ވަޒީފާ ގެއްލޭ ފަރާތްތަކަށް އިންޝުއަރެންސް ދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޓީޔޫ ގެ ކޮންގްރެސްގައި ވާހަކަދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޓީޔޫ ގެ ކޮންގްރެސްގައި ވާހަކަދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

މަސައްކަތްތެރިންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުގެ ދަށުން ވާޒީފާ ގެއްލޭ ފަރާތްތަކަށް އަން-އެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނެފިޓް ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫ) ގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވަޒީފާ ގެއްލޭ ފަރާތްތަކަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގަސްތުކުރައްވަނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ބައްޓަން ކުރެވޭ ނިޒާމެއްގެ ދަށުން ކަމަށެވެ.

"އެކަމަށްޓަކައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭގޮތުން، ބޭރުގެ ފަންނީ އެހީއާއެކު، ކަމާބެހޭ ގާނޫނުގެ ދެލިކޮޕީ އެކުލަވައިލުމުގެ މަސައްކަތް މިހާރު މި އަންނަނީ ކުރަމުން. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އެ ބިލުވެސް ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެންނަށް ފޮނުވޭނެ،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މިދިޔަ ހަފުތާ ހުޅުވި ނޭޝަނަލް ޖޮބް ސެންޓަރަކީ އެ ކުރިއަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.

"ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް ޒަމާނީ ޖޮބް ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް އަޅުގަނޑުމެން މި އަންނަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.

އެ ސެންޓަރުގެ އިތުރުން ހުޅުމާލެ އާއި ރ. ދުވާފަރުގައި ހުންނަ ޖޮބް ސެންޓަރާއި ރަށު ކައުންސިލްތަކުގައި ހުރި ޖޮބް ސެންޓަރު ޑެސްކުތަކުން ވެސް ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް ގުޅުވުމުގެ ހިދުމަތް ދެމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މި ސަރުކާރުން ތައާރަފް ކުރި ފެށި މިނިމަމް ވޭޖުގެ ގާނޫނާއެކު 28،000 އަށްވުރެ ގިނަ މަސައްކަތްތެރިންގެ އާމްދަނީއަށް ހެޔޮ ބަދަލެއް ގެނެވުނު ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ، މިނިމަމްވޭޖަކީ ގާނޫނުގައި ހިމެނިފައި އޮތަސް، އެކަން ތަންފީޒު ކުރުމަށް ކުރީގެ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައި އޮތް ކަމެއް ނޫން. ނަމަވެސް، އަޅުގަނޑު މި މަގާމާ ހަވާލުވެ، އެންމެ ފުރަތަމަ ހާސިލް ކުރަން ކަނޑައެޅި ކަންކަމުގެ ތެރޭގައި، މިނިމަމްވޭޖް ތަންފީޒު ކުރުން ހިމެނޭނެ،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް މިނިމަމް ވޭޖު ފަދަ ބޮޑު މަސައްކަތެއްގައި ގިނަ ގޮންޖެހުންތައް ކުރިމަތިވި ކަމަށާއި އެކަންކަމުން އަރައިގަނެވުނީ މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތަކާއެކު ކުރިއަށް ގެންދިޔަ ބިނާކުރެވެނިވި މަޝްވަރާތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.

މިނިމަމް ވޭޖުގެ ސަބަބުން ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންނަށް ވެސް މަންފާ ލިބެމުންދާ ކަމަށާއި އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 13،000 އަށްވުރެ ގިނަ މަސައްކަތްތެރިންނާއި ސަރުކާރުގައި ވަޒީފާ އަދާކުރާ 15،000 އަށްވުރެ ގިނަ މުވައްޒަފުންނަށް އެކަމުގެ ނަފާ ލިބެމުންދާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

މިނިމަމް ވޭޖަށްފަހު ސަރުކާރުން މަސައްކަތްތެރިންގެ ހައްގުގައި ކުރި އެންމެ މުހިންމު އެއް ކަމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ސާވިސް ޗާޖުގެ ފައިދާ ހަމަހަމައަށް ލިބިދިނުމަށް ގާނޫނަށް ގެނައި ބަދަލުތައް ކަން ރައީސް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox