ފެނުގެ ނިޒާމަށް ބުރޫއަރާ އައިޖީއެމްއެޗުގެ ލެބޯޓަރީގެ ހިދުމަތް ހުއްޓިއްޖެ

ދަރުމަވަންތަ އިމާރާތް: އެ އިމާރާތުގެ ފެނުގެ ސިސްޓަމަށް ބުރޫއަރާ އައިޖީއެމްއެޗުގެ ލެބޯޓަރީ ޓެސްޓުތައް ވަނީ ހުއްޓިފައި - ފޮޓޯ: އަދަދު ފައިލް

ދަރުމަވަންތަ އިމާރާތް: އެ އިމާރާތުގެ ފެނުގެ ސިސްޓަމަށް ބުރޫއަރާ އައިޖީއެމްއެޗުގެ ލެބޯޓަރީ ޓެސްޓުތައް ވަނީ ހުއްޓިފައި - ފޮޓޯ: އަދަދު ފައިލް

އައިޖީއެމްއެޗުގެ ލެބޯޓަރީ ހުންނަ ދަރުމަވަންތަ އިމާރާތުގެ ފެނުގެ ސިސްޓަމަށް ބުރޫއަރާ އެ ހޮސްޕިޓަލުންދޭ ލެބޯޓަރީގެ ހިދުމަތް ވަގުތީގޮތުން ހުއްޓިއްޖެ އެވެ.

އެ ހޮސްޕިޓަލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ލެބޯޓަރީ ހުންނަ ދަރުމަވަންތަ އިމާރާތުގެ 9 ވަނަ ފަންގިފިލާގެ ފެނުގެ ސިސްޓަމަށް ޖެހުނު މައްސަލައެއްގެ ސަބަބުން މިވަގުތު ޓެސްޓުތައް ހެދުން ހުއްޓިފައިވާ ކަމަށެވެ. އަދި ހިދުމަތް ދެވެން ފެށުނުހާ އަވަހަކަށް އެކަން އިއުލާން ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ލެބޯޓަރީ އަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނެއް ކަމަށާއި ޓެސްޓުތައް ހެދުމަށް އެޕޮއިންޓުމަންޓު ހަދަން ނުޖެހޭތީ، މައްސަލަ ޖެހުނު ހިސާބުން މިކަން އިއުލާނުކޮށްފައިވާނެ ކަމަށެވެ.

ލެބޯޓަރީ އިން ޓެސްޓުތައް ހެދުން މެދުކެނޑުނު ނަމަވެސް، އެމަޖެންސީ ހާލަތެއްގައި ޓެސްޓު ހެދުމުގެ ގާބިލުކަން އައިޖީއެމްއެޗުގައި ހުރިތޯ ސުވާލުކުރުމުން އެ އޮފިޝަލް ވިދާޅުވީ، މިވަގުތު އެޑްމިޓްކޮށްފައިވާ ފަރާތްތަކުގެ ޓެސްޓުތައް ހުޅުމާލެއަށް ފޮނުވައިގެން ހަދަން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ފެންވަރުގެ ހޮސްޕިޓަލުތައް ގާއިމުކުރެވިފައި ހުރި ނަމަވެސް، އަދިވެސް ރާއްޖޭގެ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ ހޮސްޕިޓަލަކީ އައިޖީއެމްއެޗެވެ.

ނިމިދިޔަ ސަރުކާރުގައި އިމާރާތްކުރި ދަރުމަވަންތަ އިމާރާތާއެކު، އައިޖީއެމްއެޗުގެ ބައެއް ހިދުމަތްތައް އެތަނަށް ބަދަލުކުރެވި، އެ ހޮސްޕިޓަލަށް ކުރިން ދިމާވެފައިއޮތް ޖާގައިގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox