ގާސިމް ވިދާޅުވީ ދައުރު ނިމުމުގެ ކުރިން ޖޭޕީ ބޭރުކުރަންޏާ ރައީސް ސޯލިހު ވެސް އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށް

ގާސިމް އިބްރާހިމް މީގެ ކުރިން ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށްފަހު ރައީސް އޮފީހުން ނުކުންނަވަނީ. -ފޮޓޯ: އަދަދު

ގާސިމް އިބްރާހިމް މީގެ ކުރިން ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށްފަހު ރައީސް އޮފީހުން ނުކުންނަވަނީ. -ފޮޓޯ: އަދަދު

މި ސަރުކާރު ވެރިކަމަށް ގެންނަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މަސައްކަތް ކުރީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށާއި، ދައުރު ހަމަވުމުގެ ކުރިން އެ ކޯލިޝަނުން ޖޭޕީ ބޭރުކުރާނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ދައުވަތު ދީފައިވަނިކޮށް، ރައީސް ސޯލިހުއާ އެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖޭޕީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީން ރޭ ވަނީ ނިންމައިފަ އެވެ.

އެއާއެކު، ސަރުކާރު ހިންގާ ކޯލިޝަނުން މިހާރު މިހާރަށް ޖޭޕީ ބޭރުކޮށް، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެ ޕާޓީގެ ބޭފުޅުން މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ ތެރެއިން ވަނީ ގޮވާލަން ފަށައިފަ އެވެ.

އެ ވާހަކަ ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ބަހުސްގެ ތެރެއިން ތަކުރާރުކުރައްވާތީ، ގާސިމް ވަނީ އެކަމަށް ރައްދު ދެއްވައިފަ އެވެ.

ބަހުސްގެ ތެރެއިން ވާހަކަ ދައްކަވަމުން، ޖޭޕީގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ވެސް ހުންނެވި ގާސިމް ވިދާޅުވީ މިހާރު އޮތް ކޯލިޝަން ވެރިކަމަށް ގެންނަން މަސައްކަތް ކުރީ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

އެ އެއްބަސްވުމަކީ މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް ދެމިގެންދާ އެއްބަސްވުމެއް ކަމަށާއި، އެ ތާރީހާ ހަމައަށް ސަރުކާރުގެ މަގާމުތަކުގައި ޖޭޕީ މެމްބަރުން ތިބުމަކީ "ލަދުވެތި" ކަމެއް ނޫން ކަމަށް އެމްޑީޕީގެ މެމްބަރުންނަށް ރައްދު ދެއްވައި ގާސިމް ވިދާޅުވި އެވެ.

"އެހެންކަމަށްވަންޏާ ރައީސުލްޖުމްހޫރިއްޔާ ވެސް ޖެހޭނީ އިސްތިއުފާ ދެއްވާށޭ. އެހެންނޫން ކަމަށްވަންޏާ އަޅުގަނޑު ދަންނަވާލަން ޖުމްހޫރީ ޕާޓީއަށް މަގާމުތަކެއް ދެއްވާފައިވަނީ އެއްވެސް މީހެއްގެ ތަރިކަ މުދަލަކުން ނޫން،" ގާސިމް ވިދާޅުވި އެވެ.

އެހެންކަމުން ގާސިމް ވިދާޅުވީ، މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ޖޭޕީގެ އެއްވެސް ބޭފުޅަކު ސަރުކާރުން އިސްތިއުފާ ދިނުމަށް ނުދަންނަވާނެ ކަމަށެވެ.

ގާސިމްގެ ވާހަކައިގެ ތެރެއިން މިއަދު ވެސް ވަނީ ކޯލިޝަނުގެ އެއްބަސްވުމުގައިވާ ގޮތަށް ޖޭޕީއަށް ދޭން ބުނި މިންވަރަށް ސަރުކާރުގެ ހިއްސާ ނުދޭ ކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރުން ބުނަނީ ކީކޭ؟

ޖޭޕީން ވަކިން ވާދަކުރަން ނިންމުމުން، ސަރުކާރުގައި ތިބި އެ ޕާޓީގެ މެމްބަރުންނާމެދު ކަންތައް ކުރާނެ ގޮތަކާމެދު ސަރުކާރުން ސީދާ ވަކި އެއްޗެއް ނުބުނެ އެވެ.

ނަމަވެސް، ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން އެކުލަވާލަން މިހާރުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނަށް ދައުވަތު ފޮނުއްވާފައިވާއިރު، އެއަށް ޖުމްހޫރީ ޕާޓީއިން އަދި ޖަވާބެއް ދީފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "އަދަދު" އަށް މިއަދު ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީއިން ރިޔާސީ ކެންޑިޑޭޓަކު ނެރޭނަމަ، ސަރުކާރުގައި ދެ ރިޔާސީ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ވަޑައިގަތުމަށް ދަތިވާނެ،" ކޯލިޝަނުން ޖޭޕީ ބޭރުކުރުމަށް ނުސީދާކޮށް އިޝާރާތް ކުރައްވަމުން މިއުވާން ވިދާޅުވި އެވެ.

އެފަދަ ހާލަތެއްގައި މިއުވާން ވިދާޅުވި ގޮތުގައި، ދެން ކަންތައް ކުރައްވާނެ ގޮތަކާ މެދު ރައީސް ޖުމްހޫރީ ޕާޓީގެ ލީޑާޝިޕާއި ގާސިމްއާ އެކު މަޝްވަރާކުރައްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox