ހާލަންޑް ހުރީ މެސީ އާއި ރޮނާލްޑޯގެ ލެވަލްގައި ކަމަށް ގާޑިއޯލާ ބުނެފި

Apr 9, 2023, 1:10 AM
ލަނޑު ޖެހުމަށް ފަހު ހާލަންޑް އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ހާލަންޑް އުފާފާޅުކުރަނީ.

ލަންޑަން (އޭޕްރީލް 9) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ހުރީ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއް ލެވަލެއްގައި ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސިޓީ ވަނީ 4-1 އިން ސައުތެމްޓަން ދަނޑުގައި މޮޅުވެފަ އެވެ. މި މެޗުގައި ސިޓީގެ ގޯލުތައް ޖަހައިދިނީ ހާލަންޑް ދެ ގޯލާއި ޖެކް ގްރީލިޝް އަދި ހޫލިއަން އަލްވަރޭޒް ގޯލެކެވެ. ސައުތެމްޓަންގެ ގޯލު ޖެހީ ސޭކޫ މާރާ އެވެ.

މި މެޗުގައި ހާލަންޑް، 22، ޖެހި ދެ ގޯލާ އެކު، އޭނާ ވަނީ ސީޒަނުގައި 44 ގޯލު ޖަހައި، އިނގިރޭސި ފުޓްބޯޅައިގެ އެއް ސީޒަނެއްގެ ހުރިހާ މުބާރާތެއްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑާ ހަމަކޮށްފަ އެވެ. ހާލަންޑް ވަނީ، ޕްރިމިއާ ލީގުގެ 27 މެޗުން 30 ލަނޑު ހަަމަކޮށް، އެންމެ އަވަހަށް އެ އަދަދަށް ލީގު ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދައިފަ އެވެ.

ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ އެކާވީސް ވަނަ ގަރުނުގައި ފެނުނު އާދަޔާހިލާފު ދެ ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ މެސީ އާއި ރޮނާލްޑޯ ހުރި ފަދަ ލެވަލެއްގައި މި ވަގުތު ހާލަންޑް ހުރި ކަމަށެވެ.

"އަހަރެމެންނަށް ދެ ޑެކޭޑް (20 އަހަރު) ފެނިއްޖެ ރޮނާލްޑޯ އާއި މެސީ ހުރި ލެވަލް. އަހަންނަށް މި ވަގުތު ހާލަންޑް މި ފެންނަނީ އެ ލެވަލްގައި ހުއްޓައި،" ހާލަންޑަށް ތައުރީފުކުރަމުން ގާޑިއޯލާ ބުންޏެވެ.

"އޭނަ (ހާލަންޑް) އެ ޖެހި ދެ ވަނަ ގޯލު މަތީގައި އިން ބޯޅައެއް ވިނަގަނޑުގައި ޖައްސާފައި އެ ގޮތަށް އެހާ ފަސޭހައިން ގޯލަށް ފޮނުވާލުމަކީ ފަސޭހަ ކަމެއް ނޫން، އެކަމަކު، ހާލަންޑަށް ފަސޭހަކޮށް މި ފެނުނީ،"

ސިޓީގެ މި މޮޅާ އެކު، އާސެނަލަށް ލީގުގެ އެއް ވަނައިގައި ލިބިފައި އޮތް ލީޑު ފަސް ޕޮއިންޓަށް ވަނީ ކުޑަވެފަ އެވެ. އާސެނަލް އެއް ވަނައިގައި އޮތީ 29 މެޗުން 72 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް ވަނީ 29 މެޗުން 67 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox