ޑރ. މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ

އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު - ފޮޓޯ: މުހައްމަދު ޝާބިން

އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު - ފޮޓޯ: މުހައްމަދު ޝާބިން

އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ބަންޑާރަ ނައިބުގެ މަގާމު އަދާކުރެއްވި، އައްޑޫ އަށް ނިސްބަތްވާ އުމުރުން 61 އަހަރުގެ ޑރ. މުނައްވަރު، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާކަން އިއުލާނު ކުރެއްވީ އެ މަނިކުފާނުގެ ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓާއެކު އެވެ.

އެ ނިންމެވުމާ ގުޅިގެން ޑރ. މުނައްވަރު "އަދަދު" އަށް މިއަދު ވިދާޅުވީ އިންތިހާބަށް ވާދަކުރައްވަނީ "ގައުމަށް ފެތުރިފައި އޮތް މާޔޫސްކަމުން" މިންޖުކުރުމުގެ ނިޔަތުގައި ކަމަށެވެ.

"މުޅިން ފެތުރިފައި މި އޮތީ ބޮޑު މާޔޫސް ކަމެއް. ގައުމު ގެއްލިގެން ދަނީ ކަމަށް. އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިގެން ދަނީ ކަމަށް. އަޅުގަނޑުމެންގެ އިގުތިސޯދު މި އޮންނަނީ ނުރައްކަލެއްގެ ތެރޭގައި ކަމަށް،" 2008 ގައި ބޭއްވި އެމްޑީޕީގެ ފުރަތަމަ ރިޔާސީ ޕްރައިމަރީއަށް ފަހު، އެ ޕާޓީން ވަކިވަވަޑައިގެން ހުންނެވި މުނައްވަރު ވިދާޅުވި އެވެ.

ދައުލަތުގެ ދަރަނި ބޮޑުވެފައިވާއިރު، ހަރަދު ކުޑަކުރުމުގެ ބަދަލުގައި މިހާރު ވެސް ފެންނަމުންދަނީ "އިންތިހާބީ ބޭނުމަށް އިތުރަށް ގޯސްވަމުންދާ ތަން" ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރު ހިންގުމުގައި ވެސް އިންސާފެއް ނެތް ކަމަށާއި ފެންނަމުން ދަނީ ރައްޓެހިންނާއި ގާތް މީހުންނަށް ތަފާތުކުރުން އޮވެ، އެކިއެކި ޑީލްތައް ހަދަމުންދާތަން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"އެ ހިސާބަށް ދިޔައީމަ ކޮންމެވެސް ބަޔަކު ދެތުވެ ނޫނެކޭ ބުނަންޖެހޭނެ ދެއްތޯ؟" ރިޔާސީ އިންތިހާބަށް ނުކުންނަވަން ނިންމެވި ސަބަބުތައް އޭނާ ކިޔައި ދެއްވި އެވެ.

މިއަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރެއްވި ނަމަވެސް، ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމަށްޓަކައި އެ މަނިކުފާނާ މަޝްވަރާ ނުކުރައްވާ ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.

"މިކަމުގައި ނަޝީދާ މަޝްވަރާއެއް ނުކުރަން. ނަމަވެސް ގައުމަށް ހެޔޮއެދޭ، ގައުމާމެދު ފުންކޮށް ވިސްނާ، މި ދާ ގޮތް ކަމުނުދާ ގިނަ ބަޔެއްގެ ތާއިދު އެބަ އޮތް. އެފަދަ ބޭފުޅުންގެ ހިޔާލާއި ދެކެވުނު ވާހަކަތަކާއެކު މިހާ ހިސާބަށް މިކަން އައީ،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ސިޔާސީ ޕާޓީއަކާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތް ކަމަށާއި، "މި ނުކުންނަނީ ދިވެހި ރައްޔިތުންނާއެކު ކޯލިޝަން ހަދަން" ކަމަށް ޑރ. މުނައްވަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox