މިއަދު ހެނދުނު މާލެއަށް ބޯކޮށް ވެހުނު ވާރޭގައި މާފަންނުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެއްޖެ އެވެ.
ފެންބޮޑުވެފައި ވަނީ ހަނދުވަރީ ހިނގުމުން ފެށިގެން މާފަންނަށް، އަދި އަމީނީ މަގުގެ ބޮޑު ބައެކެވެ.
ގެތަކާއި ފިހާރަތަކަށް ފެން ވަދެފައިވާއިރު، ފެންގަނޑު ހިއްކުމުގެ މަސައްކަތް ކުރަމުންދެ އެވެ. އަދި މަގުމަތީގައި ބޮޑުވެފައިވާ ފެންގަނޑު ސިފައިން ނުކުމެ ޕަންޕު ބޭނުންކޮށްގެން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
"މިހާރު އަދި މިއޮތީ [ފެންގަނޑު] ކުޑަވެފައި. ވަރަށް ބޮޑަށް ފެން ބޮޑުވި. ސައިކަލް އެއްގޮތަކަށް ވެސް ނުދުއްވޭ މިންވަރަށް ފެން ބޮޑުވި،" މާފަންނުގައި ގެއެއްގެ މީހަކު ބުންޏެވެ.
ބޯކޮށް ވާރޭ ވެހޭ ދުވަސްތަކުގައި މާފަންނުކޮޅު އާންމުކޮށް ފެން ބޮޑުވެ އެވެ. ނަމަވެސް މިއަދު ފެންބޮޑު ވެފައިވަނީ ފަހަކަށް އައިސް ބޮޑުނުވާ މިންވަރަކަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މިއަދު މާލޭ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ.
ބައެއް ފޮޓޯތައް

މަޖީދީ މަގުގައި ފެންބޮޑުވެފައި

ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ

ފިހާރައެއްގެ ތެރެއަށް ވަދެފައިވާ ފެންތައް ހިއްކަނީ












