ހައްޖުވެރިންނަށް އެހީތެރިން ހޯދުމަށް ދެވަނަ ފަހަރަށް އިއުލާންކޮށްފި

ހައްޖުގެ އަޅުކަން އަދާކުރަމުންދާ ހައްޖުވެރިއެއް - ފޮޓޯ: އޭއެފްޕީ

ހައްޖުގެ އަޅުކަން އަދާކުރަމުންދާ ހައްޖުވެރިއެއް - ފޮޓޯ: އޭއެފްޕީ

މި އަހަރު ހައްޖު ކޯޕަރޭޝަނުން ހައްޖުގެ އަޅުކަމަށްދާ ދިވެހި ހައްޖުވެރިންނަށް އެހީތެރިން ހޯދުމަށް ދެވަނަ ފަހަރަށް އެ ކޯޕަރޭޝަނުން އިއުލާންކޮށްފި އެވެ.

އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ, މިއީ މި މަހުގެ ހަތެއްގައި ކުރި އިއުލާނަށް އެކަޝީގެންވާ ވަރަށް ތަރުހީބު ނުލިބުމުން ކުރި އިއުލާނެއް ކަމަށެވެ. މިއަދު ކުރި އިއުލާނުގައި ހޯދުމަށް އެދިފައިވަނީ ފިިރިހެން އެހީތެރިންނަށެވެ.

އެގޮތުން މިކަމަށް ކުރިމަތިލާ ފަރާތްތަަކަކީ އަސާސީ ތައުލީމު ލިބިގެންވާ އަދި ހައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަވަގުތު އުޅެވޭ ސިއްހަތު ރަނގަޅު މީހަކު ކަމުގައި ވާންޖެހޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފައިވެ އެވެ.

ހައްޖުވެރިންގެ އެހީތެރިން އާންމުގޮތެއްގައި ކުރަންޖެހޭ ކަންކަމުގައި ތެރޭގައި ހައްޖުވެރިންނަށް ދޭން ޖެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި، ކެއިން ބުއިމުގެ ކަންކަމުގައި އެހީތެރިވުމާއި ހައްޖުވެރިންނަށް ބާޒާރުކުރުމުގައި އަދި ބާޒާރުކުރާ ތަކެތި ހޮޓަލަށް ގެންދިއުމުގައި އެހީތެރިވެދިނުން ހިމެނެ އެވެ.

މިކަމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއެއްގެ ގޮތުގައި ބުނެފައިވަނީ މި މަހު 22 ގެ މެންދުރުފަހު 3:00 އެވެ.

މި އަހަރަކީ ކޮވިޑުގެ ބަލިމަޑުކަމަށްފަހު އޭގެ ކުރިން ހައްޖުގެ އަޅުކަމަށް ފުރުސަތު ދިން އަދަދަށް ސައުދީގެ ސަރުކާރުން ހައްޖުވެރިންނަށް ފުރުސަތުދޭ ފުރަތަމަ ފަހަރެވެ.

ކޮވިޑްގެ ކުރިން ހައްޖުގެ އަޅުކަމުގައި ދެ މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވިއިރު، ބަލި ކޮންޓްރޯލްކުރުމަށްޓަކައި އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު 2021ގެ ހައްޖުގައި ފުރުސަތު ދިނީ އެންމެ 10،000 މީހުންނަށެވެ.

ނަމަވެސް، ކޮވިޑު ފެތުރުން މަދުވެ ފިޔަވަޅުތަކަށް ދިން ލުޔާއެކު މިދިޔަ އަހަރު ސައުދީން ވަނީ އެއްމިލިއަން މީހުންނަށް ހައްޖު ކޯޓާ ދޫކޮށްފަ އެވެ.

މި ލުޔާއެކު މި އަހަރު ރާއްޖެއަށް ރަސްމީ ކޯޓާގެ ގޮތުގައި ސައުދީ ސަރުކާރުން ވަނީ 1،000 ކޯޓާ ދީފަ އެވެ. ނަމަވެސް ރާއްޖެއިން ވަނީ އެ އަދަދު 2500 އަށް ބޮޑުކޮށްދޭން ސައުދީގެ ސަރުކާރުގައި އެދިފަ އެވެ.

ހައްޖު ކޯޕަރޭޝަންގެ އިތުރުން މި އަހަރު އަމިއްލަ ފަރާތްތަކަށްވެސް ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox