ދެވަނަ ބުރެއްގައި ގާސިމް އަކީ އިދިކޮޅަށް 'ޗޮއިސްއެއް' ކަމަށް އާދަމް ޝަރީފް އެއްބަސްވެއްޖެ

ކުރީގެ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ކުރި މުޒާހަރާއެއްގެ ތެރެއިން ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް (ކ) - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކުރީގެ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ކުރި މުޒާހަރާއެއްގެ ތެރެއިން ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް (ކ) - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފުރަތަމަ ބުރު ކާމިޔާބު ނުވެއްޖެ ނަމަ ދެވަނަ ބުރެއް ބާއްވާ ހާލަތެއްގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަކީ 'ޗޮއިސް' އެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އެއްބަސްވެއްޖެ އެވެ.

ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލައެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނު ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް ގެންދާ މުޒާހަރާތަކުގެ ތެރެއިން ރޭ އެއްވުން ބޭއްވި ސަރަހައްދުގައި ހުންނަވާ އާދަމް ޝަރީފް "އަދަދު" އަށް ވިދާޅުވީ އަދިވެސް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީނު ކަމަށާއި ޔާމީން ވާދަކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ނަމަވެސް، ޔާމީނަށް ފުރަތަމަ ބުރު ގެއްލިއްޖެ ނަމަ ދެވަނަ ބުރުގައި ޖުމްހުރީ ޕާޓީއަކީ ޗޮއިސްއެއް ކަމަށް އާދަމް ޝަރީފް ވަނީ އިއުތިރާފުވެފަ އެވެ. މިއީ އަންނަ ރިޔާސީ އިންތިހާބުގައި އެހެން ޕާޓީއަކާ އެކު މަސައްކަތް ކުރުމާމެދު އިދިކޮޅު ކޯލިޝަނުގެ އިސް ބޭފުޅަކު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

Advertisement

"ފުރަތަމަ ބުރުގައި އަޅުގަނޑުމެން ކޯލިޝަން ހަދާކަށް އިސްވެ މަސައްކަތެއް ނުކުރާނަން އެކަމަކު އަޅުގަނޑުމެންނަށް ގަބޫލުކުރާ ގޮތުން ރައީސް ޔާމީން އިރާދަކުރެއްވިއްޔާ ވާދަކޮށްގެން ފުރަތަމަ ބުރުން ނެގޭނެ، ނުނެގިއްޖެ ހާލަތެއްގައި އަޅުގަނޑުމެން ވާހަކަދައްކަން ޖެހިއްޖެ ހާލަތެއްގައި ޖޭޕީއަކީ އަޅުގަނޑުމެން ވާހަކަދައްކާނެ ޗޮއިސް އެއް" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީން ރޭ ނިންމާފައި ވަނިކޮށެވެ.

އެހެންކަމުން، ޖޭޕީ އާއެކު އިދިކޮޅުން މަޝްވަރާކޮށްފި ނަމަ އުފެދޭ ކޯލިޝަން ވެގެންދާނީ ޖޭޕީ އިސްވެ އޮންނަ ކޯލިޝަނަކަށެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތުހިފާ މަނީ ލޯންޑާކުރި މައްސަލަ ސާބިތުވެ ޔާމީންގެ މައްޗަށް ކުރި 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގަ އެވެ. އެ މައްސަލަ ފެބްރުއަރީ 21، ގައި ޔާމީނުގެ ވަކީލުން ވަނީ ހައި ކޯޓުގަައި އިސްތިއުނާފުކޮށްފަ އެވެ.

ނަމަވެސް، އެ އިސްތިއުނާފީ މައްސަލަ އިސްލާހު ކުރަން ހައި ކޯޓުން ވަނީ ޔާމީނުގެ ވަކީލުންގެ ޓީމަށް އަންގާފަ އެވެ.

ވެރިކަން ލިބެން ޖެހޭނީ ޔާމީނަށް ކަމަށާއި، އެމަނިކުފާނަށް ވެރިކަން ލިބިގެން ނޫނީ ރާއްޖޭގައި ގާއިމުވެގެން ތިބި ކަމަށް އިދިކޮޅުން ބުނާ އިންޑިއާ ސިފައިން ނުބޭލޭނެ ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. އަދި، އެމަނިކުފާނު ޖަލުގައި އޮންނެވި ނަމަވެސް އިންތިހާބަށް ކެމްޕޭނު ކުރުމަށް އިދިކޮޅުގެ ލީޑާޝިޕުން ގެންދަނީ އަތޮޅުތަކަށް ދަތުރުތައް ކުރަމުންނެވެ.

އިދިކޮޅުގެ ރިޔާސީ ޓިކެޓު ޔާމީނަށް އަރުވާފައިވީ ނަމަވެސް ހުކުމުގެ ސަބަބުން މިވަގުތު ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

ސަބަބަކީ ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތަކުގެ ގޮތުގައި ގާނޫނީ އަސާސީގައި ބަޔާންކޮށްފައި އޮންނަ އެއް ޝަރުތަކީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox