ހުޅުލޭގެ އިރު އުތުރުފަޅީގައި އަޅާފައިވާ ކަނޑު އުޅަނދުފަހަރުތައް ނެގުމަަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު އަންގައިފި އެވެ.
އެކުންފުނިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހުޅުުލޭ އިރުއުތުރަށްވާ ފަޅީގައިވާ ކަނޑު އުޅަނދުތައް މިމަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ނަގަން އެދޭ ކަމަށެވެ. އެއީ ހުޅުމާލޭގެ ފަޅާއި ހުޅުލޭ ފަޅު ވަކިކުރުމަށް ހަރުކޮށްފައި އޮންނަ އޮރެންޖު ބޮއި ސަރަހައްދުގައި ޕައިލިން މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށް އެމްއޭސީއެލުން ބުނެ އެވެ.
އެމްއޭސީއެލުން ބުނީ މަސައްކަތް ކުރިއަށްދާއިރު އުޅަނދުތައް އަޅަންޖެހޭނީ މަދުވެގެން 20 މީޓަރު ދުރުގައި ކަމަށެވެ.
އެމްއޭސީއެލްއިން ބުނީ މަސައްކަތް ކުރިއަށްގެންދަން ހަމަޖެހިފައިވާ ސަރަހައްދުން އުޅަނދުތައް ނުނަގާ ނަމަ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ފުލުހުން އެ ސަރަހައްދުގައި ހުންނަ ކަނޑު އުޅަނދުތައް ނަގާނެ ކަމަށެވެ. އަަދި އެ ސަރަހައްދަށް ވަންނަ އެއްވެސް ކަނޑު އުޅަނދަކަށް ލިބޭ ގެއްލުމަކަށް ޒިންމާ ނުވެވޭނެ ކަަމަށް ވެސް ބުނެފައިވެ އެވެ.













