ނޭމާ އަށް ސުއަރޭޒް ލަފާދިނީ ޕީއެސްޖީގެ ބަދަލުގައި މެންޗެސްޓާ ސިޓީ އަށް ދާން

Mar 6, 2023, 10:52 AM
ބާސެލޯނާ މެޗެއްގެ ތެރެއިން ނޭމާ (ކ) އާއި ސުއަރޭޒް.

ބާސެލޯނާ މެޗެއްގެ ތެރެއިން ނޭމާ (ކ) އާއި ސުއަރޭޒް.

ޕެރިސް (މާޗް 6) - މީގެ ހަ އަހަރު ކުރިން ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް އަގަކަށް، ބްރެޒިލްގެ ތަރި، ނޭމާ، ޕީއެސްޖީ އަށް ސޮއިކުރިއިރު، އެ ވަގުތު އޭނާ އަށް އެންމެ ރަނގަޅު ގޮތަކީ މެންޗެސްޓާ ސިޓީ އަށް ދިއުން ކަމަށް ބުނެ، ލަފާދިން ކަމަށް ނޭމާއާ އެކު ބާސެލޯނާ އަށް އޭރު ކުޅުނު އުރުގުއޭގެ ފޯވާޑް، ލުއިސް ސުއަރޭޒް ބުނެފި އެވެ.

ބާސެލޯނާ ދޫކޮށް، 2017 ވަނަ އަހަރު، ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 234 މިލިއަން ޑޮލަރަށް ޕީއެސްޖީ އަށް ސޮއިކުރި ނޭމާ މި ވަގުތު އެ ކްލަބާ އެކު ކޮންޓްރެކްޓްގައި ހުރީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޕީއެސްޖީން އަންނަނީ ނޭމާ ވިއްކާލަން ތައްޔާރުވަމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، ކްލަބަކުން އޭނާ އަށް ޝައުގުވެރިކަން ފާޅުނުކުރާ އެންމެ ބޮޑު ސަބަބަކީ ދޭން ޖެހޭ މުސާރަ ބޮޑުވުމެވެ.

ނޭމާއާ ބެހޭގޮތުން، ދިން އިންޓަވިއުއެއްގައި ސުއަރޭޒް ބުނީ ބާސެލޯނާ ދޫކޮށްލަން އުޅޭ ކަމުގެ އިޝާރާތެއް ނޭމާ ދިނުމާ އެެކީ ރަނގަޅު ގޮތަކީ ވިސްނުމަށް ފަހު އެންމެ ރަނގަޅު ގޮތެއް ނިންމުން ކަމަށް ބުނެ، ލަފާދިން ކަމަށެެވެ.

"އަހަރެން ދެކޭ ގޮތުގައި ނޭމާ ބާސެލޯނާގައި މަޑުކުރިނަމަ އޭނާ އަށް ބެލޮންޑިއޯ އެއް ލިބޭ ލެވަލަށް ކުޅެވޭނެ. އެހެންވެ، އަހަރެމެން އެދުނިން އޭރު އޭނާ ބާސެލޯނާގައި މަޑުކުރަން ވެސް، އެކަމަކު، ނޭ (ނޭމާ) ނިންމައިގެން ހުރީ ބާސެލޯނާ ދޫކޮށްލަން،" ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުގައި ސުއަރޭޒް ބުންޏެވެ.

"ރަށްޓެއްސެއްގެ ވިސްނުމުގައި އޭނާ އަށް ދިން ލަފާއެއްގެ ގޮތުގައި އަހަރެން ބުނިން ޕީއެސްޖީ އަށް ވުރެ ރަނގަޅުވާނެއޭ ސިޓީ (މެންޗެސްޓާ ސިޓީ) އަށް ދާން. އެއީ އަހަރެންގެ ވިސްނުމުގައި އިންގްލެންޑްގެ ފުޓްބޯޅަ ހާއްސަކޮށް، ސިޓީގައި އެ ކުޅޭ ސްޓައިލުގެ ފުޓްބޯޅައިގައި ނޭމާގެ ފެންވަރު ދެއްކޭނެ،"

ޕީއެސްޖީ އަށް މިހާތަނަށް ކުޅެދިން 173 މެޗުން ނޭމާ ވަނީ އެ ޓީމަށް 118 ގޯލު ޖަހައިދީފަ އެވެ. ޕީއެސްޖީން ނޭމާ އަށް ބޮޑު އިންވެސްޓެއް ކޮށްގެން އެ ކްލަބަށް ސޮއިކުރުވި ސަބަބަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. މީގެ ދެ އަހަރު ކުރިން ޕީއެސްޖީ ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަޔާން މިއުނިކް އަތުން ބަލިވެފަ އެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ ވަނީ އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް އަތުން ބަލިވެފަ އެވެ. އެ ގޮތުން، އަންނަ ހަފްތާގައި ބަޔާން ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗަށް ވެސް ނޭމާ ފިޓްނުވާނެ އެވެ. ނޭމާ އަންނަނީ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާ އަކަށް ފަރުވާ ހޯދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox