ތިލަފުށީގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލައިފި

ތިލަފުށީގައި ރޯވެ އަނދަމުން ދާ ސަރަހައްދުން ބޯކޮށް ދުން އަރަނީ -- ފޮޓޯ: ނާޝިދު / އަދަދު

ތިލަފުށީގައި ރޯވެ އަނދަމުން ދާ ސަރަހައްދުން ބޯކޮށް ދުން އަރަނީ -- ފޮޓޯ: ނާޝިދު / އަދަދު

ތިލަފުށީގައި ހުރި ގުދަނެއްގައި މިއަދު ރޯވި ބޮޑު އަލިފާންގަނޑު އެއްކޮށް ނިއްވާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މެންދުރުފަހު 2:45 ހާއިރު ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަން އެމްއެންޑީއެފުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އެ ސަރަހައްދުގައި ހުރި، ނާޝިދު ކިޔާ މީހަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ ގުދަނުގައި ރޯވި އަލިފާންގަނޑު ޖެހިގެން ހުރި ބުލޮކަށް ފެތުރުނު ކަމަށާއި އެ ގުދަނަކީ ކޮންބައެއްގެ ގުދަނެއް ކަމެއް ނޭނގޭ ކަމަށެވެ.

"ގުދަނާ ޖެހިގެން އޮންނަ ބުލޮކަށް ވެސް އަލިފާންގަނޑު ފެތުރުނު، ރޯވި ގުދަނުގައި ގިނައިން ހުރީ ލަކުޑި، އެއީ ކޮންބައެއްގެ ތަނެއް ކަމެއް ނޭނގެ،" ނާޝިދު ބުންޏެވެ.

އޭނާ ބުނީ އަލިފާންގަނޑުގައި އެ ބުލޮކުގައި ހުރި ފިހާރައެއް ވެސް އަނދާފައިވާ ކަމަށެވެ. އެހެންނަމަވެސް އަލިފާންގަނޑު ފެތުރުމުގެ ކުރިން ފިހާރައިގައި ހުރި މުދާތައް ބޭރަށް ނެރެ ސަލާމަތް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެމީހުން ހުރީ މާކުރިން ރައްކާތެރިވުމުގެ ގޮތުން މުދާތައް ބޭރަށް ނެރެފައި،" ނާޝިދު ބުންޏެވެ.

އެތަނުގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ސިފައިންނަށް ލިބިފައި ވަނީ މިއަދު މެންދުރު 12:45 ގައި ކަމަށާއި އެވަގުތުން ފެށިގެން އަލިފާން ނިއްވުމުގެ މަސައްކަތް ތިލަފުށި ފަޔާ ސްޓޭޝަނުން ފެށި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ތިލަފުށީގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލައިފައި ވާއިރު، ޑިސެމްބަރު، 2022 ގައި ކ. ގުޅީފަޅުގައި ހުރި ބިދޭސީ މަސައްކަތްތެރިންގެ އެކޮމަޑޭޝަން ބްލޮކުގައި ރޯވެ އެކަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox