އަންހެނުންގެ ސިއްހީ މައްސަލަތަކަށް ހައްލު ހޯދަން ދިރާސާއެއް ކުރުމަށް ގަރާރެއް

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ؛ އަންހެނުންގެ ސިއްހަތާ ގުޅޭ ދިރާސާއެއް ހެދުމަށް ގޮވާލާ ގަރާރެއް ވަނީ ހުށަހަޅާފައި-- ފޮޓޯ: މަޖިލިސް

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ؛ އަންހެނުންގެ ސިއްހަތާ ގުޅޭ ދިރާސާއެއް ހެދުމަށް ގޮވާލާ ގަރާރެއް ވަނީ ހުށަހަޅާފައި-- ފޮޓޯ: މަޖިލިސް

ނަފްސާނީގޮތުންނާއި ޖިސްމާނީ ގޮތުން އަންހެނުންނަށް ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދަން ދިރާސާއެއް ކުރުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރުގައި ވަނީ ތަފާތު އެކި ދާއިރާތަކުގައި އަންހެނުން މަސައްކަތް ކުރަމުން ދާއިރު، ސިއްހީ ގޮތުން އަންހެނުންނަށް ގިނަ މައްސަލަތަކަކާ ކުރިމަތިލާން ޖެހޭ ކަން ފާހަގަކޮށްފަ އެވެ.

މިގޮތުން ދަރިމައިވުމުގެ މައްސަލަތަކާއި ހައިލުވުމުގައި ދިމާވާ މައްސަލަތަކާއި ވިހެއުމާއި ވިހެއުމަށްފަހު ވެސް ތަފާތު އެކި ގޮތްގޮތުން މައްސަލަތައް ދިމާވާއިރު، އެފަދަ ކަންކަން ގިނަ ފަހަރު ބިނާވެގެން ދަނީ ޖިސްމާނީގޮތުންނާއި ނަފްސާނީ ގޮތުން ދިމާވާ ކަންކަމުގެ ސަބަބުން ކަމަށްވާތީ އެވެ.

"ޖިސްމާނީ ގޮތުން އަންހެނުންގެ ސިއްހަތަށް ލިބޭ އަނިޔާތަކުގެ ތެރޭގައި އެންމެ ކަންބޮޑުވާ އެއް ކަމެއްގެ ގޮތުގައި ޖިންސީ ގޮތުން ދޭ އަނިޔާގެ ޝިކާރައަކަށްވުމާއި ގެވެށި އަނިޔާގެ ނުރައްކަލަށް އަންހެނުން ހުށަހެޅިގެން ދިއުން ހިމެނޭ،" ގަރާރުގައި ބުނެފައިވެ އެވެ.

ގަރާރުގައި އިތުރަށް ބުނެފައިވާ ގޮތުގައި އަންހެނުންގެ ސިއްހަތަށް ދިމާވާ މައްސަލަތައް ހައްލުވާން އޮތީ އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކާއި އަންހެނުންގެ ސިއްހީ ދުޅަހެޔޮކަމާއި އިޖުތިމާއި ހާލަތަށް ރިއާޔަތްކޮށް ފުޅާ ދާއިރާއެއްގައި ދިރާސާއެއް ކުރެވިގެންނެވެ.

އަދި މި ދިރާސާގެ އަލީގައި އަންހެނުންގެ ކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމަށް ގޮވާލާއިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox