ކޯސްޓްގާޑުގެ ވިހި ވަނަ ބޭސިކް ކޯހުގެ ދަސްވެނިވުން ބާއްވައިފި

ކޯސްޓްގާޑުގެ ވިހި ވަނަ ބޭސިކް ކޯހުގެ ދަސްވެނިވުން ބާއްވައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުގެ ސެއިލަރުން ތަމްރީނު ކުރުމަށް ހިންގި ވިހި ވަނަ ކޯސްޓްގާޑް ބޭސިކް ކޯހުގެ ދަސްވެނިވުން ބާއްވައިފި އެވެ.

އިއްޔެ ހަވީރު އެ ކޯސް ނިންމުމުގެ ގޮތުން ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުالله ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި މިލިޓަރީ ސެކެރެޓަރީ ޓު ދަ މިނިސްޓަރު ބްރިގޭޑިއާ ޖެނެރަލް އަބްދުލް މަތީން އަހްމަދާއި ސިފައިންގެ ޖެނެރަލް އޮފިސަރުންގެ އިތުރުން އެމްއެންޑީއެފްގެ ޔުނިޓްތަކުގެ ކޮމާންޑަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ވިހި ވަނަ ކޯސްޓްގާޑް ބޭސިކް ކޯހުގެ ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އިނާމާއި، ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް އެވެ.

އެ ރަސްމިއްޔާތުގައި ކޯހުން ފާސްވި ދަރިވަރުންނަށް ބެޖު ހަވާލުކޮށްދެއްވީ ކޮމަޑާންޓް ކޯސްޓްގާޑް ކާނަލް އިބްރާހީމް ހިލްމީއާއި ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރު ލެފްޓިނަންޓް ކާނަލް މުހައްމަދު ރިޒްމީ ވަލީދާއި ކޯސްޓްގާޑްގެ ކޮމާންޑް ސާޖަންޓް މޭޖާ، ކޮމާންޑް ސާޖަންޓް މޭޖާ އަބްދުالله ޖަމީލެވެ.

ކޯސްޓްގާޑް ބޭސިކް ކޯހުގެ މުޅި ކޯހުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ލާންސް ކޯޕްރަލް މުހައްމަދު ނާފިއު އެވެ. ޕޯޓް ޑިވިޝަންގެ އެންމެ މޮޅު ދަރިވަރުގެ އިތުރުން ކިޔެވުމަށް އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ ލާންސް ކޯޕްރަލް އަބްދުالله އިބްރާހިމެވެ. އަދި ސްޓާބޯޑް ޑިވިޝަންގެ އެންމެ މޮޅު ދަރިވަރަކަށް ޕްރައިވެޓް އަލީ އިޒާން ނިޒާމް ވަނީ ހޮވިފަ އެވެ.

އެންމެ ހަށިހެޔޮ ދަރިވަރަކަށް ޕްރައިވެޓް އަބްދުالله ސަނީމް ހޮވިފައިވާއިރު، އެންމެ މޮޅު ބަޑި ޖެހުންތެރިއާގެ މަގާމަށް ހޮވިފައި ވަނީ ޕްރައިވެޓް އަހްމަދު ރިސްވާނެވެ.

ފަނަރަ ހަފުތާގެ މުއްދަތަށް ކޯސްޓްގާޑް ބޭސިކް ސްކޫލް، ޅ.މާފިލާފުށީގައި ކުރިއަށްގެންދިޔަ ކޯސްޓްގާޑް ބޭސިކް ކޯހުގައި 60 ދަރިވަރުން ބައިވެރިވެ 56 ދަރިވަރަކު ވަނީ ކޯހުން ދަސްވެނިވެފަ އެވެ. މީގެ ތެރޭގައި ހަތް އަންހެން ސިފައިން ވެސް ހިމެނޭ ކަމަށް ޑިފޭންސް މިނިސްޓަރީން ބުނެ އެވެ.

ކޯހުގައި ދަރިވަރުންނަށް އުނގަންނައިދެވުނު ބައިތަކުގެ ތެރޭގައި ނެވިގޭޝަން، ވިޒިޓް ބޯޑް ސާޗް އެންޑް ސީޒާ، މެރިޓައިމް ލޯ، މެރިން އިންޖިނިއަރިން (މެކޭނިކަލް އިންޖިނިއަރިން) ފަޔާ ފައިޓިން އެންޑް ޑެމޭޖް ކޮންޓްރޯލް، ސްވިމިން އެންޑް ރެސްކިޔު، ޗާޓް ވާކް، ނޭވަލް ގަނަރީ، ރޫލްސް އޮފް ދަ ރޯޑް، ސީމަން ޝިޕް، ނޭވަލް ކޮމިއުނިކޭޝަން، ރާއްޖޭގެ ޖިއުގްރަފީ، ނޭވަލް ސްޓަޑީސް، ފަސްޓް އެއިޑް، ފިޒިކަލް ޓްރެއިނިން އާއި ހެވިކަން އަދި އޮންބޯޑް ސެއިލިންގެ އިތުރުން ސަވައިވަލް ޓްރެއިނިން ހިމެނެ އެވެ.

ޑިފެންސް މިިނިސްޓަރީން ބުނީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އަސާސީ ތަމްރީނު ނިންމައި ކޯސްޓްގާޑްގެ ހިދުމަތާ ގުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ އެ ކޯހަކީ ކޯސްޓްގާޑް އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ އިންސާނީ ވަސީލަތް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަރައްގީކޮށް ކުރިއެރުވުމަށް، 2001 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފް އިން ހިންގާ ކޯހެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox