ކުންފުނިން ވައްކަން ކުރި މައްސަލައެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
"އަދަދު" އަށް މައުލޫމާތު ދެމުން އެޗްޑީސީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހުމަދު މިމްރާހު ވިދާޅުވީ، ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު އެ ކުންފުނިން ވަކި ކުރީ ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހު ކަމަށެވެ.
ނަމަވެސް، ވަޒީފާއިން ވަކިކުރި މުވައްޒަފުގެ އެއްވެސް ތަފުސީލެއް އެޗްޑީސީން ނުދެ އެވެ. އޭނާ ކުރި ކަންތަކުގެ ތަފުސީލެއް ވެސް ހާމައެއް ނުކުރެ އެވެ.
އެޗްޑީސީގެ މުވައްޒަފަކު ކުންފުނިން ވައްކަން ކުރި މައްސަލައެއްގައި ވަޒީފާއިން ވަކިކުރި އިރު، ކުންފުނީގެ މުވައްޒަފަކު ރިޝްވަތުގެ ގޮތުގައި ރުފިޔާ ނަގައިގެން އަމިއްލަ ފަރާތަކަށް ކ. ތިލަފުށިން ވަގަށް ބިމެއް ވިއްކަން މަސައްކަތް ކުރި މައްސަލައެއް ފެންމަތިވެފަ އެވެ.







