ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ، 62، ގެ ހަށިގަނޑު އިއްޔެ ވަޅުލި އެވެ. ފުލުހުން ބުނީ ޕޯސްޓްމޯޓެމް ހަދަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ނައީމާ މަރާލާފައި އޮއްވާ ފެނުނުތާ 24 ގަޑިއިރަށް ވުރެ ގިނައިރު ވެގެން ދިޔައިރު ވެސް، ތުހުމަތު ކުރެވޭ މީހަކު ހައްޔަރެއް ނުކުރެ އެވެ.
ކަށުކަމާކެމީގެ ކަންކަން ނިންމުމަށް ފަހު ނައީމާގެ ހަށިގަނޑު ވަޅުލީ އިއްޔެގެ މަގުރިބު ނަމާދަށް ފަހު މަނަދޫގަ އެވެ. ނައީމާގެ ހަށިގަނޑު ވަޅުލި އިރު އިތުރު ތަހުލީލަށް ބޭނުންވާ ސާމްޕަލްތައް އެމައްސަލަ ތަހުގީގު ކުރުމަށް އެ ރަށަށް ގޮސް އުޅޭ ފޮރެންސިކް ޓީމުން ނަގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މިހާރު ވެސް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި އަންނަނީ ހަރަކާތްތެރިވަަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގާ ނައީމާގެ ހަށިގަނޑުގެ އެތަންމިތަނަށް ތޫނު އެއްޗަކުން ވަނީ ހަމަލާ ދީފަ އެވެ.

މުހިންމު ބައެއް ހަބަރު
ނައީމާގެ މަރާއެކު ހައިރާންކަމާއެކު ސުވާލުތައް އުފައްދަން ފެށި އެވެ. މި ރަށުން ވާހަކަ ދެއްކި މީހުން ބުނަނީ ނައީމާ ސިހުރު ހަދާ ވާހަކަ އެވެ. އެ ތުހުމްތު ކުރި ނަމަވެސް މިހާރު ކަމާ އޭނާ ވަރަށް ބޮޑަށް ދުރުވެފައިވާ ކަމަށް ނަން ނުޖެހުމަށް ބުނެ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް ގެނައި ދުނިޔޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ "އޭޓީއާރު" މަރުކާގެ ތިންވަނަ ބޯޓުގެ ދަތުރުތައް އިއްޔެ ފެށިއެވެ.
އިތުރަށް ކިޔާލަން
ބ. އަތޮޅު ކިހާދޫގެ އިރުމަތީކޮޅުގެ ބޮޑު ސަރަހައްދެއްގައި އާބާދުވެ ބަޔަކު ދިރިއުޅެފައިވާ ކަމުގެ ނިޝާންތައް އެބަ ހުއްޓެވެ. އެ ރަށް ފަޅުވެ، އަލުން އާބާދު ކުރީ ކީއްވެގެން ހެއްޔެވެ؟ އެ ސަފުހާގައި އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟ ގުޅިފައި އޮތީ ކޮން ކަމަކާ ހެއްޔެވެ؟
ސޯޝަލް މީޑިއާ އެޑިކްޝަންގައި ދުވަހުން ދުވަހަކަށް ބޮޑުވަމުން އަންނަ މައްސަލައެކެވެ. އަދި ފާއިތުވި އަހަރުތަކުގައި މިކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ވަނީ އިންތިހާޔަށް އިތުރުވެފަ އެވެ. ފޭސްބުކް، ޓްވިޓާ، އިންސްޓަގްރާމް އަދި ސްނެޕްޗެޓް ފަދަ މަންސަތަކުގެ ސަބަބުން ކުރިން ނުގުޅޭ ވަރަށް އެކަކު އަނެކު މިވަނީ ގުޅިފަ އެވެ. ނަމަވެސް މި މެދުކެނޑުމެއް ނެތް ގުޅުމުގެ ސަބަބުން ދެވިހިފުމުގެ އާދަތައް އިތުރުވެ، އެހެން ކަންތައްތައް ކުރަން ޖެހޭ ވަގުތުތަކުގައި ވެސް މެދުނުކެނޑި ފީޑްތައް ޗެކްކޮށް، ނޮޓިފިކޭޝަންތަކަށް ޖަވާބުދާރީވެ، ޓައިމްލައިންތައް ސްކްރޯލް ކުރެވެ އެވެ.
ދުވަހުގެ ކޯޓޭޝަން
ދައުރު ނޫހުގެ ނޫސްވެރިންނަށް އިންޒާރުދިން މައްސަލަ ކުށްވެރިކޮށް އެމްޖޭއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ؛
މި ޖަމިއްޔާއިން ގޮވާލަނީ މި މައްސަލަ ވީ އެންމެ އަވަސް މިނެއްގައި ތަހުގީގުކޮށް، އިންސާރު ދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް، ނޫސްވެރިންނަށް ދޭން ޖެހޭ ރައްކާތެރިކަން ފުލުހުންގެ ފަރާތުން ފޯރުކޮށްދިނުމަށެވެ."
ދުވަހުގެ ފޮޓޯ

ވެޓަރަންސް ލީގުގައި އިއްޔެ ކުޅުނު މެޗުގެ ތެރެއިން.












