ޕޮލިސް ކޮންސްޓެބިއުލަރީ ހިދުމަތް ހުއްޓާލީ މަޝްވަރާކުރުމެއް ނެތި: މުއިއްޒު

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: ވިދާޅުވީ މާލޭގައި ދެމުން އައި ޕޮލިސް ކޮންސްޓެބްލަރީ ހިދުމަތް ހުއްޓާލީ މަޝްވަރާކުރުމެއް ނެތި ކަމަށް -- ފޮޓޯ:މުހައްމަދު ޝާބިން / އަދަދު

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: ވިދާޅުވީ މާލޭގައި ދެމުން އައި ޕޮލިސް ކޮންސްޓެބްލަރީ ހިދުމަތް ހުއްޓާލީ މަޝްވަރާކުރުމެއް ނެތި ކަމަށް -- ފޮޓޯ:މުހައްމަދު ޝާބިން / އަދަދު

މާލެ ސިޓީ ކައުންސިލާއި ފުލުހުންނާ ދެމެދު ހެދުނު ސްޕެޝަލް ކޮންސްޓެބިއުލަރީ ހިދުމަތް، ފުލުހުން ހުއްޓާލީ ސިޓީ ކައުންސިލާ މަޝްވަރާކުރުމެއް ނެތި ކުއްލިއަކަށް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކޮންސްޓެބިއުލަރީ ހިދުމަތް ހުއްޓިފައި އޮތުމުން "އަދަދު" އިން ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ފުލުހުންގެ ފަރާތުން ކައުންސިލަށް ކުއްލި ސިޓީއެއްގައި ވަގުތުން އެ ހިދުމަތް ހުއްޓާލުމަށް އެންގީ ކަމަށެވެ.

"ސަބަބެއް ކަމަށް ބުނެފައި އިންނަނީ އެމީހުންނަށް ދޭން އޮތް ފައިސާ ނުދޭ ވާހަކަ، ދެން އަޅުގަނޑު ބަލައިލި އިރު މި މައްސަލައިގައި އަޅުގަނޑުމެންނާ އެއްވެސް ވަރަކަށް މީޓުކޮށް މަޝްވަރާކުރެވިފައެއް ނެތް، އަޅުގަނޑުމެން އެކަން ހައްލުކުރަން އިސްވެ ހުށަހަޅާފަވެސް އޮންނާނެ،" މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ފައިސާ ދެއްކުމުގެ ކަންތައް ނުވެ އޮތީ، ސިޓީ ކައުންސިލުގެ އެކައުންޓުން ޕޭމަންޓު ހަދާއިރު ފުލުހުންނަކީ ސަރުކާރުގެ އިދާރާއެއް ކަމުން ވަކި އެކައުންޓެއް ހެދުމަށް އިދާރީ ގޮތުން ކުރަންޖެހޭ ކަމެއްގައި ލަސްވެގެން ކަމަށެވެ.

އަދި، އެކަން އެހެން މެދުވެރިކަން ފުލުހުންނަށް އެންގީވެސް ސިޓީ ކައުންސިލުން ކަމަށާއި އެ މަސައްކަތުގައި ގިނަ ދުވަސްތަކެއް ހޭދަވިކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް އެބޭފުޅުން މި ސިޓީ ފޮނުއްވުމުގެ ކުރިން އެބޭފުޅުން އެކަން ހަމަޖައްސައިވެސް ދިން ކުރިއަށްދާން، ހަމަވެސް ޖެހިފަ އިނީ، އެއްވެސް ވަރަކަށް ފައިސާ ނުލިބިގެން ލަސްވެގެން އަޅުގަނޑުމެންނަށް ސިޓީއެއްވެސް ނުފޮނުވާ އެބޭފުޅުންނެއް،" މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން، ސިޓީ ކައުންސިލުން ފުލުހުންގެ ސިޓީގެ ޖަވާބުގައި އެ ކަމާމެދު މަޝްވަރާކުރުމަށް އެދުނު ނަމަވެސް ޖަވާބެއް ނުލިބޭ ކަމަށާއި ވެވުނު އެއްބަސްވުން މިހާރު އުވާލެވިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އުވާލެވުނު އެއްބަސްވުމުގެ ދަށުން މާލެ ސިޓީގައި ކޮންސްޓެބިއުލަރީންގެ ހިދުމަތް ފުލުހުން ދޭން ފެށީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އެގޮތުން މާލޭގެ މިސްކިތްތަކާއި މަގުތައް އަދި އާންމު ސަރަހައްދުތައް ބެލެހެއްޓުމަށް 40 ފުލުހަކު ކޮންސްޓެބިއުލަރީންގެ ގޮތުގައި ހަރަކާތްތެރިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox