އައްޑޫގައި ހިމަބިހި އައުޓްބްރޭކެއް، ފިޔަވަޅުތައް އަޅަނީ

އައްޑޫ ސިޓީ: ހިމަބިއްސަކީ މުޅި ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް -- ފޮޓޯ: އަދަދު ފައިލް

އައްޑޫ ސިޓީ: ހިމަބިއްސަކީ މުޅި ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް -- ފޮޓޯ: އަދަދު ފައިލް

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި ޖެހިފައި ހުރި ކުޑަކުއްޖަކު އައްޑޫ ސިޓީއިން ފެނުމުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނެފި އެވެ.

ހިމަބިއްސަށް އައްޑޫ އިން އެއް ކުއްޖަކު ޕޮޒިޓިވް ވެފައިވާއިރު, ހިމަބިހި ކަމަށް ބެލެވޭ އިތުރު ކޭސްއެއް ވެސް ވަނީ ފެނިފަ އެވެ. އެހެންކަމުން އެޗްޕީއޭއިން މިހާރު ދަނީ އެ ކުއްޖާގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ހިމަބިހީގެ ދެނެގަނެވުނު ދެ ކޭސްގައި ވެސް އިންފެކްޝަން ޕީރިއަޑް ނުވަތަ ކުއްޖާ ގައިން އެހެން މީހަކަށް ނުވަތަ ކުއްޖަކަށް ބަލި އަރާނެ ކަމަށް ބެލެވޭ މުއްދަތު މިހާރު ވަނީ ފަހަނަ އަޅައި ގޮސްފައި ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެހެންކަމުން އެ ދެ ކުދިން ގައިން ވެސް އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެ ދެ ކޭސްއާ ގުޅިގެން ކޮންޓެކްޓްވި މީހުން ދެނެގަތުމާއި އެ ކުދިންނަށްބަލި ޖެހުނު ސަބަބު ދެނެގަތުމުގެ މަސައްކަތް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ދަނީ ކުރަމުންނެވެ. އަދި މިކަމާ ގުޅިގެން ވެކްސިން ދޭން ޖެހޭ ފަރާތްތަކަށް ވެކްސިން ދިނުމުގެ ކަންކަން ކުރަމުންދާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ ހުންއައުމާއެކު ހަމުގައި ރަތް ބިހިތަކެއް ނެގުމެވެ. އަދި ބައެއް މީހުންގެ ފަރާތުން ކެއްސުމާއި, އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ އަލާމަތްތައް ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ހިމަބިއްސަކީ ހަލުވި ކަމާއެކު ފެތުރޭ ބައްޔެއް ކަމަށްވާއިރު, ބަލީގެ އަލާމާތްތައް ފެންނަ ނަމަ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.

ހިމަބިއްސަކީ ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާތީ, ބަލީގެ އެންމެ ކޭސްއެއް ފެނުނު ނަމަވެސް އެއީ ބަލީގެ އައުޓްބްރޭކެއް ކަމަށް ބަލަ އެވެ. އެޗްޕީއޭއިން ބުނީ ހިމަބިހީގެ މި އައުޓްބްރޭކްގެ ކޭސް އިންވެސްޓިގޭޝަން އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އިތުރު މައުލޫމާތު އެގެމުންދާ ވަރަކަށް ހާމަކުރަމުން ގެންދާނެ ކަމަށެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާކަން ޑަބްލިއުއެޗްއޯއިން އިއުލާން ކުރީ 2017 ވަނަ އަހަރެވެ. އެފަހުން 2020 ވަނަ އަހަރު ކުރީކޮޅު ވެސް ހިމަބިހީގެ އައުޓްބްރޭކެއް އައި ނަމަވެސް އެ އައުޓްބްރޭކް ވަނީ ކޮންޓްރޯލްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox