އިންތިހާބު ކަވަރުކުރަން ހަމައެކަނި "ރަޖިސްޓާޑް" ނޫސްވެރިން؟ މެންބަރުންގެ ބޮޑެތި ތުހުމަތުތަކެއް

ރާއްޖޭގައި މަސައްކަތް ކުރާ ނޫސްވެރިންތަކެއް؛ ހަމައެކަނި ރެޖިސްޓާޑް ނޫސްވެރިންނަށް އިންތިހާބު ކަވަރު ކުރެވޭ އިސްލާހެއް ވަނީ ހުށަހަޅާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގައި މަސައްކަތް ކުރާ ނޫސްވެރިންތަކެއް؛ ހަމައެކަނި ރެޖިސްޓާޑް ނޫސްވެރިންނަށް އިންތިހާބު ކަވަރު ކުރެވޭ އިސްލާހެއް ވަނީ ހުށަހަޅާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސަރުކާރު ހިންގާ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ބައިބައިވުންތަކާ އެކު، "ފިކުރެއްގެ ދިރުން" ފެކްޝަނުގެ ފާޑުކިޔުމާއި ނުރުހުން މި ފަހަރު އަމާޒުވީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވާފައިވާ އާންމު އިންތިހާބުތަކާ ބެހޭ ގާނޫނާގެ އިސްލާހާ ގުޅިގެންނެވެ.

ބިލުގައިވާ ގޮތުން ވޯޓު ނަގާ ދުވަހު ވޯޓުލުމުގެ ކަންކަން މޮނިޓަރު ކުރުމަށް ވޯޓުލާ ސަރަހައްދާއި ގުނާ ސަރަހައްދުތަކުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާ "ރެޖިސްޓާޑް ނޫސްވެރިން" ކަމަށެވެ.

ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިން ކަމަށް ބިލުގައި ބަޔާން ކޮށްފައިވަނީ ރަޖިސްޓްރީކޮށްފައިވާ އެއްވެސް މީޑިއާއެއް ނުވަތަ ބްރޯޑްކާސްޓިން ކޯޕަރޭޝަނެއްގައި ހަބަރު ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އޭގެ ތެރޭގައި ފޮޓޯގްރަފަރުންނާއި ވީޑިއޯގްރަފަރުން ވެސް ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.

ބިލުގައި ހިމަނާފައިވާ މި އިސްލާހާ ގުޅުވައިގެން މެންބަރުން ކަންބޮޑުވުން ފާޅުކޮށް ތަފާތު އެކި ތުހުމަތުތައް ވަނީ ކުރައްވާފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރިޕޯޓަރުންނަށް މިހާރު އިންތިހާބު މޮނިޓާ ކުރުމުގެ ފުރުސަތު އޮންނަ ގޮތް ބަދަލު ކުރުން ހުށަހެޅުން މެންބަރުން ސިފަ ކުރެއްވީ ނޫސްވެރިންގެ ޒިންމާ ހަނިކުރުން ގޮތުގަ އެވެ.

ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް؛ ވަނީ މި އިސްލާހާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައި-- ފޮޓޯ: މަޖިލިސް
ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް؛ ވަނީ މި އިސްލާހާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައި-- ފޮޓޯ: މަޖިލިސް

ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް؛ ވަނީ މި އިސްލާހާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައި-- ފޮޓޯ: މަޖިލިސް

"ރަޖިސްޓަރީކޮށްފައިވާ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސްވެރިންނަށް އެކަނި އެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެވޭ ގޮތަށް ހަނިކޮށްލީމާ އިއްޒަތްތެރި ރައީސް، އަޅުގަނޑުމެންނަށް މުޅި ރާއްޖޭގައި ހިނގާ އިންތިހާބުތަކުގައި، ހާއްސަކޮށް ކުރިއަށް މި އޮތް ރިޔާސީ އިންތިހާބުގައި އެ މައުލޫމާތ މީޑިއާތަކަށެއް ރައްޔިތުންނަކަށް ފޯރުކޮށެއް ނުދެވޭނެ،" މި ބިލަށް ބަހުސް ކުރައްވަމުން ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ "ރެޖިސްޓާޑް" ނޫސްވެރިންނަކީ ކޮބައިކަން އިސްލާހުގައި ބަޔާން ކޮށްފައި އޮތް ނަމަވެސް އެ ހައްގު ހަނިވެގެންދާ ކަމަށެވެ.

ރާއްޖޭގައި ހިންގާ ގިނަ މީޑިއާތަކަކީ މާ ގިނަ މުވައްޒަފުން ލައިގެން މަސައްކަތްކުރާ ތަންތަން ނޫން ކަން ފާހަގަކޮށް އޭނާ ވިދާޅުވީ އެއްވެސް މީޑިއާއެއްގައި ރިޔާސީ އިންތިހާބު ފަދަ ބޮޑެތި އިންތިހާބުތައް ކަވަރު ކުރަން އެކަށީގެންވާ ވަރަށް މުވައްޒަފުން ނުތިބޭނެ ކަމަށެވެ.

އަދި، މިހާރު ވެސް ހިނގަމުން އަންނަ ގޮތަށް މޮނިޓަރުން އައްޔަން ކޮށްގެން އެއްވެސް މައްސަލައެއް ދިމާވެފައިވާ ކަން ފެންނަން ނެތް ކަމަށް އޭނާ ފާހަގަކުރެެއްވި އެވެ.

މި ވާހަކައަށް ތާއިދުކުރައްވަމުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ ރާއްޖޭގެ ރަށްރަށް އެކުލެވިފައިވާ ގޮތުން، މި ގޮތަށް އިސްލާހު ކޮށްފިނަމަ ކޮންމެ ނޫހެއްގެ 200 އެއްހާ މީހުން ބައިތިއްބަން ޖެހޭ ކަމަށެވެ.

"ނޫސްވެރިންގެ ޓްރެއިނިން ހަދާ ކޯސް ހަދާ ސެޓިފައިޑް މީހުންނަށް ނޫނީ ނުކުރެވޭ ހިސާބަށް މި ދަނީ، ފެންވަރު ރަނގަޅު ކުރެވޭނީ ވެސް އެ ތަނުގައި ހުރި ވަރަކުން ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެއްވެސް ތަނެއްގައި އެ ތަނެއްގައި އުޅޭ މުވައްޒަފުން ލައިގެން އިންތިހާބެއް ކަވަރު ކުރެވިފައިނުވާއިރު، ވަސީލަތްތަކުގެ ގޮތުން މާ މަދު, ރާއްޖެއިން އެކަން ކުރާނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލު އުފައްދައިފަ އެވެ.

ބިލަށް ބަހުސް ކުރައްވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވެސް ވަނީ އެމްޑީޕީން ވެރިކަމަށް އައީ އިންތިހާބުތަކަކީ އިންސާފުވެރި، ދެފުށް ފެންނަ އެއްޗަކަށް ހެދުމުގެ ވައުދާއެކުގައި ނަމަވެސް މިއަދު މި ފެންނަނީ އެއާ މުޅިން ދިމާ އިދިކޮޅަށް ގާނޫނުތައް އިސްލާހުކުރުމަށް މަސައްކަތް ކުރަމުން އަންނަ ތަން ކަމަށެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް؛ ވިދާޅުވީ ވަކި ގޮތަކަށް އިންތިހާބު ބައްޓަން ކުރަން އުޅޭ ކަމަށް-- ފޮޓޯ: މަޖިލިސް
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް؛ ވިދާޅުވީ ވަކި ގޮތަކަށް އިންތިހާބު ބައްޓަން ކުރަން އުޅޭ ކަމަށް-- ފޮޓޯ: މަޖިލިސް

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް؛ ވިދާޅުވީ ވަކި ގޮތަކަށް އިންތިހާބު ބައްޓަން ކުރަން އުޅޭ ކަމަށް-- ފޮޓޯ: މަޖިލިސް

"މިހާވަރަށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީޑިއާތަކަށް ނުފޫޒު ފޯރުވަން، އިންތިހާބުތަކަށް ނުފޫޒު ފޯރުވަން ކުރާ ކަމަކީ، އެއް ގޮތަކަށް ވެސް އަޅުގަނޑުމެން ބަލައިގެނެވޭނެ ކަމެއް ނޫން؛ މި ވާހަކަދައްކާ ނޫސްވެރިއެއް ވެއްޖެއްޔާ އޭނާއަށް ވެސް ކޮންމެވެސް ގޮތެއް ހަދާފައި، އޭނާއަށް ވާހަކަނުދެއްކޭ ގޮތަށް މަސައްކަތްކަތްކުރަނީ،" އިލްޔާސް ލަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހަކީ ވޯޓުލާ މީހާ މިނިވަންކަމާ އެކު ވޯޓު ލެވޭނޭ ގޮތަށް ގެންނަން ޖެހޭ އިސްލާހެއް ކަމަށެވެ.

މިހާރު ފެންނަމުން ދަނީ ރިޔާސީ އިންތިހާބުގެ ކަންކަން ވަކި ބަޔަކު ބޭނުންވާ ގޮތަށް ކުރުމަށް މަގު ކޮށަމުން އަންނަ މަންޒަރުގެ ގޮތުގައި އޭނާ ތުހުމަތު ކުރެއްވި އެވެ.

"އި އަދިވެސް ވަކި ބަޔަކު މީޑިއާގެ ނަމުގައި ވޯޓުފޮށި ކައިރީގައި ކެމެރާ ހިފައިގެން ތިބެވޭ ގޮތަށް މި ހަދަނީ. އެހެން ބަޔަކަށް މިނިވަންކަމާ އެކީ ތިބެން ބޭނުންވާ، ކެންޑިޑޭޓުން ބޭނުންވާ، ނޫނީ މީޑީއާތަކުން ބޭނުންވާ މީހުންނަށް ނުތިބެވޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވެސް ވަނީ ބިލުގައި ހިމަނާފައިވާ މި އިސްލާހަކީ ވަރަށް ބޮޑު "މަކަރާއި ހީލަތުގެ ތެރެއިން" ވާ ކަމެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ކުރަމުން އައި ގޮތުން އެއްވެސް މައްސަލައެއް ދިމާވެފައިވާ ކަން ނެތް އިރު، މި އިސްލާހުން ދެފުށް ފެންނަ އިންތިހާބެއް ބޭއްވުމަށް ކުރާ މަސައްކަތް ހަނިވާ ކަމަށެވެ.

"މިގޮތަށް މި ފާސްކޮށްފިނަމަ، ދިވެހިރާއްޖޭގައި މިނިވަންކަމާއެކު އިންތިހާބެއް ނުބޭއްވޭނެކަން އަޅުގަނޑުހަމަ ޔަގީންކަމާއެކު ދަންނަވަން. އެކަމެއް ނުކުރެވޭނެ، އެ ގޮތަކަށް މިހެން މިކަން ކުރަން ގަސްތުކޮށްފައިވާ ނަމަ،" އާމިރު ވިދާޅުވި އެވެ.

މި އިސްލާހަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ގަޑުބަޑު ކުރުމަށް ޓަކައި ހުށަހަޅާފައިވާ އިސްލާހެއްގެ ގޮތުގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު؛ ބޮޑެތި ތުހުމަތުތަކެއް ކުރެއްވި--- ފޮޓޯ: މަޖިލިސް
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު؛ ބޮޑެތި ތުހުމަތުތަކެއް ކުރެއްވި--- ފޮޓޯ: މަޖިލިސް

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު؛ ބޮޑެތި ތުހުމަތުތަކެއް ކުރެއްވި--- ފޮޓޯ: މަޖިލިސް

"ރަނގަޅު ނިޔަތަކު ނޫން އެކަން ކުރަން އެއުޅެނީކީ. ވޯޓު ގަޑުބަޑު ކުރަންވެގެން، ވޯޓު ފޮށިން މަކަރު ހަދަންވެގެން، ވޯޓުން އޮޅުވާލަންވެގެން،" ވަހީދު ތުހުމަތު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ މި އިސްލާހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވެސް ދެކޮޅު ހަދަން ޖެހޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox