ،" ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ހިންގުމުގެ ފަސޭހަ އާއި ސަލާމަތީ ސަބަބުތަކަށްޓަކައި އެސްޓީއޯއިން ފުރަތަމަ ވިސްނީ އެ ކުންފުނީގެ ބެލުމުގެ ދަށުގައި އޮތް ސިނާއީ ރަށެއްގައި މި ފެކްޓްރީ އަޅާށެވެ. އެފަހުން ވިސްނީ ސިނާއީ ބޭނުންތަކަށް ހާއްސަކޮށްފައިވާ ތިލަފުށި ނޫނީ ގުޅިފަޅުން ބިމެއް ހޯދައިގެން އެއިން ތަނެއްގައި މި ފެކްޓްރީ އަޅާށެވެ.

ފެކްޓްރީ އެޅުމަށް ބޭނުންވާ ބިން ބެލުމަށް އެސްޓީއޯގެ އިސް ވެރިންނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިސްވެރިން އެޕްރީލް 12، 2022 ގައި ކުޅުދުއްފުއްޓަށް ވެސް ދިޔަ އެވެ. އަދި، ބިމެއް ވެސް ކަނޑައެޅި އެވެ.

މި ބިން އޮންނަނީ އެމްޕީއެލް އަށް ދޫކޮށްފައިވާ ސަރަހައްދުގެ ތެރޭގަ އެވެ. އޭޕްރީލް 20222 ގެ ތެރޭގައި އެ ކުންފުނިން ވަނީ، ކުޅުދުއްފުށި ސިޓީ ކައުންސިލް މެދުވެރިވެގެން، އެސްޓީއޯ އަށް މި ބިން ދޭން އެއްބަސްވެފަ އެވެ. ފުށް ފެކްޓްރީ ޕްރޮޖެކްޓުގައި އެސްޓީއޯއާ އެކީ އެމްޕީއެލް އިން ބައިވެރިވާ އަނެއް ސަބަބަކީ ކުޅުދުއްފުށި ޕޯޓު އަޕްގްރޭޑު ކުރުމުގެ މަސައްކަތެވެ.

މި ފެކްޓްރީގައި އާދައިގެ ފުށުގެ އިތުރުން ކޭކު އަޅާ މީހުންނާއި ބޭކަރީތަކުގައި ބޭނުންކުރާ "ސްޕެޝާލިޓީ" ބާވަތްތަކުގެ ފުށް ތައްޔާރުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox