އެކެއްގެ ނަމުގައި އެތައް ހާސް ސިމް ކާޑެއް، ހުއްޓުވޭނެ ގޮތެއް ނެތް

އެސްއޯއީ ކޮމިޓިގެ މިއަދުގެ ބައްދަލުވުމުގެ ތެރެއއިން-- ފޮޓޯ: މަޖިލިސް

އެސްއޯއީ ކޮމިޓިގެ މިއަދުގެ ބައްދަލުވުމުގެ ތެރެއއިން-- ފޮޓޯ: މަޖިލިސް

އެންމެ މީހެއްގެ ނަމުގައި އެތަކެއް ހާސް ވަގު ސިމް ނަގާފައިވާއިރު، އެ ފަދަ ކަންކަން ހުއްޓުވޭނެ ގާނޫނެއް ނުވަތަ ގަވާއިދެއް ނެތުމުގެ ކަންބޮޑުވުން ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ފާޅުކޮށްފި އެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީން އަންނަނީ ސްކޭމް ކޯލުތައް އިތުރުވާ މައްސަލަ ދިރާސާ ކުރަމުންނެވެ.

އެ މައްސަލައިގައި ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ސްކޭމްތަކުގެ މައްސަލައިގައި ފުލުހުން ކޮމިޓީއަށް ފޮނުވާފައިވާ ރިޕޯޓާ ގުޅޭ ބައެއް ކަންކަން ހިއްސާކޮށްފައިވެ އެވެ.

އެކެއްގެ ނަން މަތީގައި ގިނަ ސިމް ނެގޭ ގޮތަށް އޮތުމަކީ އެންމެ ބޮޑު މައްސަލައިގެ ގޮތުގައި ފުލުހުން ފާހަގަކޮށްފައިވާއިރު، ދެ ބިދޭސީއެއްގެ ނަން މަތީގައި 24،000 ސިމް ކާޑު، 12 ބިދޭސީއެއްގެ ނަމުގައި ދިރާގުގެ 38،000 ނަންބަރުގެ އިތުރުން ބައެއް ދިވެހިންގެ ނަން މަތީގައި 600 އަށް ވުރެ ގިނަ ސިމް ކާޑު ނަގައިގެން ބޭނުން ކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީން އޭގެ ތެރެއިން 305 ނަންބަރެއް ބޭނުން ކުރާކަން ޔަގީން ކުރެވިފައިވާ ކަން ފުލުހުންނާ ހަވާލާދީ ކޮމިޓީގައި ފާހަގަކޮށްފައިވެ އެވެ.

މިކަން ފާހަގަކޮށް އެސްއޯއީ ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ ޖަލުން ހިންގާ ސްކޭމް ކޯލްތައް ހުއްޓުވުމަށް ޖަލުގައި އެންޓަނާއެއް ޖެހުމުގެ ބަދަލުގައި، ކުރާންވީ ކަމަކީ ވަގަށް އެތެރެކުރަމުން އަންނަ ފޯނުތައް ހުއްޓުވުމެވެ.

"އެއަށް ވުރެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަވޭ، ޖަލަށް ފޯނު ވެއްދުން ހުއްޓުވުން،" އިލްޔާސް ލަބީބް ވިދާޅުވި އެވެ.

އެކެއްގެ ނަން މަތީގައި ނަގާފައިވާ ސިމްތަކާ މެދު އަމަލު ކުރާނެ ގޮތެއް ކޮމިއުނިކޭޝަން އޮތޯރިޓީން ސާފުކޮށްދީފައި ނުވާތީ ކޮމިޓީގެ މެންބަރު ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"އެއީ ވަރަށް ބޮޑު ކަންބޮޑުމެއް، އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެކެއްގެ ނަމުގައި އެހާ ބައިވަރު ސިމް އޮންނަން ޖެހޭ އެއްވެސް ސަބަބެއް،" ގާސިމް ވިދާޅުވި އެވެ.

މިކަމަށް ހައްލެއް ގެނައުމަށް ގަވައިދެއް އެކުލަވާލައި ކުރިން ދޫކޮށްފައިވާ ސިމްތަކަށް މުހިންމު ކަން މެންބަރުން ފާހަގަކޮށްފައިވެ އެވެ.

މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ގިނަވަމުންދާތީ އެކަން މަދުކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީން ވަނީ ސިމްކާޑު ކުރިން ދޫކުރަމުން އައި ގޮތް ހަރުކަށި ކޮށްފަ އެވެ.

އެގޮތުން، ސިމްކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުންނުކުރެވޭ ހާލަތު (ނޮން އެކްޓީވޭޓަޑް ސްޓޭޓަސް) ގަ އެވެ. ސިމްކާޑު އެކްޓިވޭޓް ވާނީ، ސިމްކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ހިދުމަތްދޭ ފަރާތަށް ލިބުމުން ކަމަށްވެސް ސީއޭއެމްއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox