ހިލްޓަންއަށް ފައިސާ ދައްކަން ސަން ޓްރެވަލަށް ކުރި ހުކުމަށް އަމުލުކުރުން ފަސްކޮޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު; ދެ ހަފުތާ ތެރޭ ހިލްޓަަނަށް ފައިސާ ދައްކަން ސިޔާމްގެ ކުންފުނީގެ މައްޗަށް ހުކުމް ކުރީ ފެބްރުއަރީ 5 ގައި --- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު; ދެ ހަފުތާ ތެރޭ ހިލްޓަަނަށް ފައިސާ ދައްކަން ސިޔާމްގެ ކުންފުނީގެ މައްޗަށް ހުކުމް ކުރީ ފެބްރުއަރީ 5 ގައި --- ފޮޓޯ: އަދަދު ފައިލް

ސަން ޓްރެވަލްސް އިން ހިލްޓަން އިންޓަނޭޝަނަލަށް 24 މިލިއަން ޑޮލަރު ދެއްކުމަށް ސިންގަޕޫރު އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމް ބަދަލުކުރަން ޖެހޭ ތަނެއް ނެތް ކަމަށާއި އެ ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ފައިސާއިން ބާކީ ނުދައްކާ ހުރި ފައިސާ ދެ ހަފުތާ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ސަން ޓްރެވަލްގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.

ސަން ޓްރެވަލްއިން 2009 ވަނަ އަހަރު ހިލްޓަންއާ އެކު ނ. އިރުފުށި ރިސޯޓް ހިންގަން ހެދި އެއްބަސްވުން 2013 ވަނަ އުވާލީ ރަނގަޅަށް ނޫން ކަމަށް ސިންގަޕޫރް އާބިޓްރޭޝަނުން ކަނޑައަޅައި، ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭން އެ ކުންފުނީގެ މައްޗަށް އަމުރުކުރި އެވެ.

ސިންގަޕޫރު އާބިޓްރޭޝަންގެ އެންގުން ބަލައިނުގަވެނޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ފާހަގަ ކުރެވިފައި ނެތް ކަމަށް ސިވިލް ކޯޓުން އޮތީ ހުކުމް ކޮށްފަ އެވެ. އެ ހުކުމް ކުރީ ފެބްރުއަރީ 5، ގަ އެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް ސަން ޓްރެވަލްސްއިން އެދުނީ އެ ހުކުމަށް އަމަލުކުރުން ފަސްކޮށްދިނުމަށެވެ. އިސްތިއުނާފު މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރެފައިވާ އަމުރުގައި ވަނީ ސިވިލް ކޯޓުގެ ނިންމުން މިހާރު ތަންފީޒު ކޮށްފިނަމަ ސަން ޓްރެވަލްސްގެ މަސްލަހަތަށް އުނިކަން އަތުވެދާނެ ކަމަށް ބުރަވެވޭ ކަމަށެވެ.

އެހެންކަމުން، އެ ކޯޓުގައި ކުރިއަށްދާ މައްސަލަ ނިމެންދެން ނުވަތަ ވަކި ގޮތެއް އަންގަން ދެން އެ ސިވިލް ކޯޓުގެ ނިންމުން ތަންފީޒު ކުރުން ވަނީ ފަސްކޮށްފަ އެވެ.

ބޭރުގެ އާބިޓްރޭޝަނެއްގެ ނިންމުން ރާއްޖޭގައި ތަންފީޒު ކުރެވޭނީ އެ ނިންމުމެއް ރާއްޖޭގެ ކޯޓަކުން ބަލައިގަތުމަށް ފަހު ކަމަށް ހައި ކޯޓުން ކުރިން މި މައްސަލާގައި ނިންމާފައި އޮތުމުން، ސިވިލް ކޯޓަށް ސަން ޓްރެވެލް އިން ހުށަހަޅައި އެ ނިންމުން ބަލައިނުގަތުމަށް އެދިފައިވެ އެވެ.

ސަން ޓްރެވެލް ކުންފުނިން ބުނަމުން އައީ ހިލްޓަނުން އެއްބަސްވުުން ގާއިމްކުރީ ރާއްޖޭގެ ޕަބްލިކް ޕޮލިސީއާ ހިލާފަށް ކަމަށެވެ. ނަމަވެސް، އެކަން ސާބިތުކުރެވޭނެ ގާނޫނީ ސަބަބެއް އެ ކުންފުންޏަކަށް ކިޔައިދެވިފައިނުވާ ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައިވެ އެވެ.

މި މައްސަލައާ ގުޅިގެން، މައްސަލާގައި ގޮތެއް ނިމެންދެން ސަން ޓްރެވެލްގެ އެކައުންޓްތައް ވެސް ކުރިން އޮތީ ހިފަހައްޓައިފަ އެވެ. އެ ކުންފުނީގެ ވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox