ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދާ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކަށް އިބްރާހިމް ޝާޒު ހޮވިއްޖެ އެވެ.
މިއަދު ބޭއްވި އެމްޑީޕީ ޕްރައިމަރީ ޝާޒު ކާމިޔާބު ކުރެއްވީ 311 ވޯޓުންނެވެ. ޕްރައިމަރީގައި ޝާޒާއެކު އިތުރު ތިން ކެންޑިޑޭޓަކު ވާދަކޮށްފައިވެ އެވެ. މި އިންތިހާބުގައި ޖުމްލަ 590 މީހުން ވޯޓުލާފައިވެ އެވެ.
އަންނަ އޭޕްރީލް މަހު ބާއްވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމް އާއި އެމްޑީޕީ އަދި އެމްއެންޕީގެ އިތުރުން އެމްޓީޑީން ވަނީ ވާދަކުރަން ނިންމާފަ އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 15 ގަ އެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ މިދިޔަ މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ.













