ޕާޓީގެ ނިންމުމާ އެކު ސަމީރު ޖޭޕީއާ ދުރަށް؛ "ގާސިމަށް ވެރިކަން ލިބޭތަން ނުފެނޭ"

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު؛ އޭނާ ވަނީ މިއަދު ޖޭޕީން އިސްތިއުފާ ދެއްވާފައި--- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު؛ އޭނާ ވަނީ މިއަދު ޖޭޕީން އިސްތިއުފާ ދެއްވާފައި--- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެރިކަން ލިބޭ ތަން ނުފެންނަ ކަމަށާއި އެހެންނަމަވެސް އަބަދުވެސް އެދެނީ ކާމިޔާބަށް ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެ ޕާޓީން އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލް އިން މިއަދު ވަނީ ފާސްކޮށްފަ އެވެ.

ގާސިމް އިންތިހާބުގައި ވާދަކުރައްވަން ނިންމިއިރު ވެސް ސަމީރު އޮތީ މިދިޔަ ޖޫން މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވައިފަ އެވެ.

ކައުންސިލުގައި މިއަދު ނެގި ވޯޓުގައި ރައީސް ސޯލިހާއެކު ކޯލިޝަންގައި ދެމި އޮތުމަށް ވޯޓު ދެއްވި ހަމައެކަނި މެންބަރަކީ ވެސް ސަމީރެވެ.

އިސްތިއުފާ ދެއްވުމަށް ފަހު މ. ކުނޫޒް ބޭރުގައި ހުންނަވައިގެން "އަދަދު" އާ ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ ޕާޓީގެ ކެންޑިޑޭޓަށް ތާއީދުނުކޮށް، ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ކުރިއަށް ދިއުމަކީ އެންމެ ގަބޫލުކުރެވޭ ގޮތް ނޫން ކަމަށެވެ.

"އެ ހިސާބުން އަޅުގަނޑު ގަބޫލުކުރާ އުސޫލުން އަޅުގަނޑު އިސްތިއުފާ ދިނީ، އެ ވާހަކަތައް އެ ބޭފުޅުންނަށް ދަންނަވާފައި، އަޅުގަނޑު މި ޕާޓީ ދެކެ ވަރަށް ލޯބިވާ ކަމާއި އަޅުގަނޑު ކޮށްދެއްވާފައިވާ ހިދުމަތްތައް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވަނީ،" ޖޭޕީގެ ފައުންޑާ މެންބަރެއް ކަމަށްވާ ސަމީރު ވިދާޅުވި އެވެ.

ގާސިމް އިބްރާހިމަށް ވެސް ވެރިކަން ލިބުމަށް އެދުނު ނަމަވެސް މިވަގުތު މަސައްކަތް ކުރައްވާނީ ރައީސް ސޯލިހަށް ވެރިކަން ހޯދައިދެއްވުމަށް ކަމަށް ސަމީރު ވިދާޅުވި އެވެ.

ގާސިމަށް ތާއިދު ނުކުރައްވަނީ ކީއްވެތޯ ސުވާލުކުރުމުން ސަމީރު ވިދާޅުވީ ގާސިމަށް ވެރިކަން ލިބޭނެ އެއްވެސް "ފޯމިއުލާއެއް" އެ ބޭފުޅާއަށް ނުފެންނަ ކަމަށެވެ.

"އެހެންނަމަވެސް އެެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފެންނާތީ އެ ބޭފުޅުން ގަބޫލުކުރައްވަނީ އެ ގޮތަށް އެކަން ވާނެ ކަމަށް، އަޅުގަނޑު އެދެން އެ ގޮތަށް މަސައްކަތް ކުރައްވައިގެން ކާމިޔާބަށް، އެއާއެކުގައި އެކަން ނުފެންނާތީ، އަޅުގަނޑު ނަފްސު ގަބޫލެއް ނުކުރެވޭ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އައުމަށް ގާސިމް އިބްރާހިމަށް ރައްޔިތުން ތާއީދުކުރައްވާނެ ކަމަކަށް،" ހަ އަހަރު ދުވަހު ޖޭޕީގެ އެސްޖީކަން ކުރެއްވި ސަމީރު ވިދާޅުވި އެވެ.

ޕާޓީއާ ދުރަށް ދިޔަ ނަމަވެސް، އަބަދުވެސް ގާސިމާއި ޕާޓީއަށް ހެޔޮ އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox