ޕީޕީއެމާއެކު ކޯލިޝަން ހަދަން ނޫނެކޭ ނުބުނި، އެމްއާރުއެމުން ކޮންމެ އޮޕްޝަނެއް ބަލާނެ

ޕީޕީއެމްގެ ދެ ފައުންޑަރުން ކަމަށްވާ ރައީސް ޔާމީން އަދި ރައީސް މައުމޫން؛ ޕީޕީއެމާއެކު ކޯލިޝަން ހަދާނެ ކަމުގެ އަޑުތަކާ ގުޅިގެން އެމްއާރުއެމުން ނޫނެކޭ ނުބުނި - ފޮޓޯ: ރައީސް އޮފީސް

ޕީޕީއެމްގެ ދެ ފައުންޑަރުން ކަމަށްވާ ރައީސް ޔާމީން އަދި ރައީސް މައުމޫން؛ ޕީޕީއެމާއެކު ކޯލިޝަން ހަދާނެ ކަމުގެ އަޑުތަކާ ގުޅިގެން އެމްއާރުއެމުން ނޫނެކޭ ނުބުނި - ފޮޓޯ: ރައީސް އޮފީސް

އެމްއާރުއެމަކީ ޕީޕީއެމްގެ އެތެރޭގެ ހިޔާލު ތަފާތުވުމެއްގެ ތެރެއިން އުފެދިގެން އައި ޕާޓީއެކެވެ. އެމްއާރުއެމް އުފެއްދެވުމުގައި އިސްކޮށް ތިއްބެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނަކީ ޕީޕީއެމްގެ ދެ ފައުންޑަރުންނެވެ.

މައުމޫންގެ ކޮއްކޯފުޅު، އޭރުގެ ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުމުގެ ތެރެއިން މައުމޫން ޕީޕީއެމުން ވަކި ކުރީ އެވެ. އެ ފަހުން، ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި މައުމޫނާއި ފާރިސް އަދި މައުމޫންގެ ދަރިކަލުން ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމް ވެސް ހައްޔަރު ކުރި އެވެ. އެ ހާލަތުން އަރައިގަތުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނަން ބައިއަތު ހިއްޕެވި އެވެ.

ފަސް އަހަރު ފަހުން އަނެއްކާ ވެސް ރިޔާސީ އިންތިހާބުގެ މުސޫމަށް ގައުމު ތައްޔާރުވެފައި އޮތް އިރު، އެމްއާރުއެމްގެ ރައީސަކަށް މިހާރު ހުންނެވި އަހުމަދު ފާރިސް މައުމޫން "އަދަދު" ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އިންތިހާބާ ދިމާކޮށް އެ ޕާޓީގައި ތަފާތު އެކި ހިޔާލުތައް އެބަ ހުރި ކަމަށެވެ.

"ވަކި ބޭފުޅަކު ވަކި ކޮޅަކަށް ހުންނެވީކީއެއް ވެސް ނޫން، ޕާޓީގެ އެކްސްކޯގައި ތިއްބެވި ބޭފުޅުންގެ ވެސް ހިޔާލުތައް އެބަ ހުރި ދެކޮޅަށް ވެސް، މިހާރު އޮތް ހާލަތާއި ސަރުކާރުގައި އޮތް ހިތްހަމަޖެހުންތަކާއި ހިތްހަމަނުޖެހުންތައް ވެސް ކޮންމެ ބޭފުޅެއްގެ ވިސްނެވުމުގައި ވެސް އެބަ ހުންނެވި،" ފާރިސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި ވަގުތަށް ޔާމީނަށް ބަންދުވެފައި އޮތް އިރު، ޔާމީން ވާދަނުކުރާނަމަ އެ ޕާޓީއާ ގުޅިގެން އެމްއާރުއެމުން އިންތިހާބަށް ނުކުމެދާނެ ކަމުގެ އަޑުތައް ވެސް ގަދަ އެވެ.

ޕީޕީއެމާއެކު ރިޔާސީ އިންތިހާބުގައި މަސައްކަތްކުރާނެތޯ ސުވާލުކުރުމުން ފާރިސް ވިދާޅުވީ، އެމްއާރުއެމުން އިސްކަން ދެނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް އެ ޕާޓީން ބޭނުންވާ ހައްލުތަކެއް ލިބޭނެ ގޮތެއް ބެލުމަށް ކަމަށެވެ. ގެނެވޭނަމަ ކޮންމެ ޕާޓީއަކަސް އެންމެ ރަނގަޅު ކަމަށް ފާރިސް ވިދާޅުވި އެވެ.

"އެމްއާރުއެމުން ބޭނުންވާ ހައްލުތައް ގައުމަށް ގެނެވޭނަމަ، އަޅުގަނޑުމެން ކޮންމެ އޮޕްޝަނެއް ވެސް ރަނގަޅު، ގައުމުގައި ހުރި މައްސަލަތައް ހައްލުވާނެ އޮޕްޝަނަކަށް އަޅުގަނޑު ބަލަމުން މި ދަނީ،" ފާރިސް ވިދާޅުވި އެވެ.

ފާރިސް މައުމޫން "އަދަދު" ނޫހަށް ދެއްވި އިންޓަވިއު - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ފާރިސް މައުމޫން "އަދަދު" ނޫހަށް ދެއްވި އިންޓަވިއު - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ފާރިސް މައުމޫން "އަދަދު" ނޫހަށް ދެއްވި އިންޓަވިއު - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ނަމަވެސް ޔާމީންގެ ވެރިކަމުގައި އޮތް ހާލަތު ހަނދާންނެތިގެން ނުދާ ކަން ވެސް އިންޓަވިއުގެ ތެރެއިން ފާރިސް ފާހަގަ ކުރެއްވި އެވެ. އޭރު ސިޔާސީ ޕާޓީތައް ހިންގުމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ރައީސް ސޯލިހާއެކު، ކުޑަމިނުން އެ ހާލަތު ރަނގަޅުވެފައިވާ ކަން ވެސް ފާރިސް ފާހަގަ ކުރެއްވި އެވެ.

"މިއީ ވަރަށް މުހިންމު ފުރުސަތެއް ރައްޔިތުން ވިސްނާލަން، ކެންޑިޑޭޓެއްގެ އެޖެންޑާއާއި ސިޔާސަތުތައް، އަދި އެ ކަން ކުރެވޭނެކަމުގެ ކިހައި ޔަގީންކަމެއް އޮތްތޯ ވެސް ބަލަން ޖެހޭނެ ފަހަރެއް، މި ކަންކަމަށް ރައްޔިތުން ވިސްނަންވީ، އަޅުގަނޑުމެން [އެމްއާރުއެމުން] ވެސް ވިސްނާނީ އެ ކަންކަމަށް،" ފާރިސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް އެމްއާރުއެމްގެ ސްޓޭންޑް އަދި ކަނޑަނާޅަ އެވެ. ރައީސް ސޯލިހުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމަށް ރައީސް ސޯލިހު ވެސް ވަނީ އަނެއްކާ ވެސް ކޯލިޝަން ހަދަން ދައުވަތު އަރުވައިފަ އެވެ. މި ހުރިހާ ކަމެއް އަދި އޮތީ އެމްއާރުއެމްގެ އެތެރޭގެ މަޝްވަރާގައި ހުއްޓިފަ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox