ސައުދީން ހަދިޔާކުރި ކަދުރު ބަހަން ފަށާނީ އާދީއްތަ ދުވަހު

ރޯދަ ވީއްލަން މިސްކިތެއްގައި ތައްޔާރުކޮށްފައި ހުރި ކަދުރުތަކެއް -- ފޮޓޯ: އަދަދު

ރޯދަ ވީއްލަން މިސްކިތެއްގައި ތައްޔާރުކޮށްފައި ހުރި ކަދުރުތަކެއް -- ފޮޓޯ: އަދަދު

ރޯދައަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި ކަދުރު އަންނަ އާދީއްތަ ދުވަހުން ފެށިގެން ބަހާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން ސައުދީން މިއަހަރުވެސް ހަދިޔާކުރީ 50 ޓަނު (25،000 ޕެކެޓު)ގެ ކަދުރެވެ. އެ ބަހަން ހަމަޖެހިފައި އޮތީ މިދިޔަ އަހަރު އެކުލަވާލި ފަގީރުންގެ ދަފްރަތުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓުގެ ރޭޓުންނެވެ.

ފަގީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު ބާކީވާ ކަދުރުކޮޅުން ކޮންމެ 100 ގޭބިސީއަކަށް 26 ކަދުރު ޕެކެޓު ޖެހެ އެވެ. އެހެންކަމުން، އެ ޕެކެޓުތައް ބެހުމަށް ހަމަޖެހިފައި އޮތީ ބަލައި ހާޒިރުވާ ތަރުތީބަކުންނެވެ. ގޭބިސީތަކަށް ކަދުރު ބަހާނީ ކަދުރާ ހަވާލުވާންދާ މީހެއްގެ އައިޑީ ކާޑު ބެލުމަށްފަހު އެވެ.

މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކަދުރު ބެހުމަށް ހަމަޖެހިފައިވާއިރު، ކަދުރާ ހަވާލުވުމަށް ކައުންސިލްތަކާއި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުން ފާން ޖެހެނީ އިސްލާމިކް މިނިސްޓްރީއަށެވެ. ކަދުރު ބެހުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:30 އިން 12:00އަށް ކުރިއަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް މާލެ ސަރަހައްދުގައި ކަދުރު ބަހާއިރު، ރަށްރަށުގައި ބަހާނީ އެ ރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލު މެދުވެރިކޮށެވެ. ހަމައެއާއެކު، ރަށްރަށުގައި ކަދުރު ބެހުމަށް، މާލެއިން ކަދުރު ގެންދިއުމުގެ އިންތިޒާމު ހަމަޖައްސަން ޖެހެނީ ވެސް އެ ރަށެއްގެ ކައުންސިލުންނެވެ.

މިއަހަރު ރޯދަ މަސް ފެށުމުގެ ކުރިން ސައުދީން ކަދުރު ހަދިޔާކުރިއިރު، މިދިޔަ އަހަރު އެ ކަދުރުކޮޅު ލިބުނީ ރޯދަ މަސް ނިމުނު ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox